Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީސީގެ މެމްބަރުކަން

އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނަށް އައު މެންބަރަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުސަތު ހުޅުވާލައިފި. މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 3 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ކަމަށްވާއިރު، ކަމާގުޅޭ ފޯމުތައް ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 މެއި 2026 | ބުދަ 06:52
އިލެކްޝަން ކޮމިޝަން

އިލެކްޝަން ކޮމިޝަން | ސޯޝަލްމީޑިއާ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން މި ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުއެވެ. 

Advertisement - newsAdvertisement

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ އެ ކޮމިޝަނުގެ މެންބަރަކު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވަނީ 1 މެއި 2026 ގައި އިސްތިއުފާ ދެއްވާފައެވެ. 

އެހެންކަމުން އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، މި ފުރުޞަތު ހުޅުވާލައްވާފައިވަނީ،  3 ޖޫން 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި އެ އޮފީހުގެ ވެބްސައިޓް އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެއްވޭނެކަމަށް އިއުލާނުގައިވެއެވެ. 

އީސީގެ މެމްބަރުކަމުގައި ކުރިން ހުންނެވި ޒާހިދު އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް އައްޔަން ކުރެއްވީ 26 ޖެނެއަރީ 2025 ގަ އެވެ. އޭނާއަކީ މިނިވަން މުއައްސަސާތަކުގެ ރައީސުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް 20 ވަނަ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި ރައީސެކެވެ.

އެހެންނަމަވެސް ރެފަރެންޑަމް ވޯޓާއި ކައުންސިލު އިންތިޚާބުގެ ނަތީޖާ އިއުލާނުކުރިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ އިސްތިއުފާ ދެއްވާފައެވެ. 

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދުއިލެކްޝަންސް ކޮމިޝަންއީސީ

އިތުރަށް ކިޔާލަން

04 މެއި 2026

މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!

04 މެއި 2026
މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!
25 އެޕްރީލު 2026

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

25 އެޕްރީލު 2026
މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި
18 އެޕްރީލު 2026

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ
10 އެޕްރީލު 2026

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު