Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ޓެކްސީ އެޕް

ޚިޔާނާތުގައި 13 މިލިއަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ '' މާލެ ޓެކްސީ އެޕް" ހެދުމާ ގުޅޭ މައުލޫމާތު ލިބުނީ ނުރަސްމީ ކޮށް: ރައީސް މުއިއްޒު

އެމްޓީސީސީގެ "މާލެ ޓެކްސީ އެޕް" އާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަންގެ މައްސަލަތައް ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ބައްލަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ނުރަނގަޅު ކަމެއް ހިނގާފައިވާނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގަވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި. މި އެޕްލިކޭޝަން ތަރައްގީކުރުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭއިރު، އެޕް ރަނގަޅަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 20 އެޕްރީލު 2026 | ހޯމަ 09:09
އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީތައް. 03.04.2026

އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީތައް. 03.04.2026 | އެމްޓީސީސީ

13 މިލިއަން ހިޔާނާތް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެނގިވަޑައިގަތީ ނުރަސްމީ ކޮށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ އެމްޓީސީސީން "މާލެ ޓެކްސީ އެޕް"  ރަނގަޅަށް ފަންގްޝަން ނުކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެޕްލިކޭޝަން ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެނގުނީ ނުރަސްމީކޮށް ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީ މެދުވެރިކޮށް އެހުރިހާ ކަމެއް ބަލާނެ ކަމަށާއި، ރަނގަޅު މަގުން ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ގާނޫނާ ގަވާއިދާ ހިލާފަށް ނުވަތަ އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވަައިގެން ނުރަނގަޅު ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

 އަޅުގަނޑުމެން އޮންނާނީ ރައީސް އޮފީހުން އޮންނާނީ އަންގާފައި އެމްޓީސީސީއަށް ޓްރާސްޕޯޓު މިނިސްޓްރީއަށް މިކަން ރަނގަޅަށް ބައްލަވާ އެއްވެސް ކަހަލަ ކަމެއް ނުރަނގަޅު ކަމެއް ހިނގާ ކަމަށްވަންޏާ ވަގުތުން އެކަމަށް އެޓެންޑްވެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްތައް ކުރުމަށް. އެހެންވީމަ ކޮންމެ ގޮތެއް ވިޔަސް ގާނޫނާ ގަވާއިދާ ހިލާފަށް އުސޫލުން ބޭރުން ކަމެއް ކުރުމަކަށް ސަރުކާރުން އެއްވެސް ވަރަކަށް ފުރުސަތު ނުދޭނަން. އެކަހަލަ ކަމެއް ކުރާ ބައެއް ވެއްޖެއްޔާ އެބަޔަކަށް އަޅަން ޖެހޭ ފިޔަވަޅެއް އެބަޔަކަށް އެޅުމަށް ވަރަށް ބޮޑަށް ބާރު އަޅާނަން. އެހެންވީމަ އެއީ ޓޮލަރޭޓް ކުރާނެ ކަމެއް ނޫން. ނުރަނގަަޅު ކަމެއް ހިނގަންޏާ. އެހެނެއް ނޫން އެޕްލިކޭޝަން ނުހެދިގެން ލަސް ވެގެން ނޫނިއްޔާ އެހެން ކަމެއް ވެގެން ރައްޔިތުންނަށް ޓެކްސީ ސަރވިސް ވޯކް ނުކުރެވި މިކަހަލަ ކަމެއް ދިމާވުމަކީ އެއްގޮތަކަށް ވުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި،. ދެން އަޅުގަނޑު ހިތުން ދެ ހަފްތާއެއްހާ ދުވަސް ފްރީ ކޮށް ދުއްވުމުގެ ފުރުސަތު ވެސް އެބޭފުޅުން ދެއްވި. ދެން މިހާރު ވެބް މެދުވެރިކޮށް ބުކް ކުރުމުގެ މަސައްކަތް އެބަ ކުރެވޭ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި ޓެކްސީގެ ޚިދުމަތް ފެށި އިރު މަސައްކަތް ނުކުރާ އެޕަށް 34 މިލިއަން އޮތީ ދޫކޮށްފަ އެވެ. 

އެޕްލިކޭޝަނަށް ވާނުވާ ނޭނގޭއިރު، 18 އޭޕްރީލް 2026 ގައި މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ވަނީ ފަށާފަ އެވެ.

މާލެ ޓެކްސީ އެޕްއެމްޓީސީސީޓްރާންސްޕޯޓް މިނިސްޓްރީކަރަޕްޝަން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

އެމްއޭސީއެލްގައި ބޮޑެތި މުސާރަ ދޭ ސިޔާސީ މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ

20 އެޕްރީލު 2026
އެމްއޭސީއެލްގައި ބޮޑެތި މުސާރަ ދޭ ސިޔާސީ މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ
18 އެޕްރީލު 2026

ސަރުކާރުގެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ފަށައިފި

18 އެޕްރީލު 2026
ސަރުކާރުގެ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ފަށައިފި
17 އެޕްރީލު 2026

މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ

17 އެޕްރީލު 2026
މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުމުގެ ބަދަލުގައި އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް: ކުޑޫ
17 އެޕްރީލު 2026

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

17 އެޕްރީލު 2026
މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް
16 އެޕްރީލު 2026

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް

16 އެޕްރީލު 2026
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރައީސް މުއިއްޒު އުފެއްދެވި ކޮމެޓީއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު