Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރާސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސްއަށް ދޭ ކަމަށް ވާނަމަ، އެމަޝްރޫއާ އެކު އިއާދަވަނީ ވޯރާ ވިޔަފާރިވެރިންގެ ބާރު: ތޯރިގު

22 އޮކްޓޯބަރު 2026 | ބުރާސްފަތި 05:02

ރާސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދިނުމަކީ ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު ތޯރިގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި ނިންމުމަކީ ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ނެތި، ސަރުކާރުގެ މަދު ބޭފުޅުންތަކެއް ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ތުހުމަތުކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 22 އޮކްޓޯބަރު 2026 | ބުރާސްފަތި 05:02
ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވާހަކަ ދައްކަވަނީ

ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރާސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމަށް ދީފައިވާ ކަމަށް ބުނާ މައްސަލައަކީ، މާޒީގައި ވޯރާ ވިޔަފާރިވެރިން ރާއްޖެ ކޮންޓްރޯލްކޮށް ދައުލަތުގެ ކަންކަން ހިންގި ބީދައިން، އަންނަން އޮތް ޖީލުތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ލިބޭނީ ފައިދާ ކަމަށް ދެއްކުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަތަކުން، މި ގައުމުގެ ރައީސަކީ ކޮން ބޭފުޅެއްކަން އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި، މިއީ ވަރަށް ލަދުވެތި އަދި ދެރަ މަންޒަރެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އިތުރަށް ކަންބޮޑުވުން ފާޅުކުރައްވަމުން ތޯރިގު ވިދާޅުވީ، މިއަދު ފެންނަނީ އެވޭލާ ޒަމާނުގައި ރަށްރަށަށް ފައިސާ ހިފައިގެން މީހުން ދިއުމުން އެމީހުންގެ ފަހަތުން އެންމެން ދިޔަ ފަދަ ހާލަތަކަށް ސަރުކާރު ވެއްޓިފައިވާ މަންޒަރު ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަކީ ތަހުޒީބު ބައެއް ނޫން ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، މިހާރު ރަށްރަށުގައި ތިބި މީހުންނަކީ މީހަކު ފައިސާ ފޮއްޗެއް ހިފައިގެން ދިޔަޔަސް އެމީހެއްގެ ފަހަތުން އަޅުވައިގެން އުޅޭނެ ބައެއް ނޫން ކަމަށެވެ. އެ ރައްޔިތުން މާ ބޮޑަށް ވިސްނުންތެރިވެފައި ގައުމާ ދޭތެރޭ ހެޔޮކޮށް ވިސްނާ ކަމަށާއި، މި ސަރުކާރުގެ އިސްވެރިންނަށްވުރެ ރަށްރަށުގެ މީހުން މާ ތަހުޒީބު ކަމަށް ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީޚަށް އަލިއަޅުއްވާލައްވައި ތޯރިގު ވިދާޅުވީ، ވޯރާ ވިޔަފާރިވެރިންގެ އަމުރަށް ނޫނީ އެމީހުން ބޭނުންވާ ގޮތަކަށް ނޫން ގޮތަކަށް ދައުލަތުގެ ކަންތައްތައް ނުހިނގާ ދުވަސްވަރެއް ރާއްޖެ ދުށް ކަމަށެވެ.

އަޅުގަނޑުމެންނަށް ލިޔެކިޔުންތަކުން ފެންނަ ގޮތުގައި ވެއްޖެއްޔާ އެ ވޯރާ ވިޔަފާރިވެރިން ދައުލަތުގެ ބޮޑުންގެ އަރިހަށް ދޮލަނގު ހިފައިގެންދާ ވާހަކަ. ދެން އަޅުގަނޑު އެ މާނަކުރަނީ ރިޝްވަތު ހިފައިގެން ދިއުމަށް. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް މި ފެނުނީ އެ ރިޝްވަތު ހިފައިގެންދާ ތަން ލިޔައިމާ އެ ހަމައެއް އަޅައިގެން އެއީ ހަމަކަމަށް ބަލައިގެން އޭގެ މައްޗަށް ގްރޫނު ހަދާ ވާހަކަ ދައްކާ ވާހަކަ. މި ކަހަލަ ހަޑިހުތުރު ވާހަކަ މި ދައްކަނީ
މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ތޯރިގު 

މީގެ އިތުރުން ތޯރިގު ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން އެތައް ސަތޭކަ މިލިއަން ޑޮލަރަކާއި 500 ހެކްޓަރުގެ ބިން ބޭރު މީހަކަށް ހިލޭ ވިޔަފާރިކުރަން ދިނުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި، އެމަނިކުފާނާ ގުޅިގެން މި ހަރަކާތް ހިންގި ހުރިހާ ބޭފުޅުންނާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އެނގިވަޑައިގެންފައިވާ މައުލޫމާތުތަކަށް ބަލާއިރު މި މައްސަލައަކީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވިފައިވާ ކަމެއް ނޫން ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެނގިގެން ހިނގި ކަމެއްވެސް ނޫން ކަމަށް ތޯރިގު ވިދާޅުވި އެވެ. މިއީ ސަރުކާރުގެ ތެރޭގައި ތިއްބެވި ދެތިން ހަތަރު ބޭފުޅަކު ވެގެން މަޝްވަރާކޮށްލުމަށްފަހު، އެ ބޭފުޅުންގެ މެދުގައި ނިންމައިގެން ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އީގަލް ހިލްސްމުޙައްމަދު ތޯރިޤްޑރ. މުހައްމަދު މުއިއްޒުރަސްމާލެ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ

22 އޮކްޓޯބަރު 2026
ވަޒީރުންނާއި، ކައުންސިލަރުންގެ އެލަވަންސްތައް ބޮޑުކުރުމުން 48 މިލިއަން އިތުރުވޭ، މިއީ ދައުލަތަށް އަންނަ ވަރަށް ބޮޑު ބުރައެއް: މެންބަރު އަހުމަދު ދީދީ
21 އޮކްޓޯބަރު 2026

ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި

21 އޮކްޓޯބަރު 2026
ރަސްމާލޭގެ މައްސަލައިގައި ރެޖިސްޓްރާ ނިންމަވާފައިވާ ނިންމުން އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފި
21 އޮކްޓޯބަރު 2026

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

21 އޮކްޓޯބަރު 2026
މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!
21 އޮކްޓޯބަރު 2026

ޕާކިސްތާނާއި ރާއްޖެއާ ދެމެދު އޮތް ބައިލެޓްރަލް ވިޔަފާރި މިހާރު އޮތް 13 މިލިއަން ޑޮލަރުން ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވޭ: ރައީސް

ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު

21 އޮކްޓޯބަރު 2026
ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު
21 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ

21 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއާ ދެކޮޅު ކޮންމެ މީހަކީ ދިވެހިންގެ އަދުއްވެއް ކަމަށް ޕީއެންސީ މެންބަރު މުސްތަފާ ވިދާޅުވެއްޖެ
20 އޮކްޓޯބަރު 2026

ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2026
ރަސްމާލޭގައި ދިރިއުޅޭނީ ދިވެހި ރައްޔިތުންނާއި އަރަބި އިސްލާމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
20 އޮކްޓޯބަރު 2026

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި

20 އޮކްޓޯބަރު 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގެންފި
19 އޮކްޓޯބަރު 2026

ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން

19 އޮކްޓޯބަރު 2026
ރާއްޖޭގެ ބިން ޒަޔަނިސްޓުންގެ އަތުން ސަލާމަތް ކުރުމަށް ދަމު ނަމާދާއެކު ހިމޭން އިހުތިޖާޖެއް މިހާރު ވެސް ދަނީ ކުރަމުން: އިމްރާން
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް