Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް: އަބްދުއްރަހީމް

7 އޮކްޓޯބަރު 2026 | ބުދަ 09:01

ޓެންޒޭނިއާގައި ކުރިއަށްދާ އައިޕީޔޫ އެސެމްބްލީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޖަވާބުދާރީވާ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި. އަދި ގާނޫނު ހަދާ މަޖިލިސްތަކުން ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުސަތުތަކާއެކު ނަތީޖާ ނެރެދޭ ސިޔާސަތުތަކަށް އިސްކަންދިނުމަށް އެމަނިކުފާނު ގޮވާލެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 އޮކްޓޯބަރު 2026 | ބުދަ 09:01
 ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ | ރައްޔިތުންގެ މަޖިލިސް

ހެޔޮވެރިކަމުގެ ހަގީގީ މިންގަނޑަކީ ރައްޔިތުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުއްވެއްޖެ އެވެ. 

ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި މި އަހަރުގެ އެސެމްބްލީގެ ޝިއާރު ކަމުގައިވާ "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުސަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމައުތައް ބާރުވެރިކުރުވުން،" މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމަކާއި ޖަވާބުދާރީވުމާއި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ގާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަންކަމުގައި ހެދުން ކަމަށެވެ.

މީގެއިތުރުން، ގާނޫނު ހަދާ މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ގާނޫނު ހެދުން ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަޑުއެހުމާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމާއި، ނިންމުންތައް ނިންމުމުގައި މުޖުތަމައުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ. އަދި ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ފަސޭހައިން ޚިދުމަތްތައް  ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، "އީފާސް" ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޖިއޮގްރަފީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވި، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ އިތުބާރު ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެ އިތުބާރު ބިނާވަނީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ޖަވާބުދާރީވުމާއި، ނަޒާހަތްތެރިކަމާއި އަދި ނެރެވޭ ނަތީޖާގެ  މައްޗަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.  އަދި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާއި، ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ދައުރުގެ އިތުރުން، ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުން ހަރުދަނާކުރުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހެޔޮވެރިކަމަކީ ސުލްހަމަސަލަސްކަމާއި ސަލާމަތާ ގުޅިފައިވާ ކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. މެދުއިރުމައްޗާއި ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކާއި އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަލިއަޅުއްވާލައްވައި، މަޝްވަރާކޮށްގެން ސުލްހަވެރި ހައްލުތައް ހޯދުމާއި، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި ސުލްހަވެރި ހައްލުތަކަށް އެއްބާރުލުން ދިނުމަކީ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންގެ ޒިންމާއެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާންޖެހޭނެ ކަމަށް ވިދާޅުވަމުން ސިޔާސަތުތަކާއި ގާނޫނުތަކުގެ އަގު ވަޒަންކުރެވެން ވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ތަގުރީރު ނިންމަވާލައްވަމުން، ހެޔޮވެރިކަމެއްގެ ހަގީގީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ. އަދި ގާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ ޝާމިލު، ރައްޔިތުންގެ އަޑުއަހާ، އަދި ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށާއި، މުޖުތަމައުތައް ބާރުވެރިކުރުމުގައި މައުލޫމާތު ލިބިގަތުމުގެ ފުރުސަތުތަކާއި ބައިވެރިވުން އިތުރުކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. 

ހެޔޮވެރިކަން ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އަދި މުޖުތަމައުތައް ބާރުވެރިކުރުވުމަށްޓަކައި އައިޕީޔޫ މެދުވެރިކޮށް އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެ އިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްވި އެވެ.

އަބްދުއްރަހީމް އަބްދުﷲއައިޕީޔޫރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
29 ސެޕްޓެމްބަރު 2026

ފަލާހުގެ މާލީ ބަޔާން: ޑޮލަރު ކުންފުންޏަކާއި މިލިއަނުން އާމްދަނީ، އަދި ހުޅުމާލެ އިން 21 މިލިއަން ރުފިޔާގެ ބިމެއް!

29 ސެޕްޓެމްބަރު 2026
ފަލާހުގެ މާލީ ބަޔާން: ޑޮލަރު ކުންފުންޏަކާއި މިލިއަނުން އާމްދަނީ، އަދި ހުޅުމާލެ އިން 21 މިލިއަން ރުފިޔާގެ ބިމެއް!
29 ސެޕްޓެމްބަރު 2026

މާލީ ބަޔާން: ދަތުރުފަތުރު ކޮށްލައި، ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކާލުމަށް ހަދިޔާގެ ގޮތުގައި އަބްދުއްރަހީމަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ!

29 ސެޕްޓެމްބަރު 2026
މާލީ ބަޔާން: ދަތުރުފަތުރު ކޮށްލައި، ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކާލުމަށް ހަދިޔާގެ ގޮތުގައި އަބްދުއްރަހީމަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ!
27 ސެޕްޓެމްބަރު 2026

ވަޒީރު ސައީދު އާއި ވަޒީރު އަމީންގެ ދައުރު ޕާކިސްތާނުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރުން، މިއީ ކުޑަކަމެއްނޫން!

27 ސެޕްޓެމްބަރު 2026
ވަޒީރު ސައީދު އާއި ވަޒީރު އަމީންގެ ދައުރު ޕާކިސްތާނުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރުން، މިއީ ކުޑަކަމެއްނޫން!
20 ސެޕްޓެމްބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިއަހަރު މެއި މަހުގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ހަރަދުކޮށްފި

20 ސެޕްޓެމްބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިއަހަރު މެއި މަހުގެ ނިޔަލަށް 15.92 މިލިއަން ރުފިޔާ ހަރަދުކޮށްފި
18 ސެޕްޓެމްބަރު 2026

ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!

18 ސެޕްޓެމްބަރު 2026
ފައިބުޑަށް ވެއްޓުމުގެ އިންތިހާ: ޕާޓީގެ ގަރާރެއް ގާނޫނުއަސާސީއާ އެއްހަމަކޮށްފި!
27 އޯގަސްޓު 2026

މަޖިލީހުގެ ނިމުނު ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރި ދައުރެއް: މެންބަރު ދީދީ

27 އޯގަސްޓު 2026
މަޖިލީހުގެ ނިމުނު ދައުރަކީ ރައްޔިތުންނަށް ގެއްލުމާއި ދުއްތުރާ ކުރާ ބިލުތަކެއް ފާސްކުރި ދައުރެއް: މެންބަރު ދީދީ
26 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!

26 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު މަޖިލީހުން ފާސްކޮށްފި!
26 އޯގަސްޓު 2026

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

26 އޯގަސްޓު 2026
އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަމްއޫން ހަމީދު އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
26 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!

26 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް މަޖިލީހުން ރުހުންދީފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް