Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ހުކުމެއްގައި ހުރި މީހަކު ޕެރޯލް ބޯޑުން ދޫކޮށްލި މައްސަލައިގައި މިނިސްޓަރު އިހުސާން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ

7 އޮކްޓޯބަރު 2026 | ބުދަ 07:46

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 25 އަހަރަށް ޖަލަށްލީ މީހަކު ގާނޫނާ ހިލާފަށް ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެދިވަޑައިގެންފި. މި މައްސަލައާ ގުޅިގެން ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަކިކޮށްފައިވާއިރު، ބޯޑުގެ ނިންމުންތަކާއި އިދާރީ ލިޔެކިޔުންތައް ދިރާސާކޮށް ކަމާބެހޭ ވަޒީރު ހާޒިރުކުރުމަށް ވެސް މެންބަރު ވަނީ ހުށަހަޅުއްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 އޮކްޓޯބަރު 2026 | ބުދަ 07:46
ހޯމް މިނިސްޓަރު އަލީ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން | ރާއްޖެ އެމްވީ

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައިވާ ކުށްވެރިއަކު ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް, މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހީމް (ކުޑޫ) ސިޓީ އެއް ފޮނުއްވައިފި އެެވެ.

2025 މެއި 19 ގައި ދިވެހިރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ފަރާތެއް، މިދިޔަ 2026 އޮކްޓޫބަރު 1 ގައި ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ޕެރޯލް ބޯޑުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

Advertisement - newsAdvertisement

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 131 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސާބިތުވެފައިވާ މަސްތުވާތަކެއްޗާ ގުޅޭ ކުށެއްގައި ހުކުމްކޮށްފައިވާ މީހަކަށް ޕެރޯލްގެ ފުރުސަތު ލިބޭނީ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމުން ކަމަށްވީ ނަމަވެސް، އެ ފަރާތް ޕެރޯލްގެ ދަށުން ދޫކޮށްލިއިރު އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކޮށްފައިނުވާ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ޕެރޯލްގެ ފުރުސަތު ދިނުމުގައި އެ މީހެއްގެ ކުށުގެ ރެކޯޑަށް ބަލަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ފަރާތުގެ ކުށުގެ ރެކޯޑަށް އެކަށީގެންވާ ގޮތެއްގައި ބަލާފައިވާކަން ކަށަވަރުނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ގާނޫނުގެ ދަށުން ޕެރޯލް ބޯޑުން އެ ފަރާތް ދޫކޮށްލުމުގައި ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބަލާފައި ނުވާތީ، ބޯޑުގެ ނިންމުން ބަދަލުކޮށް އެ ފަރާތް އަލުން ހައްޔަރުކޮށްފައިވާ ކަމަށް 2026 އޮކްޓޫބަރު 6 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށާއި، މި ނިންމުމާ ގުޅިގެން ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން މަގާމުން ވަކިކޮށްފައިވާ ކަމަށް ވެސް ސިޓީގައި ބަޔާންކޮށްފައިވެ އެެވެ.

މި މައްސަލައިގައި ކަންހިނގައިދިޔަ ގޮތް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ތަހުގީގު ކުރުމަކީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މިފަދަ މައްސަލައެއް ތަކުރާރުވުން ހުއްޓުވުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށްވާތީ، ޕެރޯލް ދިނުމުގައި އަމަލުކޮށްފައިވާ އިޖުރާތްތަކާއި އެކަމާ ގުޅޭ ކަންކަން ކޮމިޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ.

މިގޮތުން، މި މައްސަލައާ ގުޅޭ ފުރިހަމަ އިދާރީ ފައިލް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހޯދައި ދިރާސާ ކުރުމަށް އެދިފައިވާއިރު، އޭގެ ތެރޭގައި ޕެރޯލްއަށް އެދި ހުށަހެޅި ފޯމާއި އެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިކޮމެންޑޭޝަންތަކާއި އެސެސްމަންޓްތަކާއި، ޕެރޯލްގެ ޝަރުތު ހަމަވާ މުއްދަތު ގުނާފައިވާ ގޮތުގެ ތަފްސީލީ ރެކޯޑުތަކާއި، ޖަލުގައި ހުރި ދުވަސްތަކުގެ އަޚުލާގީ ރެކޯޑުތަކާއި ޕެރޯލް ބޯޑުގެ މަސައްކަތު ކަރުދާސްތަކާއި ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ހިމެނެ އެވެ.

އޭގެ އިތުރުން ބޯޑުގެ ބައްދަލުވުމަށް މެންބަރުން ހާޒިރުވި ގޮތުގެ ރެކޯޑާއި ވޯޓު ދިން ގޮތުގެ ތަފްސީލާއި، ޕެރޯލް ދިނުމަށް ނިންމައި ދޫކޮށްފައިވާ ރަސްމީ ލިޔުން ހޯދުމަށް ވެސް އެދިފައިވެ އެވެ. އަދި މި ނިންމުން ނިންމުމުގައި ބައިވެރިވި އަދި ޒިންމާވާންޖެހޭ ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ކަންކަން ސާފު ކުރުމަށާއި، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ހޯމް މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް މައުލޫމާތު ސާފު ކުރުމަށް ވެސް މެންބަރުގެ ސިޓީގައިވެ އެވެ.

މުހައްމަދު އިބްރާހީމްޕެރޯލް ބޯޑުއަލީ އިޙްސާން

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

07 އޮކްޓޯބަރު 2026
މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!
06 އޮކްޓޯބަރު 2026

މީޑިއާތަކަށް މައްސަލަ ތިލަވެ، ފާޑުކިޔުން އަމާޒުވުމުން ޕެރޯލް ބޯޑު މެންބަރުން ވަކިކޮށް، އަބުޗާ އަލުން ބަންދުކުރަން ނިންމައިފި!

06 އޮކްޓޯބަރު 2026
މީޑިއާތަކަށް މައްސަލަ ތިލަވެ، ފާޑުކިޔުން އަމާޒުވުމުން ޕެރޯލް ބޯޑު މެންބަރުން ވަކިކޮށް، އަބުޗާ އަލުން ބަންދުކުރަން ނިންމައިފި!
05 އޮކްޓޯބަރު 2026

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި

05 އޮކްޓޯބަރު 2026
އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި އައްޑޫގެ އެންމެ ބޮޑު އެއް ޑްރަގު ޑީލަރު ޕްރޯލް ބޯޑުން މިނިވަންކޮށްފި
28 ސެޕްޓެމްބަރު 2026

އަޅުގަނޑުމެން ދިން ނަސޭހަތް ގަބޫލުކޮށްގެން ގޭންގު މާރާމާރީތަކުގައި އުޅުނު ޒުވާނުން ދަނީ އެކަމުން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން: އިހުސާން

28 ސެޕްޓެމްބަރު 2026
އަޅުގަނޑުމެން ދިން ނަސޭހަތް ގަބޫލުކޮށްގެން ގޭންގު މާރާމާރީތަކުގައި އުޅުނު ޒުވާނުން ދަނީ އެކަމުން ދުރުވާން ވަރަށް ބޮޑަށް މަަސައްކަތްކުރަމުން: އިހުސާން
28 ސެޕްޓެމްބަރު 2026

ހަމައެކަނި އަދަދުތަކަކުން ރައްކާތެރިކަން ޔަޤީނެއް ނުކުރެވޭ، ދިވެހިންނަށް ބޭނުންވަނީ ފެންނަ، އިހުސާސްވާ ޤާނޫނު ތަންފީޒުކުރާ ނިޒާމެއް!

28 ސެޕްޓެމްބަރު 2026
ހަމައެކަނި އަދަދުތަކަކުން ރައްކާތެރިކަން ޔަޤީނެއް ނުކުރެވޭ، ދިވެހިންނަށް ބޭނުންވަނީ ފެންނަ، އިހުސާސްވާ ޤާނޫނު ތަންފީޒުކުރާ ނިޒާމެއް!
27 ސެޕްޓެމްބަރު 2026

ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި

27 ސެޕްޓެމްބަރު 2026
ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި
30 އޯގަސްޓު 2026

ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ކެޓަގަރީ ބަދަލުކުރުމާ ގުޅިގެން އެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް! އެމްއެޗްޕީޔޫގެ ސިޓީއެއް މިނިސްޓަރު އިހުސާނަށް!

30 އޯގަސްޓު 2026
ބިދޭސީ ސިއްހީ ޚިދުމަތްތެރިންގެ ކެޓަގަރީ ބަދަލުކުރުމާ ގުޅިގެން އެ އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް! އެމްއެޗްޕީޔޫގެ ސިޓީއެއް މިނިސްޓަރު އިހުސާނަށް!
25 އޯގަސްޓު 2026

ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ

25 އޯގަސްޓު 2026
ޓޭންކަރާއި ބޮޑު ބަޑި ނެރެގެން ހައްޔަރު ކުރަންޖެހޭ މީހާ ހޯމް މިނިސްޓަރަށް ވަރަށް ސާފުކޮށް އެނގޭނެ: ބޮންޑާ
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

24 އޯގަސްޓު 2026
މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް