Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލިކޮޕްޓަރުގެ ހިދުމަތް

2024 ގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި

ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މިއަހަރު ގެ ޖެނުއަރީ މަހުގެ 25 ގެ ކުރިން ފޯމު ހުށަހެޅުމަށް.

އަލީ ޝާހީން
އަލީ ޝާހީން | 23 ޖެނުއަރީ 2026 | ހުކުރު 07:28
މިނިސްޓަރު އަމީނު އާއި ރައީސް މުޢިއްޒު

މިނިސްޓަރު އަމީނު އާއި ރައީސް މުޢިއްޒު | ރާއްޖެ އެމްވީ

ނިމުނު 2024 ވަނަ އަހަރުގެ މާޗު މަހު ހެލިކޮޕްޓަރުގެ ޚިދުމަށް ފަށާނެ ކަމަށް ބުނި ނަމަވެސް އެއް އަހަރާއި ދިހަ މަސް ވެގެންދިޔައިރު ވެސް އެކަން ނުވެ އުޅެނިކޮށް އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޓްރާންސްޕޯޓް މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށްޓަކައި އެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. މިއީ އެ މިނިސްޓްރީން ހެލިކޮޕްޓަރު ޚިދުމަތް ފެށުމަށްޓަކައި، އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި ތިންވަނަ ފަހަރެވެ.

Advertisement - newsAdvertisement

އަދި އެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނީ މިއަހަރު ގެ ޖެނުއަރީ މަހުގެ 25 ގެ ކުރިން ފޯމު ހުށަހެޅުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީން ވަނީ ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކޮޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލައިފަ އެވެ. އޭގެފަހުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަން ބުނި ތާރީހު ފަހަނައަޅާދިޔައިރު ވެސް އެ ޚިދުމަތް ފެށިފައެއް ނުވެ އެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2025

އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު

24 ޑިސެމްބަރު 2025
އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު
23 ޑިސެމްބަރު 2025

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

23 ޑިސެމްބަރު 2025
ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި
21 ޑިސެމްބަރު 2025

ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

21 ޑިސެމްބަރު 2025
ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު