Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ހޫޘީންގެ ކުރިމަތިލުން

ސައުދީ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް: މީހުން މަރުވެ، އެމެރިކާގެ މިޝަންތަކުން މީހުން ހުސްކުރަން ފަށައިފި!

22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:02

ސައުދީގެ ތެޔޮ ވަޅަކަށާއި އެއާޕޯޓުތަކަށް ހޫޘީން ދެމުންދާ ހަމަލާތައް ވަރުގަދަވެ، ގިނަ ބަޔަކު މަރުވެ އަނިޔާވަމުންދާތީ އެމެރިކާގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައް އެ ގައުމުން ފޭބުމަށް އެމެރިކާގެ ހާރިޖީ ވުޒާރާއިން އަންގައިފި. މި ހަމަލާތަކާ ގުޅިގެން ސަލާމަތީ އިންޒާރު ނެރެފައިވާއިރު، މިއީ ޔަމަނު ހަނގުރާމައިގެ ތެރެއިން ސައުދީއަށް އަމާޒުވަމުންދާ ނުރައްކާތެރި ހަމަލާތަކެއް

ނިއުސް ޓީމް
ނިއުސް ޓީމް | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 06:02
ސައުދީ އަރަބިއްޔާގެ ދައްމާމް އެއާޕޯޓުން ފަސިންޖަރުންތަކެއް ނިކުންނަނީ

ސައުދީ އަރަބިއްޔާގެ ދައްމާމް އެއާޕޯޓުން ފަސިންޖަރުންތަކެއް ނިކުންނަނީ | ރޮއިޓަރސް

ސައުދީ އަރަބިއްޔާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ދައްމާމުގެ ކިންގް ފަހުދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި އެކަކު މަރުވެ، އަށް މީހުން ޒަޚަމުވެފައިވާ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއުލާނުކޮށްފި އެވެ. ޒަޚަމުވި މީހުންގެ އަނިޔާތައް އާދައިގެ އަނިޔާތަކުން ފެށިގެން ސީރިއަސް ހާލަތްތަކާ ހަމައަށް ހުރިއިރު، އެ އެންމެން ވެސް ސިއްހީ ފަރުވާ ދިނުމަށް ހަސްފަތާލުތަކަށް ގެންގޮސްފައިވާ ކަމަށް ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން (ޖީއޭސީއޭ) ވަނީ ބުނެފަ އެވެ.

އެ ދުވަހުގެ ކުރީކޮޅު ސައުދީ އަރަމްކޯގެ ތެޔޮ ކުންފުނީގެ ޝައިބާ ތެޔޮ ވަޅުގެ ފެސިލިޓީއަކަށް ހަމަލާދޭން އުޅުނު ޑްރޯނެއް ސައުދީގެ ވައިގެ ދިފާއީ ބާރުތަކުން ވައްޓާލުމާ ގުޅިގެން ދެ މީހަކު މަރުވި ކަމަށް އެ ޤައުމުގެ ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ. މިއީ، ހޫޘީ ބާރުތަކާއި ސައުދީ އަރަބިއްޔާގެ އެހީތެރިކަން ލިބޭ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، ސައުދީ އަރަބިއްޔާގެ އެއާޕޯޓުތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސިލްސިލާގެ އެންމެ ފަހުގެ ހަމަލާ އެވެ.

Advertisement - worldAdvertisement

ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އޮކްޓޫބަރު 11 ގައި ދިން މިސައިލް ހަމަލާއެއްގައި އެކަކު މަރުވެ، 11 މީހުން ޒަޚަމުވި ކަމަށް ނިމިދިޔަ ހަފުތާގައި އެ ޤައުމުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި، ހަމަ އެ އެއާޕޯޓަށް އޮކްޓޫބަރު 10 ގައި ދިން ވަކި އެހެން ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަޚަމުވި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.

ހޫޘީންގެ ހަމަލާތަކާ ގުޅިގެން، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ މިޝަންތަކުގައި ތިބި ޑިޕްލޮމޭޓުންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުން އެ ޤައުމު ދޫކޮށް ދިއުމަށް ބުދަ ދުވަހު އަންގާފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ. މި ސަރަހައްދުގެ އެހެން ޤައުމުތަކުގައި ހުރި އެމެރިކާ މިޝަންތަކުގައި ތިބި އާއިލާތަކުގެ މެންބަރުން ވެސް އަނބުރާ ގެންދިއުމުގެ ރޭވުންތަކެއް އެބަހުރި ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. މީގެއިތުރުން، ސައުދީ އަރަބިއްޔާއަށް ހޫޘީންގެ އިތުރު ހަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބަލައި، ބުދަ ދުވަހު ސަލާމަތީ އިންޒާރެއް ނެރެފައިވާ ކަމަށް ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ހާމަކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ދަންމާމްހޫޡީޔަމަންސައުދީ އަރަމްކޯއެމެރިކާސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

3

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

ސައުދީގެ އެއާޕޯޓަކާއި ތެލުގެ ސިނާއަތުގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް!

21 އޮކްޓޯބަރު 2026

ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ

21 އޮކްޓޯބަރު 2026
ހޫޘީންގެ ހަމަލާތަކުން ސައުދީ އަރަބިއްޔާ ދިފާޢުކުރަން އިނގިރޭސިވިލާތުން އަސްކަރީ މަތިންދާބޯޓުތައް ފޮނުވަނީ
20 އޮކްޓޯބަރު 2026

ސަލާމަތީ އިންޒާރަކަށް ފަހު ސައުދީ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު!

20 އޮކްޓޯބަރު 2026
ސަލާމަތީ އިންޒާރަކަށް ފަހު ސައުދީ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު!
20 އޮކްޓޯބަރު 2026

ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި

20 އޮކްޓޯބަރު 2026
ޔަމަނުގެ މައުރިބަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް، ދެކުނުގެ ކަހްބޫބުގައި ދިން ހަމަލާ ސިފައިން ހުއްޓުވައިފި
18 އޮކްޓޯބަރު 2026

ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން

18 އޮކްޓޯބަރު 2026
ހޫޘީންގެ ހައްޔަރުގައި ތިބި 159 އަސީރުން މިނިވަންކޮށްފި، ވިލަރެސްކުރީ ރެޑް ކްރޮސްއިން
18 އޮކްޓޯބަރު 2026

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

18 އޮކްޓޯބަރު 2026
އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު
18 އޮކްޓޯބަރު 2026

ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް

18 އޮކްޓޯބަރު 2026
ސައުދީގެ ހެލިކޮޕްޓަރެއް ވައްޓާލާފައިވާނެ ކަމަށް ހޫޘީން ބުނުން، ސައުދީން ބުނީ ބެލިސްޓިކް މިސައިލްތައް ދިފާޢުކޮށްފައިވާނެ ކަމަށް
17 އޮކްޓޯބަރު 2026

ހޫޘީންގެ ބާރުތައް ބަލިކަށިކޮށް، ވެރިރަށް ސަންޢާ ހިފުމުގެ އަމާޒުގައި ޔަމަނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި

17 އޮކްޓޯބަރު 2026
ހޫޘީންގެ ބާރުތައް ބަލިކަށިކޮށް، ވެރިރަށް ސަންޢާ ހިފުމުގެ އަމާޒުގައި ޔަމަނުގެ ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފި
17 އޮކްޓޯބަރު 2026

ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް

17 އޮކްޓޯބަރު 2026
ޢަދަން އެއާޕޯޓުގައި ފުރަން ތައްޔާރުވެފައި އޮތް ބޯޓެއް ކައިރިއަށް ހޫޘީންގެ މިސައިލް ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް