Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-އެމެރިކާ ގުޅުން

ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް": އެމެރިކާގެ މަންދޫބުގެ ތައުރީފާއެކު ވޮޝިންގޓަން ހަލަބޮލިވެއްޖެ!

22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:35

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ މަންދޫބުން ރަޝިޔާގެ ރައީސާއެކު މަޝްވަރާކުރައްވައި، އަންނަ މަހު ސުލްހައިގެ ބައްދަލުވުންތައް އަލުން ފެށުމަށް ވަނީ އެއްބަސްވެފައި. މި ބައްދަލުވުމުގައި ޕުޓިންއަށް ތައުރީފުކުރުމުން އެމެރިކާގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، ޓްރަމްޕާއި ޕުޓިން އަދި ޗައިނާގެ ރައީސް ބައްދަލުކުރެއްވުމުގެ ފުރުސަތު އޮތްކަން ކްރެމްލިނުން ވަނީ ހާމަކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:35
އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިތްކޮފް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ސެއިންޓް ޕީޓަރސްބަރގުގައި ބައްދަލުކުރައްވަނީ

އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިތްކޮފް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ސެއިންޓް ޕީޓަރސްބަރގުގައި ބައްދަލުކުރައްވަނީ | އޭއެފްޕީ

ރަޝިޔާގެ ބަންދުގައި ހުރި އެމެރިކާގެ މުދައްރިސަކު މިނިވަންކުރުމާއެކު، އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރަޑް ކުޝްނަރ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއެކު ބޭއްވެވި އެންމެ ފަހުގެ ބައްދަލުވުން ނިންމަވާލައްވައިފި އެވެ.

ބުދަ ދުވަހު ސެއިންޓް ޕީޓަރސްބަރގުގެ ކޮންސްޓަންޓީން ގަނޑުވަރުގައި ވިޓްކޮފް ވަނީ ޕުޓިންއާ ބައްދަލުކުރައްވާފަ އެވެ. އަދި، މި ބައްދަލުވުމުގައި ކުޝްނަރ ބައިވެރިވެވަޑައިގެންނެވީ ވަރޗުއަލްކޮށެވެ. މިއީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މަޝްވަރާތަކުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ މި ދެ މަންދޫބުން، ސެޕްޓެންބަރު މަހު މޮސްކޯއަށް ކުރެއްވި ދަތުރުފުޅަށްފަހު ޕުޓިންއާއެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.

Advertisement - worldAdvertisement

މި ފަހުގެ މަޝްވަރާތައް ކުރިއަށް މި ދަނީ، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ގާތްގަނޑަކަށް ފަސް އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސުލްހައިގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ޓްރަމްޕްގެ ސަރުކާރުން އިތުރަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަނގުރާމަ ފެށުނީ އިރުމަތީ ވިލާތުގެ އެ ޤައުމަށް 2022 ފެބުރުވަރީގައި ރަޝިޔާއިން ސިފައިން ފޮނުވުމާ ގުޅިގެންނެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ޔޫކްރެއިނަށް ދެމުންދާ އެއްބާރުލުން ކަނޑާލަފާނެ ކަމުގެ ކަންބޮޑުވުން ކީވްގައި ދަނީ ބޮޑުވަމުންނެވެ. ޓްރަމްޕް ވަނީ ޕުޓިންއާއެކު ގާތް ގުޅުމެއް އުފައްދަވާފަ އެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގައި ހިނގާ އެންމެ ލޭއޮހޮރުވުން ބޮޑު މި ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކަށް އައުމަށް ޓަކައި، ރަޝިޔާގެ ޝަރުތުތަކަށް ޓްރަމްޕް ދޫދެއްވަފާނެ ކަމުގެ ބިރު ފާޑުކިޔާ ފަރާތްތަކުން ފާޅުކުރެ އެވެ.

ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވުން

މަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް، އެމެރިކާ މެދުވެރިވެގެން ޔޫކްރެއިނާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ރަޝިޔާގެ ރައީސް ބުދަ ދުވަހު ވަނީ އެއްބަސްވެވަޑައިގަންނަވާފަ އެވެ. ހަނގުރާމަ ނިމުމަކަށް އައުމުން ޔޫކްރެއިނާއި ރަޝިޔާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް "ފަންނީ ފެންވަރުގެ ތިން ފަރާތް އެކުލެވޭ ބައްދަލުވުމެއް" ބޭއްވުމަށް ވިޓްކޮފް އަދި ކުޝްނަރ ހުށަހެޅުއްވި ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ނޯވޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޔޫކްރެއިންގެ ރައީސް ވޮލޮދްމީރް ޒެލެންސްކީ ނޯވޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން | އޭއެފްޕީ

ނޯވޭގެ އޮސްލޯގައި އަންގާރަ ދުވަހު އެމެރިކާގެ މަންދޫބުންނާ ބައްދަލުކުރުމަށްފަހު، މި ބައްދަލުވުމުގައި ބައިވެރިވުމަށް ޔޫކްރެއިނުން ވަނީ އެއްބަސްވެފަ އެވެ. އެމެރިކާ މެދުވެރިވެގެން އެންމެ ފަހުން ސުލްހައިގެ މަޝްވަރާއެއް ބޭއްވުނީ ފެބުރުވަރީ މަހު އެވެ. އެއީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ޣައިރުގާނޫނީހަނގުރާމައެއް ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. ޔޫކްރެއިނާއި އެމެރިކާއާއެކު ބާއްވާ އާ މަޝްވަރާތައް އަބޫދާބީގައި ބޭއްވިދާނެ ކަމަށާއި، އަންނަ މަހު އެ މަޝްވަރާތައް ފެށިދާނެ ކަމަށް ކްރެމްލިނުން ބުނި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ މުދައްރިސަކު މިނިވަންކުރުން

ބުދަ ދުވަހުގެ ބައްދަލުވުން ފެށިގެން ދިޔައީ ރަޝިޔާގެ ފަރާތުން ދެއްކި ހެޔޮއެދުމުގެ އިޝާރާތަކުންނެވެ. އެއީ، ރަޝިޔާގެ ބަންދުގައި ހުންނަތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެމެރިކާގެ މުދައްރިސެއް ކަމަށްވާ ސްޓީވަން ހަބަރޑް މިނިވަންކުރުމެވެ. އުމުރުން 74 އަހަރުގެ ހަބަރޑް ހައްޔަރުކުރީ 2022 ގަ އެވެ. އަދި، ޔޫކްރެއިންގެ ކުލީ ސިފައިންގެ މީހެއް ކަމުގެ ތުހުމަތުކޮށް، ރަޝިޔާގެ ޖަލެއްގައި ހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް އޭނާ ބަންދުކުރުމަށް ހުކުމްކުރި އެވެ. ނަމަވެސް، މި މުދައްރިސަކީ ނަހަމަ ގޮތުގައި ބަންދުކުރެވިފައިވާ މީހެއް ކަމަށް އެމެރިކާއިން ވަކާލާތުކުރި އެވެ.

ހަބަރޑް މިނިވަންކުރުމަށް ޕުޓިންގެ އަރިހުން ސީދާ އެދިވަޑައިގެންނެވި ޓްރަމްޕް، ބުދަ ދުވަހު ސޯޝަލް މީޑިއާގައި ވިދާޅުވީ، ރަޝިޔާއިން ގައިދީން ބަދަލުކުރުމަކަށް ނޭދުނީ އޭނާއަށް ކުރާ "އިހުތިރާމެއްގެ ސަބަބުން" ކަމަށެވެ. ޓްރަމްޕް ފޯނުން ހަބަރޑާ ވާހަކަފުޅު ދެއްކެވި ކަމަށާއި، ބޭރު ޤައުމުތަކުގައި ބަންދުކޮށްފައިވާ އެމެރިކާ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގައި އޭނާގެ "ގުޑުމެއް ނެތް ސާބިތުކަން" ތަކުރާރުކުރެއްވި ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ. ހަބަރޑް މިހާރު ވަނީ އާއިލާއާ ބައްދަލުކުރުމަށް އެމެރިކާއަށް ދަތުރުފަށާފަ އެވެ.

ޕުޓިންއަށް ކުރި ތައުރީފާއެކު އުފެދުނު ސިޔާސީ ކޯފާ

ހަބަރޑް މިނިވަންކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން، ޕުޓިންއަކީ "އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް" ކަމަށް ސިފަކުރެއްވުމުން ވިޓްކޮފްއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.

"އަޅުގަނޑުގެ ރައީސް، ރައީސް ޓްރަމްޕަކީ އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް ކަމަށް މަނިކުފާނު ވަރަށް ގިނައިން ވިދާޅުވޭ،" ބުދަ ދުވަހުގެ ބައްދަލުވުމުގައި ޕުޓިންއާ މުޚާތަބުކުރައްވައި ވިޓްކޮފް ވިދާޅުވި އެވެ. "މަނިކުފާނަކީ ވެސް އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް، އަދި، އަޅުގަނޑު އެ ކަމަށް ސެލިއުޓް ކުރަން. އަޅުގަނޑު މަނިކުފާނަށް ތައުރީފު ކުރަން."

ރަޝިޔާގެ ރައީސަށް ކުރެއްވި މި ތައުރީފުގެ ސަބަބުން އެމެރިކާގެ ދެ ޕާޓީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ވަރުގަދަ ނުރުހުމެއް އުފެދުނެވެ. މި ފަރާތްތަކުން ވަނީ ޕުޓިންގެ ވެރިކަމުގައި ހިންގާފައިވާ އިންސާނީ ހައްގުތަކުގެ ބޮޑެތި ޖަރީމާތަކަށް އިޝާރާތްކޮށްފަ އެވެ.

"މިއީ ކޮންފަދަ ކަމެއް، ސްޓީވް؟" ހައިރާންކަމާއެކު ސޯޝަލް މީޑިއާގައި އެމެރިކާގެ ސެނެޓަރު ތޮމް ޓިލިސް ލިޔުއްވި އެވެ. ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމަށްވާ ޓިލިސް އިތުރަށް ލިޔުއްވި ގޮތުގައި، ވިޓްކޮފް ޖެހިވަޑައިގަންނަވަނީ "އިންސާނިއްޔަތުކަން އިސްކުރުމުގެ" މާނަ ބައްލަވާލައްވާށެވެ.

"މިއީ ބުނަން ވަރަށް ލަދުވެތި، އަދި ހިތްހަމަނުޖެހޭ ވަރުގެ ވާހަކައެއް،" ޓިލިސް ވިދާޅުވި އެވެ. "ތިޔަބޭފުޅާ އެނބުރި ޔޫކްރެއިނަށް ވަޑައިގަންނަވައި، ޕުޓިން ވަގަށް ނަގައި މަރާލާފައިވާ ކުދިންގެ އާއިލާތަކުގެ ގާތުގައި، ތިޔަބޭފުޅާގެ ރަހުމަތްތެރިޔާ ޕުޓިންއަކީ 'އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް' ކަމަށް އެ މީހުން އެއްބަސްވޭތޯ އައްސަވަންވީނޫންތޯ؟"

ޓިލިސްގެ މި ޚިޔާލަށް ސެނެޓްގައި ހިމެނިވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ޖޯން ކޯނިން ވެސް ވަނީ ތާއީދުކުރައްވާފަ އެވެ. "ޕުޓިންއަކީ އެއްވެސް ރަހުމެއް ނެތް ގާތިލެއް،" ވިޓްކޮފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ކޯނިން ލިޔުއްވި އެވެ.

އެމެރިކާގެ ސެނެޓް އިންޓެލިޖެންސް އެންޑް އާމްޑް ސާވިސަސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ސެނެޓަރު މާކް ކެލީ ވެސް ވަނީ ވިޓްކޮފްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕުޓިންއަކީ "ހަނގުރާމައިގެ ކުށްވެރިއެއް" ކަމަށް ސިފަކުރައްވާފަ އެވެ. "ޕުޓިންއަކީ 'އިންސާނިއްޔަތުކަން އިސްކުރައްވާ ބޭފުޅެއް' ކަމަށް ބެލެވެނީ ކޮން ދުނިޔެއެއްގައިތޯ؟ އޭނާ ވަނީ ސިޔާސީ ވާދަވެރިންނާއި ނޫސްވެރިން މަރާލައި، ހަސްފަތާލުތަކަށް ބޮންއަޅައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ހާސް ކުށެއް ނެތް އާންމުން ގަސްދުގައި މަރާލި ހަނގުރާމައެއް ފަށާފައި،" އެރިޒޯނާގެ ޑިމޮކްރެޓިކް ސެނެޓަރު ކެލީ ވިދާޅުވި އެވެ.

ނަމަވެސް، މި ނުރުހުންތަކުގެ ތެރޭގައި ވެސް ޓްރަމްޕްގެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ ވިޓްކޮފްގެ ދިފާޢުގައި ވާހަކަދައްކަވާފަ އެވެ. އޭނާގެ އަމިއްލަ ސްޓޭޓް ކަމަށްވާ އޮހާޔޯއަށް ކުރެއްވި ދަތުރުފުޅެއްގައި ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވީ، ވިޓްކޮފްއަކީ "ހާސިލުކުރަން ޖެހޭ ލަނޑުދަނޑިއެއް" އޮތް ބޭފުޅެއް ކަމަށެވެ. އަދި، ޕުޓިންއަށް ތައުރީފުކުރެއްވުމަކީ މަޝްވަރާތަކަށް ފަހިވި ކަމެއް ކަމަށް އޭނާ އިޝާރާތްކުރެއްވި އެވެ.

"އެމެރިކާގެ ރަހީނަކު ދާދި ދެންމެއަކު މިނިވަންކުރި މީހަކަށް، ސްޓީވް ވިޓްކޮފް ހެޔޮ ބަހެއް ބުނުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވެންސް ވިދާޅުވި އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ބައްދަލުކުރައްވަނީ | ސްޕަޓްނިކް

ބުދަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ހަފުލާއެއްގައި ޓްރަމްޕް ވިދާޅުވީ، ވިޓްކޮފް ޕުޓިން ސިފަކުރެއްވި ގޮތަކީ ހަބަރޑް މިނިވަންކުރުމުގެ "ޚާއްސަ ބޭނުމަށް" ބަލާއިރު "ރަނގަޅު ވާހަކައެއް" ކަމަށެވެ. "ނަމަވެސް އަޅުގަނޑު އެއްވެސް ކޮޅަކަށް އެއްޗެއް ނުބުނާނަން،" އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

ޓްރަމްޕް، ޕުޓިން އަދި ޝީގެ ބައްދަލުވުމަކަށް މަގުފަހިވުން

ބުދަ ދުވަހުގެ މަޝްވަރާތަކުގައި ޓްރަމްޕާއި ޕުޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ދެމެދު ބާއްވަފާނެ ބައްދަލުވުމަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ކްރެމްލިނުން ބުންޏެވެ. މި ބައްދަލުވުން ބޭއްވުން ކަށަވަރުވެއްޖެނަމަ، ޗައިނާގައި އޮންނަ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ ހަވާސާގައި އަންނަ މަހު އެ ބައްދަލުވުން ބޭއްވިދާނެ ކަމަށް ރަޝިޔާގެ އޮފިޝަލުން ވިދާޅުވި އެވެ.

"މި ތިން ޤައުމުގެ ވެރިން ވެސް ޗައިނާގައި އޮންނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު އޮތުމުން، މި ފަދަ ޚިޔާލީ ބައްދަލުވުމެއްގެ ވާހަކަ ހަގީގަތުގައި ވެސް ފެންމަތިވި،" ކްރެމްލިންގެ ތަރުޖަމާނު ދްމިތުރީ ޕެސްކޮވް ބުދަ ދުވަހު ވިދާޅުވި އެވެ.

"ބައްދަލުވުމާ ގުޅޭގޮތުން ވިޔަސް، ނުވަތަ އެ ބައްދަލުވުމުގެ އެޖެންޑާއާއި އެކުލެވިގެންވާ ކަންކަމާ ގުޅޭގޮތުން ވިޔަސް، އެއްވެސް ފަރާތަކުން ވަކި ޚާއްސަ ހުށަހެޅުމެއް ނުވަތަ އެއްބަސްވުމެއް މަޝްވަރާކޮށް ނުވަތަ ހުށަހަޅާފައެއް ނުވޭ،" ޕެސްކޮވް ވިދާޅުވި އެވެ. މި ތިން ޤައުމުގެ ވެރިން މީގެ ކުރިން ޚާއްސަ ތިން ފަރާތުގެ ބައްދަލުވުމެއްގައި ދުވަހަކު ވެސް ބައްދަލުކުރައްވާފައެއް ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްވްލަޑިމިއަރ ޕުޓިންސްޓީވް ވިޓްކޮފްރަޝިޔާ-ޔޫކްރެއިންޖަރެޑް ކުޝްނަރ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!

22 އޮކްޓޯބަރު 2026
"ހަނގުރާމަ މިހާރު ވެސް ނިންމާލެވިދާނެ، އެކަމަކު...؟" އީރާނަށް ޓްރަމްޕްގެ އާ އިންޒާރުތަކެއް!
22 އޮކްޓޯބަރު 2026

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

22 އޮކްޓޯބަރު 2026
ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!
21 އޮކްޓޯބަރު 2026

ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް

21 އޮކްޓޯބަރު 2026
ކޮންގްރެސްގެ އަޣުލަބިއްޔަތު ދިފާޢުކުރަން 400 މިލިޔަން ޑޮލަރު ޚަރަދުކުރާނަން: ޓްރަމްޕް
21 އޮކްޓޯބަރު 2026

އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟

21 އޮކްޓޯބަރު 2026
އެމެރިކާގެ މަޔާމީގައި ބާއްވާ ޖީ20ގެ ސަމިޓުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެތަ؟
21 އޮކްޓޯބަރު 2026

ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ

21 އޮކްޓޯބަރު 2026
ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ އާ ހުށަހެޅުމަކާއެކު ވައިޓް ހައުސްގެ މަންދޫބު ޕުޓިންއާ ބައްދަލުކުރައްވަނީ
21 އޮކްޓޯބަރު 2026

ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު

21 އޮކްޓޯބަރު 2026
ސެޓެލައިޓް މުވާސަލާތު ހަނިކުރަން ނާންގަން، ޔޫކްރެއިން ސިޔާސަތަށް ބަދަލެއް ނުގެންނަން: ހެގްސެތު
20 އޮކްޓޯބަރު 2026

ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް

20 އޮކްޓޯބަރު 2026
ރަޝިޔާއާއެކު އަލުން މަޝްވަރާތައް ފަށަން އެމެރިކާއިން އިސްނަގައިގެން އޮސްލޯގައި ބޮޑު މަޝްވަރާތަކެއް
19 އޮކްޓޯބަރު 2026

ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ

19 އޮކްޓޯބަރު 2026
ރަޝިޔާގެ ޚާރިޖީ ވަޒީރު ތެހެރާނަށް: ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މަސްރަހާމެދު މަޝްވަރާކުރައްވާނެ
19 އޮކްޓޯބަރު 2026

ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ

19 އޮކްޓޯބަރު 2026
ޖަލު އަދަބުން ސަލާމަތްވާން ނަތަންޔާހޫ އުޅެނީ އެމެރިކާ އަލުން ހަނގުރާމައިގެ ތެރެއަށް ވައްޓާލަން: ޢިރާޤިޗީ
19 އޮކްޓޯބަރު 2026

ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި

19 އޮކްޓޯބަރު 2026
ޔޫކްރެއިން މައްސަލައިގައި އެމެރިކާއާއި ޗައިނާއާއެކު ސަމިޓެއް ބާއްވަން ޕުޓިން ހުށަހަޅުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް