Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އާރްޓީއެލް

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

ރާއްޖޭގެ 15 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ދެމުންދާއިރު، މި މަސް ނިމުމުގެ ކުރިން މ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުން. ނަމަވެސް އައު ފެރީތައް ނުބަނދެ ޚިދުމަތް ފުޅާކުރާތީ އާއި، ދަތުރުތައް މަދުވެ ޝެޑިއުލަށް ބަދަލު އައުމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. ޚާއްސަކޮށް ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލުމާއި ކުއްލި ގޮތަކަށް ރޫޓުތައް ކެންސަލްވުމަކީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 08:49
އެމްޓީސީސީ މެދުވެރިކޮށް ދެމުންދާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފަ އެވެ. 15 ރަށެއްގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު މި މަހުގެ 30 ގައި މ. އަތޮޅުގައި ވެސް މި ޚިދުމަތް ފަށަން ތައްޔާރު ވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފަ

އެމްޓީސީސީ މެދުވެރިކޮށް ދެމުންދާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފަ އެވެ. 15 ރަށެއްގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު މި މަހުގެ 30 ގައި މ. އަތޮޅުގައި ވެސް މި ޚިދުމަތް ފަށަން ތައްޔާރު ވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފަ | އެމްޓީސީސީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތަކީ އެތައް ރައްޔިތުންނަކަށް ލުއިފަސޭހަތަކެއް ގެނުވި ޚިދުމަތެކެވެ. ނިމުނު އެމްޑީޕީ ސަރުކާރުން މި ޚިދުމަތުގެ ފައުންޑޭޝަން އަޅާ ނިންމާފައިވަނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. ރައްޔިތުން އާރްޓީއެލް ފެރީގެ ޚިދުމަތް ބަލައިގަނެފައިވާ ކަން ހާމަވަނީ އޭރު އެކަމަށް ތައުރީފު ކުރި މީހުންގެ ޝުއޫރުތަކުންނެވެ. އެތައް ބަޔަކު އެ ޚިދުމަތް ފެށުމާއެކު އެކަމުން ލިބުނު ލުއިފަސޭހަތަކުގެ ވާހަކަ  ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައި ވެ އެވެ. 

އެމްޓީސީސީ މެދުވެރިކޮށް ދެމުންދާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ފަށާފަ އެވެ. 15 ރަށެއްގައި މިހާރުވެސް މި ޚިދުމަތް ދެމުންދާއިރު މި މަހުގެ 30 ގައި މ. އަތޮޅުގައި ވެސް މި ޚިދުމަތް ފަށަން ތައްޔާރު ވަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. ރާއްޖެއެމްވީ އިން ސުވާލު ކުރުމުން މިނިސްޓްރީ އިން ވަނީ އެކަމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ބުނެފަ އެވެ. 

އިތުރު އަތޮޅެއްގައި ފެރީގެ ޚިދުމަތް ގާއިމު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ކުރީގެ ސަރުކާރުގައި ވަރަށް ރަނގަޅަށް ދެމުންއައި އާރްޓީއެލް ފެރީގެ ޚިދުމަތަށް މިސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. ދަތުރު ކަނޑައަޅާ ޝެޑިއުލްއާ އެއްގޮތަށް ދަތުރު ނުކުރާ ކަމުގެ ޝަކުވާއާއި، ހުކުރު ދުވަހު ދަތުރުތައް މެދުކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް އާއްމު ރައްޔިތުން ކޮށްފައިވެއެވެ. އަދި ހުކުރު ދުވަހު ދަތުރުތައް ނެތުމަކީ ހަފްތާ ބަންދުގައި ރަށްރަށަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެމީހުން ބުނެ އެވެ. 

މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އައު އަތޮޅެއްގައި ފެރީގެ ޚިދުމަތް ފެށުމަށް އިތުރު ފެރީ ނުގެނައުމެވެ. އަދި އިތުރު ތިން ހަތަރު އަތޮޅަށް މި ނިޒާމު ފުޅާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ އިތުރު ފެރީ ނުބަނދެ ކަމަށް ތުހުމަތުކޮށް އެކަމުގެ ކަންބޮޑުވުން ވެސް އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ. އެގޮތުން ބ. އަތޮޅުގައި މި ޚިދުމަތް ފަށާފައިވަނީ އެހެން ޒޯނެއްގެ ދެ ލޯންޗު ގެންގޮސްގެން ކަމަށް އެ އަތޮޅު ރައްޔިތުން ވަނީ ބުނެފަ އެވެ. 

ފެރީތައް ކުއްލިއަކަށް ކެންސަލް ވުމަކީ ވެސް ރައްޔިތުންނަށް މިއަދު ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ. އެގޮތުން ހއ. އަތޮޅުން ކަންބޮޑުވުން ފާޅު ކުރި ބައެއް ފަރާތްތަކުން ފާހަގަކުރާގޮތުގައި ބައެއް ރޫޓްތައް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. އަދި ހުކުރު ދުވަހު އެއްވެސް ވަރަކަށް ދަތުރު ނުކުރާއިރު ދަތުރު ބާއްވާ ފްރީކުއެންސީ ވެސް ދަށް ކޮށް ފައިވާ ކަމަށެވެ. މިސާލަކަށް މޮޅަދޫ ރޫޓް މިހާރު ނޯންނަ ކަމަށް އެ ރައްޔިތުން ބުންޏެވެ.

އޭގެ އިތުރުން ހދ. ބައެއް ރައްޔިތުން ވަނީ އެ އަތޮޅުގައި ވެސް ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ރޫޓެއް ކެންސްލް ވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޚިދުމަތުގެ ފެންވަރު ދަށްވެފައިވާ ކަން ފާހަގަ ކޮށް ބައެއް ރައްޔިތުން ބުނީ ޓިކެޓް ގަންނަ ފަހުން ކުއްލި އަކަށް ދަތުރު ކެންސަލް ވުން ވެސް މިހާރު އާންމު ކަމަކަށް ވެފައިވަ ކަމަށާއި، އެ ގޮތަށް ކެންސަލް ވިޔަސް ފައިސާ އަނބުރާ ނުދޭ ކަމަށެވެ.

މީގެ ކުރިން ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބެމުން އައި މި ޚިދުމަތަކީ މިހާރު ރައްޔިތުންނަށް ބޮޑު އުނދަގުލަކަށް މި ވަނީ ވެފަ އެވެ. ގިނަ ބަޔަކަށް އުފާވެރިކަން ގެނުވި މި ޚިދުމަތުން މިހާރު ރައްޔިތުންނަށް ވަނީ އުނދަގުލެވެ. އިތުރު އަތޮޅެއްގައި މި ޚިދުމަތް ފެށުމަށް ތައްޔާރު ވަމުންދާއިރު ފަށާފައިވާ އަދި ޚިދުމަތް ދެމުންދާ އަތޮޅުތަކުގެ ރައްޔިތުންގެ އޮތީ ހުސް ވެސް ކަންބޮޑުވުމެވެ. އެތައް ބަޔަކު މި ޚިދުމަތަށް ބަރޯސާވަމުން އައި އިރު މިހާރު މި ޚިދުމަތާ މެދު އޮތީ ހައްތަހާ ވެސް ޝަކުވާ އެވެ. 

އާރްޓީއެލްއާރްޓީއެލް އެމްޑީޕީއެމްޓީސީސީޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

02 ޖޫން 2026
 18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

18.80 މިލިއަން ރުފިޔާ އަށް ތިލަފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީ އަށް

01 ޖޫން 2026
ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

31 މެއި 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު