Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓްރީ

ކެބިނެޓުން އިސްތިއުފާ ދެއްވި މާރިޔާ އަށް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެއް

14 ސެޕްޓެމްބަރު 2026 | ހޯމަ 06:01

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަނުކުރެއްވުމާ އެކު، މާރިޔާ ފޮރިން މިނިސްޓްރީ އަށް ނުކުންނަވާތާ ދުވަސްކޮޅެއް ވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ސެޕްޓެމްބަރު 2026 | ހޯމަ 06:01
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަނު ކުރެއްވި ކުރީގެ މިނިސްޓަރު ޑރ. މާާރިޔާ

އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަނު ކުރެއްވި ކުރީގެ މިނިސްޓަރު ޑރ. މާާރިޔާ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ކުރީގެ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަށް ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެއް ދެއްވައިފި އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އައްޔަނު ކުރެއްވުމާ އެކު، މާރިޔާ ފޮރިން މިނިސްޓްރީ އަށް ނުކުންނަވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ ކެބިނެޓުން މާާރިޔާ އިސްތިއުފާ ދެއްވާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އެއީ އެ މަހުގެ ކުރީ ކޮޅު އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބާ ގުޅިގެން، ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ސަރުކާރަށް ގެނައުމަށް ކަމަށް އޭރު ވަނީ ހާމަކޮށްފަ އެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ މާރިޔާ އައްޔަނު ކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމަށެވެ. ނަމަވެސް ފަހުން ވަނީ ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، މާރިޔާާ ވަނީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ބަދަލު ކުރައްވައިފަ އެވެ. 

މާރިޔާ އަށް އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެއް ދެއްވާފައިވާއިރު، ކެބިނެޓުން އިސްތިއުފާ ދެއްވި އެހެން ބޭފުޅުންނަށް ވެސް މި މަޤާމު ދެއްވި އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ތާރިޤު އިބްރާހީމް އާއި ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރަށް ވެސް އެންމެ ފުރަތަމަ ދެއްވީ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމެވެ. 

އޭގެ ފަހުން ތާރިޤު އައްޔަނުކުރެއްވީ ދިވެހިރާއްޖެ އިން ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. އަދި އާދަމް ޝަރީފް އައްޔަނުކުރެއްވީ ދިވެހިރާއްޖެ އިން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށެވެ. 

ޚާރިޖީ ވުޒާރާޑރ. މަރިޔަމް މާރިޔާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

28 އޯގަސްޓު 2026

ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ

28 އޯގަސްޓު 2026
ނޭޕާލުގައި ހިނގި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމުގައި ތިބި އެއްވެސް ދިވެއްސަކަށް އެހީތެރިކަން ބޭނުންވާނަމަ ފޮރިން މިނިސްޓްރީއަށް އެންގުމަށް އެދިއްޖެ
14 އެޕްރީލު 2026

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ވެސް އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހައިދަރު ވެސް އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2026

ޓޫރިޒަމް މިނިސްޓަރު ތޯރިގު، މަގާމުން އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026
ޓޫރިޒަމް މިނިސްޓަރު ތޯރިގު، މަގާމުން އިސްތިއުފާ ދެއްވައިފި
14 އެޕްރީލު 2026

އެގްރިކަލްޗަރ މިނިސްޓަރު މާރިޔާ، މަގާމުން އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2026
އެގްރިކަލްޗަރ މިނިސްޓަރު މާރިޔާ، މަގާމުން އިސްތިއުފާ ދެއްވައިފި
06 މާރިޗު 2026

ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށް ހެލްތު މިނިސްޓްރީއާއެކު ދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރު މާރިޔާ

06 މާރިޗު 2026
ބ. ގޮއިދޫގައި ކެންސަރު އިތުރުވާ ސަބަބު ދެނެގަތުމަށް ހެލްތު މިނިސްޓްރީއާއެކު ދަނީ މަޝްވަރާ ކުރަމުން: މިނިސްޓަރު މާރިޔާ
03 މާރިޗު 2026

ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ

03 މާރިޗު 2026
ވާލާއި ކާޅު މަރާނަމަ، އެކަން ކުރަން ޖެހޭނީ ޚާއްސަ ސަމާލުކަމެއް ދީގެން: މިނިސްޓަރު މާރިޔާ
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް