Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން

މި ސަރުކާރު ހިންގަން ގަސްތުކޮށްފައިވަނީ ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ޓެރަރައިޒްކޮށްގެން: ޕާޕާ

17 އޮކްޓޯބަރު 2026 | ހޮނިހިރު 22:06

މި ސަރުކާރުން އާންމު ރައްޔިތުންނާއި މިނިވަން މުއައްސަސާތަކަށް ބިރުދައްކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމަށް ކެޕްޓަން އަހްމަދު ފަޔާޒް ވިދާޅުވެއްޖެ. ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅި ނަމަވެސް، ގާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ ހައްގުގެ ބޭނުންކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފުލުން ހުއްޓާނުލާނެ ކަމަށް އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 އޮކްޓޯބަރު 2026 | ހޮނިހިރު 22:06
އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ)

އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ވެރިކޮށް، ސަރުކާރު ހިންގަން އުޅެނީ ރައްޔިތުންނަށް ބިރު ދައްކާ، ރައްޔިތުން ޓެރަރައިޒް ކޮށްގެން ކަމަށް އެމްއެންޑީއެފް މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހްމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕާޕާ ވަނީ މި ގައުމުގައި މިއަދު ކަންކަން އޮތީ އިންތިހާ އަށް ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކޮންމެ ކަމެއްގައި ވެސް ރައްޔިތުން ބިރު ދައްކަމުންދާ ކަން ފާހަގަ ކުރައްވާ ޕާޕާ ވަނީ އާންމު ރައްޔިތުންނާ، ވިޔަފާރިތަކާ، ސިޔާސީ ޕާޓީތަކުގެ އިތުރުން މިނިވަން މުއައްސަސާ ތަކަށް ވެސް މި ސަރުކާރުން ބިރު ދައްކަމުން ދާ ކަމަށް ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

ޚާއްސަކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅު ކުރިޔަ ނުދީ އެކި ގޮތްގޮތުން ބިރު ދައްކަމުންދާއިރު، ސިޔާސީ ޕާޓީ ތަކުން އެއްވުންތައް ބޭއްވުމާއި، ޚިޔާލު ފާޅު ކުރުމަށް ކުރާ މަސައްކަތް ވެސް ހުއްޓުވުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ޕާޕާ ވިދާޅުވި އެވެ. 

ސިޔާސީ ހަރަކާތްތައް ހިންގާ ނުވަތަ ސިޔާސީ ހިންގުމާ އުފެއްދުމާ މި ކަންކަން ބެލެހެއްޓުން ގާނޫނުގެ ދަށުން މަތިކޮށްފަ މި އޮންނަނީ އިލެކްޝަންސް ކޮމިޝަނާ. އެހެން ނަމަވެސް މިއަދު ސިޔާސީ ހަރަކާތް ހިންގާނެ ފުރުސަތެއް ނުދީ މި ސަރުކާރުން ކަންކަން ކުރަނީ. މިއީ ސަރުކާރުން ބިރު ދައްކައިގެން ރައްޔިތުން ޓެރަރައިޒް ކޮށްގެން މިއުޅެނީ މި ސަރުކާރު ހިންގަން ވެސް. އެހެން ނަމަވެސް އެކަން އެ ގޮތަކަށް ނުކުރެވޭނެ. ގާނޫނު އަސާސީ އިން އަޅުގަނޑުމެންނަށް އެބަ އޮތް އެ އިހުތިޔާރު ދީފަ. އެއްވެ އުޅުމުގެ މިނިވަންކަމާ ކަންކަން. އެ ހަންޏެއް ނުކުރެވޭނެ ގާނޫނަކުން. ލިބޭ ތަނެއްގަ މުޒާހަރާ ވެސް ކުރާނަން. އެއްވުން ވެސް ބާއްވާނަން. 
އަހްމަދު ފަޔާޒް (ޕާޕާ) 

ޕާޕާ ވިދާޅުވީ މިއަދު މިނިވަން މުއައްސަސާތައް ވެސް ތިބީ މި ސަރުކާރާ މެދު އިންތިހާ އަށް ފޫހިވެފައި ކަމަށެވެ. އަދި ފުލުހުންނާ ސިފައިން ވެސް ތިބީ މި ސަރުކާދު ދެކެ ފޫހިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުން ނުހުއްޓުވޭނެ ކަމަށެވެ. 

ރައްޔިތުންގެ އަޑު ސަރުކާރަށް އިދިކޮޅުން އިއްވާނެ ކަމަށާ، އެކަން ކުރުމަށް ކުރެވެން ހުރި މަސައްކަތް ވަރުބަލި ކަމެއް ނެތި ކުރައްވާނެ ކަމަށް ވެސް ޕާޕާ ވިދާޅުވި އެވެ. އަދި މުޒާހަރާތަކާ އެއްވުންތައް ވެސް ބާއްވާނެ ކަމަށް ޕާޕާ ވަނީ ވިދާޅުވެފަ އެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްސިޔާސީ ޕާޓީގެ ގާނޫނުއިލެކްޝަންސް ކޮމިޝަންއަހުމަދު ފަޔާޒް (ޕާޕާ)

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ސިޔާސީ ހަރަކާތްތަކުގެ ސުލޫކީ މިންގަނޑުތަކާއި ޤާނޫނަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި

10 ސެޕްޓެމްބަރު 2026
ސިޔާސީ ހަރަކާތްތަކުގެ ސުލޫކީ މިންގަނޑުތަކާއި ޤާނޫނަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި
10 ސެޕްޓެމްބަރު 2026

މިއަދު ވެރިކަމާ ހަވާލުވެ މިތިބީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެން: ޕާޕާ

10 ސެޕްޓެމްބަރު 2026
މިއަދު ވެރިކަމާ ހަވާލުވެ މިތިބީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެން: ޕާޕާ
27 ޖުލައި 2026

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ

27 ޖުލައި 2026
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ
21 ޖުލައި 2026

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިއްޖެ: ޒަކަރިއްޔާ

21 ޖުލައި 2026
ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިއްޖެ: ޒަކަރިއްޔާ
14 ޖުލައި 2026

ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ

14 ޖުލައި 2026
ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
13 މެއި 2026

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

13 މެއި 2026
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
04 މެއި 2026

މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!

04 މެއި 2026
މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!
25 އެޕްރީލު 2026

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

25 އެޕްރީލު 2026
މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
18 އެޕްރީލު 2026

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް