Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

ސިޔާސީ ހަރަކާތްތަކުގެ ސުލޫކީ މިންގަނޑުތަކާއި ޤާނޫނަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:32

ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި ހަރަކާތްތަކުގައި ސާބިތުނުހިފޭ ވާހަކަތައް ދައްކައި، އެއްވެސް ފަރާތަކަށް ތުހުމަތުކޮށް ފާޑުކިޔުމަކީ ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަން ހަނދާންކޮށްދީ، ޤާނޫނުތަކާއި ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި. އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު ކަން ފާހަގަކުރަމުން، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ޤާނޫނުގައި މަނާކޮށްފައިވާ ކަންކަމުން ދުރުހެލިވެ، ރާއްޖޭގެ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ޕާޓީތަކަށް ވަނީ ނަސޭހަތްތެރިވެފައި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 12:32
އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން | ސޯޝަލްމީޑިއާ

ސިޔާސީ ޕާޓީތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުތަކަށް ފުރިހަމައަށް ތަބާވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކުގައި ޤާނޫނާ ޚިލާފަށް ސާބިތުނުހިފޭ ވާހަކަތައް ދައްކަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ މެދު ފާޑުކިޔުމަކީ، ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ވެސް އެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ.

Advertisement - newsAdvertisement

އީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީ އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤަކަށް ވީނަމަވެސް، އެ މިނިވަންކަމުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކުގަ އެވެ. އަދި ސިޔާސީ ހަރަކާތްތައް ވެސް ހިންގަންވާނީ އެފަދަ ޒިންމާދާރު އުސޫލުތަކުގެ ތެރެއިން ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އެހެންކަމުން، ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް އިންތިޒާމުކޮށް ހިންގުމުގައި، ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، އެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގައި ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާނޭހެން އަމަލުތައް ބެހެއްޓުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންސިޔާސީ ޕާޓީތައް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

21 ޖުލައި 2026

ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިއްޖެ: ޒަކަރިއްޔާ

21 ޖުލައި 2026
ވަގަށް ޕާޓީތަކަށް މީހުން ވައްދާ މައްސަލަ އަށް ދާއިމީ ހައްލެއް ލިބިއްޖެ: ޒަކަރިއްޔާ
23 ޖޫން 2026

އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

23 ޖޫން 2026
އީސީގެ މެންބަރު ކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
13 މެއި 2026

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

13 މެއި 2026
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
04 މެއި 2026

މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!

04 މެއި 2026
މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!
25 އެޕްރީލު 2026

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

25 އެޕްރީލު 2026
މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
18 އެޕްރީލު 2026

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ
10 އެޕްރީލު 2026

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
26 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް