Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި

5 އޮކްޓޯބަރު 2026 | ހޯމަ 14:52

ރަސްމާލެއިން ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކުރުމަކީ ރާއްޖެ ޔަހޫދީންގެ އަތްމައްޗަށް ދޫކޮށްލުމަށް ހިންގާ ޣަދަރުވެރި ރޭވުމެއް ކަމަށް ވިދާޅުވެ ޝެއިޚް އިމްރާން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. މި މުއާމަލާތަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަކުރައްވައި، ގައުމުގެ މަސްލަހަތަށްޓަކައި މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ގޮވާލެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޮކްޓޯބަރު 2026 | ހޯމަ 14:52
ހޯމް މިނިސްޓްރީގެ ބައްދަލުވުމެއްގައި، އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ- ފައިލް ފޮޓޯ

ހޯމް މިނިސްޓްރީގެ ބައްދަލުވުމެއްގައި، އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ- ފައިލް ފޮޓޯ | ރާއްޖެއެމްވީ

ދިވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހިއްކި ބިން، ޒަޔަނިސްޓުންގެ މަސްލަހަތު ހިމެނޭ ބަޔަކަށް ހިލޭ ދޫކޮށްލަން ސަރުކާރުން ނިންމީ ކާކަށް ކިހާވަރަކަށް ކޯއްޗެއް ލިބިގެންތޯ ވިދާޅުވެ އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ.

އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިމްރާން ވަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިއްކި ބިން، ޒަޔަނިސްޓުންގެ މަސްލަހަތު ހިމެނޭ ބަޔަކަށް ހިލޭ ދޫކޮށްލަން ސަރުކާރުން ނިންމީ ކާކަށް ކިހާވަރަކަށް ކޯއްޗެއް ލިބިގެންތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. 

Advertisement - newsAdvertisement

މީގެ ކުރިން ވެސް ޝެއިޚް އިމްރާން ވަނީ ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުމާ ގުޅޭގޮތުން ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. 

ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މުއާމަލާތާ ގުޅޭގޮތުން ލިބެންހުރި މައުލޫމާތަށް ބަލާއިރު މިއީ ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވި ފަދައިން، ދިގުމުއްދަތުގައި ދިވެހިރާއްޖެ ޔަހޫދީންނަށް ދޫކޮށްލުމަށް ރާވާފައިވާ ނުރައްކާތެރި ޣަދަރުވެރި ރޭވުމެއް ކަމަށެވެ.

ދީނާއި ގައުމާމެދު ޣީރަތްތެރިކަމެއް ހިތުގައި އޮތް ބަޔަކު މިވަރުގެ ނުލަފާކަމެއް ނުކުރާނެކަން ފާހަގަކުރައްވައި ޝެއިޚް އިމްރާން ވަނީ މި މުއާމަލާތް އިތުރަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ޝެއިޚް އިމްރާންގެ އިތުރުން، ސިޔާސީ ގިނަ ބޭފުޅުންނާއި ރައްޔިތުން މަޖިލީިހުގެ މެންބަރު ވެސް ވަނީ މިއީ ރައީސް މުއިއްޒު އާއި މިސަރުކާރުގެ ބޭފުޅުން ފައިސާ ނެގުމަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި މިއީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

ޝެއިޚް އިމްރާން އަބްދުﷲރަސްމާލެއީގަލް ހިލްސް

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!

05 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!
04 އޮކްޓޯބަރު 2026

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

04 އޮކްޓޯބަރު 2026
ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު
03 އޮކްޓޯބަރު 2026

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

03 އޮކްޓޯބަރު 2026
ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން
03 އޮކްޓޯބަރު 2026

ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!

03 އޮކްޓޯބަރު 2026
ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސްއަށް ދިނުން: އިސްލާމިކް މިނިސްޓަރު ޝަހީމް ވެސް ހުންނެވީ ހަނު!
03 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ

03 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: މިވަރުގެ ބޮޑު ޖަރީމާއެއްގެ ފަހަތުގައި ގިނަ ސިއްރުތަކެއް އޮންނާނެކަމަަށް އަލީ ހުސެއިން ވިދާޅުވެއްޖެ
02 އޮކްޓޯބަރު 2026

އީގަލްސް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

02 އޮކްޓޯބަރު 2026
އީގަލްސް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!
02 އޮކްޓޯބަރު 2026

ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން

02 އޮކްޓޯބަރު 2026
ޒަޔަނިސްޓުން މަސައްކަތް ކުރަނީ ރާއްޖޭގައި އަހުލުވެރިވާން، ރަސްމާލޭގައި އެމީހުން ވަޒަންވެރިވެއްޖެނަމަ އަމާންކަން ގެއްލޭނެ: އަލީ ހުސެއިން
01 އޮކްޓޯބަރު 2026

ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!

01 އޮކްޓޯބަރު 2026
ރަސްމާލެ: ދިވެހިރާއްޖެއަކީ ވިއްކާލަން އޮތް ރައީސް މުއިއްޒުގެ އަމިއްލަ މުދަލެއް ނޫން!
01 އޮކްޓޯބަރު 2026

"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި

01 އޮކްޓޯބަރު 2026
"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި
01 އޮކްޓޯބަރު 2026

ބިން އޮތީ ރާއްޖޭގައި، އިންވެސްޓްކުރަނީ ރާއްޖޭގައި، އެކަމަކު ސޮއިކުރީ ދުބާއީގައި، ބޭނުމަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތް ހެދުން: އަލީ ހުސެއިން

01 އޮކްޓޯބަރު 2026
ބިން އޮތީ ރާއްޖޭގައި، އިންވެސްޓްކުރަނީ ރާއްޖޭގައި، އެކަމަކު ސޮއިކުރީ ދުބާއީގައި، ބޭނުމަކީ ރާއްޖޭގެ ޤާނޫނު ނުހިނގާ ގޮތް ހެދުން: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް