Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ

14 ޖުލައި 2026 | އަންގާރަ 13:59

އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި، އިންތިޚާބީ ކަންކަމުގައި ކޮމިޝަނުން ނިންމާ ނިންމުންތަކަކީ ދެފުށް ފެންނަ އިންސާފުވެރި ނިންމުންތަކަކަށް ހެދުމަށާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އެ ޕާޓީން ބާރުއެޅި. ސިޔާސީ ޕާޓީތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވުމަށް ބޭއްވި މި ބައްދަލުވުމުގައި، ޕާޓީގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2026 | އަންގާރަ 13:59
އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން.

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. | އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ޕާޓީތަކާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ސިލްސިލާކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ތެރެއިން، އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި އަންގާރަ ދުވަހު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއަރޕަރސަން މުޙައްމަދު ނަޝީދާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި، ޕާޓީގެ ޤާނޫނީ ޓީމުގެ މެންބަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުން

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުން | އިލެކްޝަންސް ކޮމިޝަން

މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލުވާނުލައި، އެ އިތުބާރު ދެމެހެއްޓޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އަމަލުތައް ބެހެއްޓުމަށް ބާރުއަޅާފަ އެވެ. ވަކިން ހާއްސަކޮށް އިންތިޚާބީ ކަންކަމާއި ސިޔާސީ ޕާޓީތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި ދެފުށް ފެންނަ، އިންސާފުވެރި އުސޫލުތަކެއް ގެންގުޅުމުގެ މުހިންމުކަން އެ ޕާޓީން ފާހަގަކުރި އެވެ.

މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަށް ކުރިމަތިވަމުންދާ އެކި ކަންބޮޑުވުންތައް އެ ޕާޓީން ވަނީ ކޮމިޝަނުގެ މެންބަރުންނާ ހިއްސާކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުން.

އިލެކްޝަންސް ކޮމިޝަނުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުން. | އިލެކްޝަންސް ކޮމިޝަން

މިއީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކާއެކު ގުޅުން ބަދަހިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ސިޔާސީ ޕާޓީތަކަށް ދިމާވާ ދަތިތައް އޮޅުންފިލުވައި، ކޮމިޝަނާއި ޕާޓީތަކާ ދެމެދު އޮންނަ މުއާމަލާތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ. އަދި ޕާޓީތަކުން ހުށަހަޅާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް ކޮމިޝަނުން ވަނީ ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަންއެމްޑީޕީސިޔާސީ ޕާޓީގެ ގާނޫނު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

13 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ރަސްމީ ރިޒަރވްގެ ހިސާބުތައް ވަނީ ގަޑުބަޑުކޮށްފައި: އަމީރު

13 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން ފައިސާ ޗާޕުކޮށް، ރަސްމީ ރިޒަރވްގެ ހިސާބުތައް ވަނީ ގަޑުބަޑުކޮށްފައި: އަމީރު
13 ޖުލައި 2026

މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ

13 ޖުލައި 2026
މި ސަރުކާރުގެ އަމިއްލަ އިގްތިސާދީ އިސްލާހީ އެޖެންޑާ ނުވަތަ ރިފޯމް އެޖެންޑާ ވަނީ ފްލޮޕްވެފައި: އީވާ
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު

12 ޖުލައި 2026
ޕާޓީ އޮފީސް ތެރޭ ޕެނަޑޯލް ބަންދުކުރި ބަޔަކު ގެނެސް ވެރިކަމަށް ލީމަ ވާނެ ހައެތި މިވަނީ: އައިކު
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
11 ޖުލައި 2026

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

11 ޖުލައި 2026
ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް
09 ޖުލައި 2026

ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ

09 ޖުލައި 2026
ސައީދަށް ޕީއެންސީ އެކްޓިވިސްޓަކު ފޮނުވާ ސިޓީ
08 ޖުލައި 2026

ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ

08 ޖުލައި 2026
ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ނިންމާލަނީ، އެކަމަކު ވަޒީރުންނަށް ކުރަން 100 އެއްހާ ސުވާލު ހުށަހަޅާފައި އެބައޮތް: އެމްޑީޕީ ޕީޖީ
06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
06 ޖުލައި 2026

ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު

06 ޖުލައި 2026
ރައީސް މުއިއްޒު މަޝްވަރާގެ މޭޒަށް އަންނަން ޖެހޭ: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް