Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިއާ-އިސްރާއީލު

އިސްރާއީލުން ސޫރިޔާގެ ގުނައިތުރާއަށް އަރައިގަނެ އިސްތިމާރު ކުރަމުންދާ ސަރަހައްދު އިތުރަށް ފުޅާކޮށްފި

11 ޖުލައި 2026 | ހޮނިހިރު 17:10

ސޫރިޔާގެ ވެރިކަން ބަދަލުވުމާ ގުޅިގެން އުފެދުނު ސަލާމަތީ ހުސްކަމުގެ ފައިދާ ނަގައި، އިސްރާއީލުން އެ ގައުމުގެ ގުނައިތުރާ އާއި ދަރާގެ އިތުރު ސަރަހައްދުތަކަށް ވަދެގަނެ ޗެކްޕޮއިންޓްތައް ގާއިމުކޮށްފި. މީގެ އިތުރުން ސްޓްރެޓީޖިކް ގޮތުން މުހިންމު މައުންޓް ހާމަން ހިފައި، ސޫރިޔާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފައި. މި އަމަލުތަކުގެ މަގްސަދަކީ ސޫރިޔާގެ އިތުރު ބިންތައް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށް މާހިރުން ދެކޭ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 17:10
އިސްރާއީލުން ވަނީ ގިނަ އަދަދެއްގެ ސިފައިން ސޫރިޔާއަށް ފޮނުވާފައި

އިސްރާއީލުން ވަނީ ގިނަ އަދަދެއްގެ ސިފައިން ސޫރިޔާއަށް ފޮނުވާފައި | އޭއެފްޕީ

އިސްރާއީލުން ސޫރިޔާގެ ހުޅަނގު ދެކުނުގައި އޮންނަ ގުނައިތުރާ ގަވަރުނަރޭޓުގެ ސަރަހައްދުތަކަށް ވަދެގަނެ، އެ ގައުމު ހިސޯރު ކުރަމުން ގެންދާދިއުން އިތުރަށް ފުޅާކޮށްފި އެވެ.

ލުބުނާނުގެ އަލް-މަޔާދީން ޓީވީން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިން އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ގުނައިތުރާގެ ރަށްފުށުގެ އަވަށެއް ކަމަށްވާ އަލް-ސަމަދާނިއްޔާއަށް ވަދެފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އިސްރާއީލު ސިފައިން ވަނީ ސަމަދާނިއްޔާ އަވަށާއި އެ އަވަށުގެ ވަށައިގެންވާ ސަރަހައްދުތަކުގެ މައްޗަށް އޮތް ބާރުގަދަކުރުމުގެ ގޮތުން އެ ސަރަހައްދުގައި ޗެކްޕޮއިންޓެއް ގާއިމުކޮށްފަ އެވެ.

އިސްރާއީލުން މި ސަރަހައްދަށް އަރައިގަނެފައި މިވަނީ، ސޫރިޔާގެ ހުޅަނގު ދެކުނުގައި އޮންނަ ދަރާ ގަވަރުނަރޭޓުގެ ހުޅަނގު ރަށްފުށުގެ ސީސޫން އަދި ޖަމްލާ އަވަށާ ދެމެދު އޮތް ސަރަހައްދަކަށް އިސްރާއީލު ސިފައިން ވެރިވެގަތްތާ އެއް ދުވަސް ފަހުންނެވެ.

އިސްރާއީލުގެ ސިފައިން އެ ސަރަހައްދަށް ވަނުމަށްފަހު، އެ ތަނުގައި ދިރިއުޅޭ އާންމު ރައްޔިތުން އެއްތަނުން އަނެއްތަނަށް ދިއުމުގައި ހުރަސްތައް ކުރިމަތިކުރުވައި، އާންމުންނަށް އުނދަގޫ ކުރަން ވަނީ ފަށާފަ އެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބައްޝާރުލް އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން ސޫރިޔާގެ ސަލާމަތީ ކަންކަމުގައި އުފެދުނު ހުސްކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިސްރާއީލުން ދަނީ އެ ގައުމުގެ ބިންތައް ހިފައި ބާރުގަދަކުރަމުންނެވެ.

އިސްރާއީލުން ގުނައިތުރާ އާއި ދަރާގައި އެ ގައުމުގެ އިސްތިއުމާރު ފުޅާކުރަމުންދާއިރު، ސޫރިޔާގެ ދިފާއީ އަދި ވައިގެ ސިފައިންގެ މަރުކަޒުތަކަށް ދަނީ ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެމުންނެވެ. މީގެ އިތުރުން، ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކާއި، ސޫރިޔާ، ލުބުނާނު އަދި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބޯޑަރު ގުޅޭ ހިސާބުގައި އޮންނަ ސްޓްރެޓީޖިކް މުހިންމު ފަރުބަދައެއް ކަމަށްވާ މައުންޓް ހާމަން (ޖަބަލް އަލް-ޝައިޚް) ވެސް އިސްރާއީލުން ވަނީ ހިފާފަ އެވެ.

ހަމައެއާއެކު، ސޫރިޔާގެ ވެރިރަށް ދިމިޝްގު ކައިރީގައިވާ ރަށްފުށުގެ ސަރަހައްދުތަކާއި، އުރުދުންގެ ބޯޑަރު ކައިރީގައި އޮންނަ ސުވައިދާގެ ވައިގެ ސަރަހައްދަށް ވަދެ، އިސްރާއީލުން ދަނީ ތަކުރާރުކޮށް ސޫރިޔާގެ އިސްތިގުލާލަށް އަރައިގަންނަމުންނެވެ.

މި ހުރިހާ ކަމެއް ހިނގަމުން މިދަނީ، 1967 ވަނަ އަހަރު އަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު ސޫރިޔާގެ ގޯލާން ހައިޓްސް އިސްރާއީލުގެ އިސްތިއުމާރުގެ ދަށުގައި އޮންނަތާ އެތައް އަހަރެއް ވެފައިވަނިކޮށެވެ.

މާހިރުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ސޫރިޔާގައި ހިންގަމުންދާ މި އަމަލުތަކުގެ މަގްސަދަކީ، އެ ގައުމުގެ އިސްތިއުމާރު ފުޅާކޮށް، ސޫރިޔާގެ އިތުރު ބިންތައް ރަސްމީކޮށް އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމެވެ.

މަސްދަރު: ޕްރެސް ޓީވީ

އިސްރާއީލް-ސޫރިއާގުނައިތުރާގޯލާން ހައިޓްސް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

29 ޖޫން 2026

ސޫރިޔާއަށް އިސްރާއީލުން ދޭ ހަމަލާތައް ތުރުކީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

29 ޖޫން 2026
ސޫރިޔާއަށް އިސްރާއީލުން ދޭ ހަމަލާތައް ތުރުކީން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
29 ޖެނުއަރީ 2018

ސޫރިޔާގެ މަންބިޖުން ފޭބުމަށް ތުރުކީވިލާތުން އެމެރިކާއަށް އަނެއްކާވެސް އަންގައިފި

29 ޖެނުއަރީ 2018
ސޫރިޔާގެ މަންބިޖުން ފޭބުމަށް ތުރުކީވިލާތުން އެމެރިކާއަށް އަނެއްކާވެސް އަންގައިފި
10 ޖެނުއަރީ 2018

އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި

10 ޖެނުއަރީ 2018
އިސްރާއީލުން ސޫރިޔާއަށް ވައިގެ މަގުން ޙަމަލާދީފި
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
25 ޑިސެމްބަރު 2017

އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ

25 ޑިސެމްބަރު 2017
އިރުމަތީ ޤުދުސްގައި އިސްރާއީލުން އަނެއްކާ ވެސް 3 ލައްކަ ގެ އަޅަނީ
31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
04 ސެޕްޓެމްބަރު 2017

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

04 ސެޕްޓެމްބަރު 2017
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް