ދެ އަހަރުވާއިރު ވެސް ކަނޑު އުޅަނދުގެ ލައިސެންސް ކާޑު ނުހެއްދިގެން އުޅެނީ އަޕްޑޭޓެއް އަންނާތީ: ޓްރާންސްޕޯޓް މިނިސްޓްރީ
15 އޮކްޓޯބަރު 2026 | ބުރާސްފަތި 12:06މެރިޓައިމް ޕޯޓަލްގެ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ކުރިއަށްދާތީ، ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ކާޑު ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި. މި ބަދަލާ ގުޅިގެން މިހާރު ދޫކުރަމުންދަނީ ލައިސެންސް ފޮތް ކަމަށްވާއިރު، ޑިޖިޓަލް ނިޒާމުގެ މަސައްކަތް އެއްކޮށް ނިމޭނެ ތާރީޚެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވޭ

ދެ އަހަރުވާއިރު ވެސް ކަނޑު އުޅަނދުގެ ލައިސެންސް ކާޑު ނުހެއްދިގެން އުޅެނީ އަޕްޑޭޓެއް އަންނާތީ: ޓްރާންސްޕޯޓް މިނިސްޓްރީ | ރާއްޖެ އެމްވީ
ދެ އަހަރުވާއިރު ވެސް ކަނޑު އުޅަނދުގެ ލައިސެންސް ކާޑު ނުހެއްދިގެން އުޅެނީ އަޕްޑޭޓެއް އަންނާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެ މިނިސްޓްރީއަށް ގުޅުމުންނެވެ. އެގޮތުން އެ މިނިސްޓްރީން ވަނީ 2025 ގެ ފަހުން ކަނޑު އުޅަނދުގެ ލައިސެންސަށް ކާޑު ދޫނުކުރާ ކަމަށް ބުނެފަ އެވެ.
އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މެރިޓައިމް ޕޯޓަލްގެ ހުރިހާ މަސައްކަތެއް އެއްކޮށް ޑިޖިޓަލްކުރުމުގެ މަސައްކަތް ކުރިއަށް ދާތީ މި ދުވަސްކޮޅަށް ލައިސެންސް ކާޑު ދޫކުރުން ވަނީ ހުއްޓިފައި ކަމަށެވެ. ނަމަވެސް ޑިޖިޓަލްކޮށް ނިމޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
2025 އިން ފެށިގެން އެނގޭތޯ މި ފޮތް ހަމައެކަނި ދޫކުރަނީ އެއީ ލައިސެންސްއަށް އަޕްޑޭޓެއް އަންނާތީވެ. ދެން އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރަމުން ދާތީ. ސީދާ މިކަން ނިމޭނެ ދުވަހެއް ބުނެލާކަށް އަޅުގަނޑަކަށް ނުއެއް އެނގޭޓްރާންސްޕޯޓް މިނިސްޓްރީ
މީގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަބަދުވެސް ފޮތް ދޫކުރާ ކަމަށް ބުނެފަ އެވެ.
ޑިޖިޓަލް ލައިސެންސް ކާޑަށް އެޕްލައި ކުރަން އޮންނައިރު، ކާޑުގެ ބަދަލަށް ލައިސެންސް ފޮތެއް ލިބޭތީ ކަނޑުދަތުުރުކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.










