Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަނީ

19 އޮކްޓޯބަރު 2026 | ހޯމަ 13:08

ރަސްމާލެ މަޝްރޫއަކީ ޒަޔަނިސްޓުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ފަށައިފި. ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މި މަޝްރޫއު ހުއްޓާލަންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށާއި، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދޫކުރަންވާނީ ދެފުށް ފެންނަ އުސޫލަކުން ރައްޔިތުންގެ މަޝްވަރާއާއެކު ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 19 އޮކްޓޯބަރު 2026 | ހޯމަ 13:08
ރަސްމާލެގެ މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެރެއިން

ރަސްމާލެގެ މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެރެއިން | ރާއްޖެ އެމްވީ

ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ. 

މިކަން އިއުލާން ކުރައްވާފައި ވަނީ ރަސްމާލެގެ މަޝްރޫއުއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އެވެ. އެގޮތުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މިއަދު ފެނިގެން ދަނީ މުޅި ދިވެހިރާއްޖޭގެ ބާރުވެރިކަން ޒަޔަނިސްޓުންގެ އަތްމައްޗަށް ދާ ގޮތަށް 500 ހެކްޓަރުގެ ބިން ދޫކޮށްލާން ކަމަށެވެ. 

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ މިހިސާބަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކަންކަން ދިޔުމުން އެކަމަކީ ހަމައެކަނި ސިޔާސީ ކަމެކޭ ނުވަތަ ވިޔަފާރިއަށް ހެދޭ އިންވެސްޓްމަންޓްއެކޭ ބުނެ ބަލައިގެން ތިބެން ދިވެހި ރައްޔިތުން ގަބޫލެއް ނޫން ކަމަށެވެ. އެގޮތުން ދިވެހީންގެ ބޮޑު އަގުލަބިއްޔަތެއް ގަބޫލު ކުރަނީ ރަސްމާލެ މަޝްރޫއުއަކީ ދުރާލާ ރާވައިގެން ދިވެހީންގެ ބާރު ދިވެހީންގެ އަތުން ނަގައި ޒަޔަނިސްޓުންގެ އަތްމައްޗަށް ދޫކޮށްލުމަށް ހިންގާ ވަރަށް ނުރައްކާތެރި ޖަރީމާއެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މިކަމަކީ ރައީސް މުއިއްޒުގެ އަމިއްލަ މަސްލަހަތުތައް ފުރިހަމަ ކުރުމަށް ހިންގާ މަޝްރޫއުއެއް ކަމަށް އިމްރާން ތުހުމަތު ކުރެއްވި އެެވެ. 

މި ސަބަބާއި ހުރެ ވޭތުވެދިޔަ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އަޅުގަނޑު ހިތުން މިހާރު ސޮއި ކޮށްފައިވާ އެއްޗެއްގައި ސޮއި ކުރީ 21 ސެޕްޓެމްބަރުގައި އެހިސާބުން ފެށިގެން މިއަދާއި ހަމައަށް މެދުކެނޑުމެއްނެތި ރާއްޖޭގެ މުހިއްމު ނޫސް މީޑިއާތަކުންނާއި ރާއްޖޭގެ އެކި ކޮންކޮޅުގައި ތިއްބެވި ބަސްކިޔުން ތެރިންނާއި ތަފާތު އުމުރުފުރާތަކުގެ މީހުންނާއި ދިރާސާކުރާ މީހުންނާއި މި އެންމެން އެކުވެގެން މިއައީ ވަރުގަދަ ބޮޑު އިހުތިޖާޖެއް ކުރުމަށް. 
އިމްރާން އަބްދުﷲ

މިއަދު މި ފަށާކަމަކީ ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް ވަކިވަކިން އިއްްވަމުން ދިޔަ އަޑުތައް އެއްކޮށްލުން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މިހަރަކާތަކީ "ދިވެހީންގެ ބިން ދިވެހީންނަށް" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދާ ގައުމީ ހަރަކާތެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. 

ހަމައެއާއެކު، ސަރުކާރުން ރަސްމާލެ މަޝްރޫއު ހުއްޓާލަން ދެން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފައި އެވެ. 

މީގެ އިތުރުން، ޒަޔަނިސްޓުންނަށް ނުވަތަ އެމީހުންނަށް ބާރުވެރިކަން ލިބޭ ގޮތަށް ދިވެހިރާއްޖޭގެ ބިމުން އެންމެ ވެލިފުކެއް ވެސް ދޫކޮށްލެވިގެން ނުވާނެ ކަމަށާއި، ދިވެހިރާއްޖޭގެ ބިމާއި ކަނޑުފަޅު ބޭރުގެ އިންވެސްޓަރުންގެ އަތްމައްޗަށް ދޫކޮށްލެވޭނީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ފުރިހަމައަށް މަންފާ ކުރާ ގޮތެއްގެ އިތުރުން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖެއިން ގުދުރަތީ ވަސީލަތެއް ދޫކޮށްލަން ވާނީ ހާމަކަން ބޮޑު ދެފުށް ފެންނަ ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ކަމަށް އިމްރާން ވިދާޅުވި އެވެ. 

ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ތެދުވަން ޖެހުނީ މި އުސޫލުތަކާއި ދެކޮޅަށްް ރައީސް މުއިއްޒު ކަންތައް ކުރުމުން ކަމަށާއި މިކަން ދިވެހި ރައްޔިތުންނާއި އެކު ތެދުވެ މާތްﷲ އިރާދަކުރެއްވިއްޔާ ހުއްޓުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. ރައްޔިތުންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މިކަމާއި ދެކޮޅުކަން ވެސް އިމްރާން ވަނީ ފާހަގަކުރައްވާފައި އެވެ. 

ޝެއިޚް އިމްރާން އަބްދުﷲރަސްމާލެ މަޝްރޫއުދިވެހީންގެ ބިން ދިވެހީންނަށް

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2026

ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ

18 އޮކްޓޯބަރު 2026
ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ
18 އޮކްޓޯބަރު 2026

ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން

18 އޮކްޓޯބަރު 2026
ރަސްމާލެ ޑީލުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުންތަކަކީ އެތައް ޖީލުތަކަކަށް ދެމިގެންދާނެ ނުރައްކާތެރި ބިރުވެރި ކަންކަން: އިމްރާން
15 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟

15 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭ ޔަހޫދީންނާ ދެކޮޅަށް ދިވެހި "ޖިހާދީން": ދެންވާނީ ކިހިނެއް؟
12 އޮކްޓޯބަރު 2026

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

ރަސްމާލެ މަޝްރޫޢު: "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ނުތިބޭނަން"

11 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު

11 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު
05 އޮކްޓޯބަރު 2026

ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި

05 އޮކްޓޯބަރު 2026
ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި
02 އޮކްޓޯބަރު 2026

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

02 އޮކްޓޯބަރު 2026
ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
02 އޮކްޓޯބަރު 2026

ސިއްރު އެއްބަސްވުމަކުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭ ބުނެގެން ނުވާނެ، އެފަދަ މަސައްކަތެއް އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ދިއުމަށް ޖާގަ ވެސް ދީގެން ނުވާނެ: ރައީސް ސޯލިހް

28 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

28 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް