Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިއްޖެ: ޒަކަރިއްޔާ

ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ބަދަލު ގެނެސް، އީފާސް ތެރެއިން ސިޔާސީ ޕާޓީތަކަށް މީހުންނަށް ވަދެވޭ ގޮތަށް ބަދަލު ކުރުމުން، މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާ މިހާރު ނާންނަ ކަމަށް ވިދާޅުވި. އަދި އެއްވެސް ރައްޔިތަކު އެ މީހަކަށް ނޭނގި ޕާޓީ އަކަށް ނުވެއްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2026 | އަންގާރަ 06:37
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޙަސަން ޒަކަރިއްޔާ

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޙަސަން ޒަކަރިއްޔާ | ސޯޝަލް މީޑިއާ

އީފާސް ތެރެއިން ސިޔާސީ ޕާޓީތަކަށް ވަންނަ ގޮތަށް އުސޫލު ހެދި ފަހުން، މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވެފައި ވަނީ، ސިޔާސީ ޕާޓީ ތަކާ އެކު އިލެކްޝަން ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ގެނެވިފައި ވަނީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ކަންކަމަށް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ބަދަލު ގެނެސް، އީފާސް ތެރެއިން ސިޔާސީ ޕާޓީތަކަށް މީހުންނަށް ވަދެވޭ ގޮތަށް ބަދަލު ކުރުމުން، މީހުންނަށް ނޭނގި ޕާޓީތަކަށް ވައްދާ ކަމުގެ ޝަކުވާ މިހާރު ނާންނަ ކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް ރައްޔިތަކު އެ މީހަކަށް ނޭނގި ޕާޓީއަކަށް ނުވެއްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން ވަކިވާން ބޭނުންވާ ފަރާތްތަކުން ކުރިން ވަކިވާން ޖެހެނީ އެ ސިޔާސީ ޕާޓީ އަކަށް ހުށަހަޅައިގެންކަން ފާހަގަ ކުރައްވައި ޒަކަރިއްޔާ ވިދާޅުވީ، މިހާރު އީފާސް ތެރެއިން އެކަމަށް ހައްލު ހޯދައި ދީފައި ވާނެ ކަމަށެވެ. 

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ޑޭޓާ ބޭސް ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީ ޕީއެންސީ އަށް ވަގަށް މީހުން ވެއްދި މައްސަލައް 2025 ވަނަ އަހަރު ފެންމަތި ވެފައިވެ އެވެ. އަދި މި މައްސަލަ އާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޑީއެންއާރުގައި ފޯމު ފުރި ކަމަށާއި، ބޭނުންކުރީ އެތަނުގައި ހުރި މީޓިން ރޫމެއް ކަމަށް އެއްބަސްވެ ވަޑައިގެންފައި އެވެ.

ނަމަވެސް މި މައްސަލަ ތަހުގީގު ނުކުރުމަށް ފުލުހުންގެ ހިދުމަތުން ވަނީ ނިންމާފައި އެވެ.

އިލެކްޝަންސް ކޮމިޝަންސިޔާސީ ޕާޓީތައްހަސަން ޒަކަރިއްޔާ

އިތުރަށް ކިޔާލަން

23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
13 މެއި 2026

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

13 މެއި 2026
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
04 މެއި 2026

މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!

04 މެއި 2026
މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!
25 އެޕްރީލު 2026

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

25 އެޕްރީލު 2026
މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
18 އެޕްރީލު 2026

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ
10 އެޕްރީލު 2026

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
26 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
22 މާރިޗު 2026

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު