Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން: ގާލިބު

7 އޮކްޓޯބަރު 2026 | ބުދަ 08:58

މި ސަރުކާރުން ނިންމާ ނިންމުންތަކުން ރަނގަޅު ނަތީޖާއެއް ނުފެނި، ރައްޔިތުންނަށް އޮތް ތަކުލީފުތައް އިތުރުވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ. 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިސް މި މައްސަލަތައް ހައްލުކުރާނެ ކަމަށާއި، މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތްކަން އޭނާ ފާހަގަކުރެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 7 އޮކްޓޯބަރު 2026 | ބުދަ 08:58
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު | ރާއްޖެއެމްވީ

މިސަރުކާރުން ގަދަބަސް ބުނެފައި ކުރި އެއްވެސް ކަމަކުން ރަނގަޅު ނަތީޖާއެއް ނުނިކުތްތަނުގައި، މިސަރުކާރުން ދަނީ އިތުރަށް ރައްޔިތުން ރުޅި އަރުވަމުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ގާލިބު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ވެގެން ދާނީ ސިޓިން ޕްރެޒިޑެންޓަކު އެންމެ ބޮޑު ބައްޔަކުން ބަލިވާ އިންތިހާބަށް ކަމަށާއި 2028 ވަނަ އަހަރު އެމްޑީޕީ ވެރިކަަމަށް އައިސް ރައްޔިތުންގެ ހުރިހާ ތަކުލީފުތައް ފިލުވާދޭނެ ކަމަށެވެ. 

Advertisement - newsAdvertisement

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ނަގަން ނިންމި ޓެކްސްގެ އުސޫލު ބަދަލުކުރަން ނިންމި ނިންމުމަށް އަލިއަޅުވާލައްވަމުން ގާލިބު ވިދާޅުވީ މިވެރިކަމުގައި ބާކީ މިއޮތް ދެއަހަރުގެ ތެރޭގައި ވެސް ގަދަ ބަސް ވިދާޅުވެ ރައްޔިތުންގެ ކުރިމައްޗަށް ބައިވަރު ކަންކަން ނެރޭނެ ކަމަށެވެ.

އަޅުގަނޑު ހަމަ ވަރަށް ވިސްނަން، ވަރަށް ވަރަށް ފިކުރު ކުރާ ކަމެއް މިއީ މިކަހަލަ ޑިސިޝަންތައް ނަގާއިރު ކޮން ބަޔަކު ދޭ ހިޔާލުތަކެއް ބާއޭ. ޓީމަކުން ދޭ ހިޔާލުތަކެއް ބާއޭ ނޫނީ އެންމެ މީހަކު އެންމެ ފަރުދަކު، ހަމަ ހުރެދާނެތާ ވަރުގަދަ ހަމަ ނުފޫޒުގަދަ މީހަކު އެހެން އަންނަ ހިޔާލެއް ބާއޭ މިއީ 
އަހުމަދު ގާލިބު

ބޭސް ލިބުމުގައި އާއި ގޭސް އަދި ޒަރޫރީ އެހެން ތަކެތި ލިބުމުގައި ދަތިކަން ހުރިކަން ފާހަގަކުރައްވާ ގާލިބު ވިދާޅުވީ ރައީސް މުއިއްޒުއަކީ އަޑު އައްސަވާ ބޭފުޅެއް ނޫންކަން ޔަގީންވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ އިންތިޚާބުގައި ރައްޔިތުންނަށް ލިބުނު ފުރުސަތުގައި މިސަރުކާރަށް ޖަވާބުދިނުމުން ކެބިނެޓަށް ގެނައި ބަދަލުން ކަންކަން ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށް ގާލިބު ވިދާޅުވި އެވެ. ނަމަވެސް ކަންކަން ވީ ހައްތަހާ ގޯސް ކަމަށް ވެސް ގާލިބު ވަނީ ވިދާޅުވެފައި އެވެ. 

މި ނޫނީއާ އައިތޯ އޮންލައިންކޮށް ޓެމޫ އޯޑަރެއް ޖަހާނުލެވުނު ޒަމާނެއް. ބޭންކުން އެ ހުންނަނީ ކަންތައްތައް ލިމިޓުކޮށްފައި، ކޮންމެ ދުވަހަކު ނިދާހޭލާއިރު ބަރިއަކަށް ނޮޓިފިކޭޝަން އައިސް ހުންނަނީ ޑެއިލީ ލިމިޓު ހަމަވެއްޖޭ. މިސާލަކަށް ގަދަބަސް ވިދާޅުވެފައި ރައްޔިތުންގެ ކުރިމައްޗަށް ކަންކަން ގެންނަނީ އޭގެން ރައްޔިތުންނަށް ފައިދާއެއް ކުރާނެ ކަމެއް ވެއްޖެއާ މައްސަލައެއް ނެތޭ، ކޮން ކަމަކުންތޯ ރަނގަޅު ނަތީޖާއެއް ނުކުތީ. އެހެންވީމަ ރަނގަޅި ނަތީޖާއެއް ނުނެރެވުނުތާގައި އިތުރަށް ރައްޔިތުން ރުޅިއަރުވަނީ  
އަހުމަދު ގާލިބު

މީގެ އިތުރުން، ގަދަބަސް ވިދާޅުވެގެން ކަމެއް ވާނަމަ ވާނެހާ ދުވަސްވެއްޖެ ކަމަށާއި އެއްވެސް ކަމެއް ނުވާކަން ގާލިބު ފާހަގަކުރެއްވި އެވެ.

އަހުމަދު ޣާލިބުމުއިއްޒު ސަރުކާރު

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

01 އޮކްޓޯބަރު 2026

"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި

01 އޮކްޓޯބަރު 2026
"ގޯހެއް" ރަނގަޅޭ ބުނެދޭން މުޅި ސަރުކާރު އަރުވާ ޖަހާފައި
01 އޮކްޓޯބަރު 2026

ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފި

01 އޮކްޓޯބަރު 2026
ސަރުކާރު ރައިޓް ސައިޒް ކުރުމުގެ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް އުފައްދަވައިފި
26 ސެޕްޓެމްބަރު 2026

ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއަކީ ޒަޔަނިސްޓުންގެ ޖީލުތަކަކަށް އިމާރާތްތައް ލިބޭގޮތައް ފަރުމާކޮށް، ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރެވޭނެ ގޮތައް ހިންގޭ އަނދިރި ޖަރީމާއެއް، މިކަމާ ދެކޮޅަށް ތެދުވާންޖެހޭ! ޝެއިޚް ފަޒްލޫން

24 ސެޕްޓެމްބަރު 2026

އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟

24 ސެޕްޓެމްބަރު 2026
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
11 ސެޕްޓެމްބަރު 2026

އިހުތިރާމު ލިބިގަތުމަށްޓަކައި ފުރަތަމަ ވެރިން އިހުތިރާމު ކުރަން ޖެހޭ: އަލީ ހުސެއިން

11 ސެޕްޓެމްބަރު 2026
އިހުތިރާމު ލިބިގަތުމަށްޓަކައި ފުރަތަމަ ވެރިން އިހުތިރާމު ކުރަން ޖެހޭ: އަލީ ހުސެއިން
04 ސެޕްޓެމްބަރު 2026

މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟

04 ސެޕްޓެމްބަރު 2026
މީގޮނަ ވަގާ ނިމިދިޔަ ގޮތަށް މިފަހަރު މި ނިމިދިޔައީ ސްޓެލްކޯ! މާދަމާ ކޮން ކުންފުންޏެއް؟
04 ސެޕްޓެމްބަރު 2026

ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ހުރިހާ ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި އެބަހުރި: ޑީޑީ

04 ސެޕްޓެމްބަރު 2026
ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ހުރިހާ ސިފައެއް ރައީސް މުއިއްޒުގެ ކިބައިގައި އެބަހުރި: ޑީޑީ
02 ސެޕްޓެމްބަރު 2026

ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!

02 ސެޕްޓެމްބަރު 2026
ޕީއެންސީއަށް ނިސްބަތްވުމަކީ ވަޒީފާ ހިމާޔަތް ކުރުމަށް ލިބޭ ބާރެއް ކަމަށް ބުނެ، ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރަނީ!
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

01 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
31 އޯގަސްޓު 2026

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި

31 އޯގަސްޓު 2026
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް އަދި މަޢުދަން ހޯދައި ނެގުމުގެ އިދާރީ، ގާނޫނީ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް