Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޝްވަރާ ކުރުމެއް ނެތި ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރާ ހުރިހާ ކަމެއް ގޮވަނީ އަތަށް: ބޮންޑާ

19 އޮކްޓޯބަރު 2026 | ހޯމަ 08:33

ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ބަދަލުގައި ހަމައެކަނި ރައީސްގެ އިރުޝާދަށް މަޖިލީހުން ކަންކަން ނިންމާތީ، ކުރީގެ މެންބަރު ބޮންޑާ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަ ބަދަލުތަކާއި ޓެކްސްތައް ކަނޑައަޅަނީ ސްޓޭކްހޯލްޑަރުންގެ ލަފާނުހޯދައި ކަމަށްވުމުން، އޭގެ ނޭދެވޭ އަސަރު އިގްތިސާދަށް ކުރާނެކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2026 | ހޯމަ 08:33
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކަންކަން ނިންމަނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދުމުގެ ބަދަލުގައި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށާއި، މަޝްވަރާއެއް ނެތި ކުރާ ހުރިހާ ކަމެއް އަތަށް ގޮވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، މަޖިލީހުގެ ހުރިހާ މެންބަރުންވެސް ހުރިހާ ކަމެއް ކުރައްވަނީ އެ މަނިކުފާނުގެ އިރުޝާދާއި ލަފާފުޅު މަތިން ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަ ބަދަލުތަކާ ނަގާ ޓެކްސްތަކުގައި ވެސް ކަމާބެހޭ ފަރާތްތަކާ ސަރުކާރުން މަޝްވަރާ ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ބޮންޑާ ވިދާޅުވީ، ސަރުކާރުގެ ސަގާފަތަކަށް ވެފައި އޮތީ އިރުޝާދާއި ލަފާފުޅު އަޑުއެހުން ކަމަށާއި، މި ސަރުކާރުން ކަންކަން ނިންމުމުގައި ސްޓޭކްހޯލްޑަރުންގެ ލަފާ ހޯދުމުގެ އާދައާ ވަރަށް ބީރައްޓެހި ކަމަށެވެެ. ނަމަވެސް ވޭތުވެދިޔަ މަޖިލީހުގައިވެސް ކަންކަން ކުރުމުގައި ގެންގުޅުނު އުސޫލަކީ އަދި ސަގާފަތަކީ ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ އަޑުއަހައި، އެ ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯދުން ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެގޮތަށް އަމަލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާކަޕް ޓެކްސްއަށް އިޝާރާތް ކުރައްވައި ބޮންޑާ ވިދާޅުވީ، ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން މާކަޕް ޓެކްސް ނަގަން ނިންމީވެސް ރައީސް މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށެވެ. އޭރު އެ ފަރާތްތަކުން ބުނަމުން ދިޔައީ އޮފްޝޯ ޕްލެޓްފޯމްތަކުން ޓެކްސް ނަގާ ވާހަކަ ކަމަށާއި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަކުގައި އޮފްޝޯ ބޭންކިންގ އަދި ކެސިނޯ ފަދަ ކަންކަން ހުންނަ ފަދައިން ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ނަގާނެ ކަމަށް ބުނެ އެކަން ނިންމީ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެ ނިންމުން ނިންމީ ރިސޯޓުތަކާއި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާއި، އެ ދާއިރާގެ އިސް ފަރާތްތަކުގެ މަޝްވަރާއާއި ލަފައެއް ހޯދުމެއް ނެތި ކަމަށް ބޮންޑާ ވިދާޅުވި އެވެ. އަދި މަޖިލީހުގައިވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް އަހައި މަޝްވަރާ ކުރުމެއް ނެތި، ހަމަ އެ ދުވަހު ބިލު ފޮނުވައި، އެ ދުވަހުން އެ ދުވަހަށް ބިލު ފާސްކުރުމުން އެކަން "އަތަށް ގޮވީ" ކަމަށް ބޮންޑާ ވިދާޅުވި އެވެ.

މީގެއިތުރުން ބޮންޑާ ވިދާޅުވީ، ރާއްޖެއަށް ހަމައެކަނި ޓޫރިސްޓުން ގެންނަނީ ބޭރުގެ ޓުއާ އޮޕަރޭޓަރުން ނޫން ކަމަށެވެ. ވަކިން ޚާއްސަކޮށް ޑައިވިންގ ދާއިރާ އާއި، ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ޑައިވިންގ ސްކޫލްތަކާއި އަދި ސަފާރީތަކުންވެސް ފަތުރުވެރިން ގެންނަ ކަމަށާއި، މި ވާހަކަ ދެއްކުމުން އެކަން އެންމެ ރަނގަޅަށް އެނގޭނީ ސަފާރީ ބޯޓުތަކާއި ޑައިވިންގ ސްކޫލްތައް ހިންގާ ފަރާތްތަކަށް ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

20 ވަނަ ރައްޔިތުންގެ މަޖިލީސްޑރ. މުހައްމަދު މުއިއްޒުއިބްރާހީމް ރަޝީދު (ބޮންޑާ)

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟

23 އޮކްޓޯބަރު 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރުން: ކައުންސިލްތައް އަޅުވެތިކޮށް ރަށްރަށުގެ ތަރައްގީ މަޑުޖައްސާލަން ޖެހި ބޮޑު މަޅިއެއް؟
23 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

22 އޮކްޓޯބަރު 2026

މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް

22 އޮކްޓޯބަރު 2026
މާލޭގެ ފެންބޮޑުވުމުގެ ހަނދާން އާވެއްޖެ. މުއިއްޒު ޖެއްސެވި ހިސާބު މުޅިން ގޯސް
22 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު

22 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު
22 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!

22 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއަކީ ''ސްކޭމެއް'': ބަދަލު ދޭންޖެހިއްޖެނަމަ ބިލިއަނަކަށް އަރާނެ ކަމަށް ވިދާޅުވެ އިމްރާންގެ ބޮޑެތި ތުހުމަތުތަކެއް!
22 އޮކްޓޯބަރު 2026

ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން

22 އޮކްޓޯބަރު 2026
ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ހައްޔަރު ކުރެވޭނެ، ނަމަވެސް ގާނޫނުގެ ތެރެއިން ހައްޔަރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2026

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026
ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު
22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
22 އޮކްޓޯބަރު 2026

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު

22 އޮކްޓޯބަރު 2026
މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒު
21 އޮކްޓޯބަރު 2026

މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި

21 އޮކްޓޯބަރު 2026
މަޖިލިސް ރައީސް އަށް 95،000 ރުފިޔާ، ވަޒީރުންގެ ކާރު އެލަވަންސް އަށް 17،000 ރުފިޔާ ދޭން ނިންމައި، ކައުންސިލަރުންގެ އިނާޔަތްތަކަށް ބޮޑު ބަދަލެއް ގެނައުމަށް ކޮމެޓީން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް