Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް: މޮސްޓާ

18 އޮކްޓޯބަރު 2026 | އާދީއްތަ 12:35

ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުންޏަށް ފަންޑުކުރަނީ ޒަޔަނިސްޓުން ކަމަށް ތުހުމަތުކުރައްވައި، މިއީ ރާއްޖޭގެ ފިކުރީ ހަނގުރާމައިގެ ތެރެއަށް ވައްދާއި، ފަސާދަކުރުމަށް ހިންގާ ރޭވުމެއް ކަމަށް ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ. އިސްލާމީ ސިފަޖެހިގެން ތިބެ ޔަހޫދީން ރާއްޖެއަށް ވަދެގަންނަން މަސައްކަތްކުރާ ކަމަށާއި، މިކަމުގެ ސަބަބުން ގައުމުގެ ސުންނީ މުސްލިމް އާބާދީއަށް ނުރައްކާވާނެ ކަމަށް އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 18 އޮކްޓޯބަރު 2026 | އާދީއްތަ 12:35
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މޮސްޓާ ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މޮސްޓާ ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ނުދޭނަމޭ ވިދާޅުވެ ވެރިކަމަށް ވަޑައިގެން ރަސްމާލެ މިދެނީ ދުނިޔޭގައި ތިބި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ ދިވެހިރާއްޖެއަކީ ބޮން ގޮއްވާ، ބަޑި ޖަހާ މީހުން މަރާ ހަދާ ކަހަލަ ތަނަކަށް ނުވުމުން ޔަހޫދީން ވިސްނަމުން ދަނީ ދިވެހިރާއްޖޭގެ ތެރެއަށް ވަދެވޭނެ ގޮތަކާއި މެދު ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއު ހިންގަން އަންނަނީ މުސްލިމެއް ކަން ދައްކައިގެން ރާއްޖެއަށް ވަދެގަންނަން މަސައްކަތް ކުރަނީ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އެގޮތުން މޮސްޓާ ވިދާޅުވީ ރަސްމާލެ މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސްއަށް ފަންޑު ކުރަނީ ޒަޔަނިސްޓުން ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔޭގައި އޮތް ހަމައެކަނި 100 އިންސައްތަ ސުންނީ މުސްލިމް ގައުމުކަން ފާހަގަކުރައްވައި، މޮސްޓާ ވިދާޅުވީ ޒަޔަނިސްޓުން ދިވެހިރާއްޖޭގެ ތެރެއަށް ވަދެގެން ފުރަތަމަ ކުރަން އުޅޭ ކަމަކީ ފިކުރީ ހަނގުރާމައިގެ ތެރެއަށް ވައްދައި ފަސާދަ ކުރަން މަސައްކަތް ކުރުން ކަމަށެވެ. 

މިއީކީ ދުނިޔޭގައި މހާތަނަށް ބޮން ގޮއްވާ ބަޑިޖަހައިގެން މީހުނ މަރައިގެން މިކަހަލަ އެއްވެސް ކަމެއް ކުރި ތަނެއް ނޫން. އެހެންވީމަ އެމީހުން ދުރާލާ މި ވިސްނަނީ މީގެ ތެރެއަށް ވަދެވޭނީ ކޮން ގޮތަކުންތޯ. ވަދެވޭނެ ގޮތެެއް ބަލާފައި ދެން އިސްލާމެއްގެ ތާކިހާ އަޅައިގެން ހުރި އިސްލާމެއްގެ ފަގުޑި އަޅައިގެން ހުރި އިސްލާމީ ޖުއްބާއެއް ލައިގެން ހުރި މީހަކު މެދުވެރިކޮށްތާ ވަދެވޭނީ އެއީ މުއިއްޒު ވެރިކަމަށް އައި އުސޫލުތާ މުއިއްޒު ވެސް ގަބޫލުކުރާނީ
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) 

މީގެ އިތުރުން، ރަސްމާލޭގައި ޔަހޫދީން ވަޒަންވެރި ވެގެން އެއް ގޭގައި މިއުރާޖް މައުރާޖް ނުވަތަ އަނެއް ގޭގައި ގުރްއާން ތަރުޖަމާ ޖަހައިގެން އެމީހުން ފޮނުވާ ނުލެވޭނެ ކަމަށް މޯސްޓާ ވިދާޅުވި އެވެ. 

ދެން އެބުނަނީ މިސާލަކަށް މާޒު ގެޔާއި އަޅުގަނޑުމެން ގެޔާއި ދޭތެރޭގައި ޔަހޫދީން، ޔަހޫދީ މީހާ އަތުގައި އޭރުން އޮންނާނެ ޓްރިޕަލް ވިސާ، ރާއްޖޭގެ ވިސާ ވެސް އޮންނާނެ އިސްރާއިލްގައި ވެސް އޮންނާނެ. އިސްރާއިލުން އެތާ އުފެދުނުއިރު، މިއަދު ދުނިޔޭގައި މި އޮންނަނީ ނިއުކްލިއަރ ބާރުތަކުގެ ތެރެއިން އިސްރާއިލް އެބަ އިނދޭ، އިސްރާއިލުން ކުރާ އެއްވެސް ކަމެއް ނުވެސް ހުއްޓުވޭ އިސްރާއިލްއަކީ ދުނިޔޭގައި އެއްވެސް ގާނޫނެއް ހިނގާ ގައުމެއް ނޫން އެއްވެސް ގާނޫނެއް ނުހިނގާނެ އިސްރާއިލް ރައްޔިތުންގެ މައްޗަކަށް އެއީ އދ. ގެ ގާނޫނު ކަމަށް ވިޔަސް ދިވެހިރާއްޖޭގެ ގާނޫނު ކަމުގައި ވިޔަސް. ދެން އެހެންވީމާ އަޅުގަނޑުމެން ގެޔާ ޖެހިގެން ހުންނަ ގޭގައި އެބުނާ މިއުރާޖް މައުޖޫޖް ޖަހާފައި ޖެހިގެން ހުރި ގޭގައި ގުރުއާން ތަރުޖަމާ ޖަހާފައި ދިޔަސް އެކަމެއް ނުކުރެވޭނެ. އެމީހުން އެކަން ކުރާ ކަމުގައި ވަންޏާ އަޅުގަނޑުމެން ގޭ ގޮއްވާލައިގެން ވެސް އެކަން ހުއްޓުވާނެ
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) 

ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ރަސްމާލެ ހިއްކަވަން ފެއްޓެވިއިރު ވިދާޅުވީ އެތަނަކީ ދިވެހީންނަށް ބޯހިޔާވެހިކަން ހޯދައިދޭން ހިއްކާ ތަނެއް ކަމަށް ނަމަވެސް މިއަދު އެތަން އެ ދެނީ ދުނިޔޭގައި ހުރި އެންމެ ވަރުގަދަ ޒަޔަނިސްޓުންނަށް ކަމަށް މޮސްޓާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއިން އެންމެ ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދޭނެކަން ރައީސް މުއިއްޒު ވިދާޅުވި ކަން މޮސްޓާ ފާހަގަކުރެއްވި އެވެ. 

ހަމައެއާއެކު މަޝްރޫއު ނުހުއްޓުވައިފި ކަމުގައި ވާނަމަ ކުރިއަށް އޮތް 20 އަހަރު ތެރޭގައި ދިވެހިރާއްޖެއިން ފެންނަން ބޭނުން ނުވާ އެތައް ކަމެއް ފެންނާނެ ކަމަށް މޮސްޓާ ވިދާޅުވި އެވެ. 

މުހައްމަދު ނަޝީދު އަބްދުﷲރަސްމާލެ މަޝްރޫއު

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2026

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

12 އޮކްޓޯބަރު 2026
ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު
11 އޮކްޓޯބަރު 2026

ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު

11 އޮކްޓޯބަރު 2026
ފުށިދިއްގަރުފަޅު ހިއްކީ ރައްޔިތުންގެ ފައިސާއިން، ރަސްމާލެ މަޝްރޫއުގެ ވާނުވާ ރައްޔިތުންނަށް ބުނެ ދޭން ޖެހޭ: މެންބަރު ޝާކިރު
02 އޮކްޓޯބަރު 2026

ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!

02 އޮކްޓޯބަރު 2026
ރަސްމާލޭ މަޝްރޫއުގެ ދިފާއުގައި މުޅި ސަރުކާރު ތެދުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު ސައީދު ހަނު!
02 އޮކްޓޯބަރު 2026

ސިއްރު އެއްބަސްވުމަކުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާއެކޭ ބުނެގެން ނުވާނެ، އެފަދަ މަސައްކަތެއް އެމްޑީޕީ ސަރުކާރެއްގައި ކުރިއަށް ދިއުމަށް ޖާގަ ވެސް ދީގެން ނުވާނެ: ރައީސް ސޯލިހް

28 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ސިޔާސަތުތަކަކީ ލާދީނީ އަދި ޤައުމީވަންތަކަމާ ޚިލާފު ކަންކަން ކަމަށް ސިފަކުރި ފަރާތްތަކަށް ވެރިކަން ލިބުމުން، އެ ސިޔާސަތުތަކަށް ރުޖޫއަވުން ނޫން ގޮތެއް ނެތް: ރައީސް ނަޝީދު

ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ފާރަވެރިވުމަށް އިމާރާތުގެ އެތެރޭގައި ކެމެރާ ހަރުކޮށްފި

28 ސެޕްޓެމްބަރު 2026
ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންނަށް ފާރަވެރިވުމަށް އިމާރާތުގެ އެތެރޭގައި ކެމެރާ ހަރުކޮށްފި
27 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް": ފައްޔާޒު

27 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ގެއްލުންވާ ގޮތަށް އޮތް "ބޮޑު އޮޅުވާލުމެއް": ފައްޔާޒު
25 ސެޕްޓެމްބަރު 2026

ފަލާހު ރައީސް ޔާމީނަށް: ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ!

25 ސެޕްޓެމްބަރު 2026
ފަލާހު ރައީސް ޔާމީނަށް: ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ!
22 ސެޕްޓެމްބަރު 2026

މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2026
މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
12 އެޕްރީލު 2026

ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއް: ބޮންޑާ

12 އެޕްރީލު 2026
ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައިވެސް ރައީސް މުއިއްޒަށް ރާއްޖޭގެ ވެރިކަން ލިބުމަކީ ދުރު ކަމެއް: ބޮންޑާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް