Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީދޫ ވޯޓު މައްސަލަ

މީދޫ ވޯޓު މައްސަލަ: ވޯޓު ކަރުދާހުގައި ދެފަހަރު ފާހަގަ ޖަހާފައިވަނިކޮށް އެއީ ސައްޙަ ވޯޓެއްކަމަށް ބަލައިފިނަމަ އިންތިޚާބީ ނިޒާމަށް ލޮޅުން އަރާނެ!

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ބާތިލުކުރި ވޯޓަކާ ގުޅިގެން، އެ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބާއްވައިދިނުމަށް އެދި ޕީއެންސީގެ ކެންޑިޑޭޓް ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ބާއްވައިފި. މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓު ކަރުދާހުގައި އިތުރު ފާހަގަ ޖެހުމަކީ ވޯޓު ބާތިލުވާނެ ކަމެއް ކަމަށާއި، އެއީ އިންތިޚާބުގެ ސިއްރުކަން ގެއްލޭނެ ކަމެއް ކަމަށް. އެމްޑީއޭގެ ކެންޑިޑޭޓް އެއް ވޯޓުގެ ތަފާތުން ކުރިހޯދާފައިވާ މި އިންތިޚާބާ މެދު ހައިކޯޓުން މި މަހުގެ 12 ގެ ކުރިން ގޮތެއް ނިންމާނެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2026 | ހޯމަ 11:39
 ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލައިގެ އަޑުއެހުން

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލައިގެ އަޑުއެހުން | ރާއްޖެ އެމްވީ

 ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ވަނީ ޔަޤީންވެފައެވެ.

Advertisement - newsAdvertisement

އޭރު ފެންމަތިވި މައްސަލަތައް ބެލުމަށްފަހު، މީދޫ ވޯޓުގެ ރަސްމީ ނަތީޖާ އާންމުކުރިއިރު، އެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ސުހާ އިބްރާހިމްއަށް ލިބުނީ، 391 ވޯޓެވެ. އަދި އެމްޑީއޭގެ މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

 ސުހާއަށް ލިބުނު ވޯޓެއް ބާތިލުވުމުން އޭނާއަށް ލިބުނު ވޯޓު 391 އަށް މަދުވެފައިވާއިރު، އެ ވޯޓު އަލުން ގުނައި ބާތިލު ކަމަށް ކަނޑައަޅަން ޖެހުނީ އެ ވޯޓު ކަރުދާހުގައި ދެފަހަރު ރަނގަޅު ފާހަގަ ޖަހާފައިވާތީ އެވެ.

ނަމަވެސް ސުހާގެ ފަރާތުން ބުނާ ގޮތުގައި އެއީ އޭނާއަށް ލިބިފައިވާ ވޯޓެއްކަމަށް ކަނޑައަޅަން ޖެހެއެވެ. ސަބަބަކީ އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހާ ވާހަކަ ޤާނޫނުގައި އޮންނައިރު، އެ ވޯޓު ކަރުދާހުގައި އޮތީ އޭނާގެ ނަމާ ދިމާލުގައި ވޯޓު ޖަހާފައި އޮތުމުންކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެ ވޯޓު ބާތިލުކަމަށް ކަނޑައަޅާފައިވަނީ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށްކަމަށް އޭނާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް، އަލުން އިންތިޚާބު ބާއްވައިދިނުމަށް އަމުރު ކޮށްދިނުމަށް ނުވަތަ ބާތިލު ބަންޑަލީގައި ހިމެނޭ 15 އަދި 17 ވަނަ ބަންޑަލީގެ ވޯޓަކީ ސައްޙަ ވޯޓުކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން އެދިފައިވެއެވެ.

އެހެންނަމަވެސް އެމްޑީއޭގެ ކެންޑިޑޭޓުގެ ފަރާތުން ބުނީ، ޤާނޫނުގައި އޮތީ "ފާހަގައެއް" ޖަހާ ވާހަކަ ކަމަށާއި، އެތަނުގައި އެ ބުނަނީ އެއް ފާހަގައިގެ ވާހަކަ ކަމަށެވެ. އަދި އެ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅައިފިނަމަ އެއީ އިންތިޚާބީ ނިޒާމަށްވެސް ލޮޅުން އަންނާނެ ކަމެއްކަމަށް ވަކީލު ވިދާޅުވިއެވެ.

އެކަން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޤާނޫނާ ޙަވާލާދީ ކޮމިޝަނުން ވަނީ ފަނޑިޔާރުންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.

އީސީގެ ވަކީލު ވިދާޅުވީ، ވޯޓު ކަރުދާހުގައި ދެ ފާހަގަ ޖަހާފައިވަނީ އޮޅިގެންކަމަށް ބުނި ނަމަވެސް، އެއީ ހަގީގަތުގައިވެސް އޮޅިގެން ޖެހުނު ވޯޓެއްކަން ޔަޤީން ކުރެވޭ ގޮތެއް ނެތް ކަމަށާއި، މިސާލަކަށް އެއީ އޮޅިގެން ލެވުނު ވޯޓެއް ނަމަވެސް އެ ޙާލަތުގައިވެސް ވޯޓު ބާތިލުވާނެ ކަމަށެވެ. އަދި ކަރުދާހުގައި އިތުރު ފާހަގައާއި ނިޝާންތައް ޖެހުމަކީ ވޯޓުގެ ސިއްރުކަން ކަނޑައެޅުމަށްވެސް ހުރަސް އެޅޭ ކަންކަން ކަމަށް ވަކީލު ވިދާޅުވިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލ ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މައްސަލަ ހުށަހެޅުމުން ޕީއެންސީ ކެންޑިޑޭޓުގެ އެ ވޯޓުވެސް ބާތިލުކަމަށް ކުރިން ވަނީ ކަނޑައަޅާފައެވެ.

މި ދާއިރާގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ގައެވެ. ފަނޑިޔާރުން ވިދާޅުވި ގޮތުގައި މި މައްސަލަ މި މަހުގެ 11 ނުވަތަ 12 ވަނަ ދުވަހު ނިންމަވާނެއެވެ.

 

ހައިކޯޓުގެ ފަނޑިޔާރުންމީދޫ ކައުންސިލްއިންތިޚާބާބޭހޭއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

02 މެއި 2026
މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

25 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!

ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!

19 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު