Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ޚިދުމަތް

ޓެކްސީ ސެންޓަރެއް ނަމަ 50 ޑްރައިވަރުންނާއި، 50 އުޅަނދު އޮންނަން ޖެހޭ، އެހެން ނޫން ނަމަ ރަޖިސްޓްރީ ބާތިލް ކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ

މި ޝަރުތު ފުރިހަމަ ނުވާނަމަ 60 ދުވަހުގެ މުއްދަތު ދިނުމަށްފަހު ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް ބުނެފައިވޭ. ޓެކްސީ ސެންޓަރު ހިންގުމުގެ ގަވާއިދު ހަރުކަށިކޮށް ބަދަލު ކޮށްފައިވާއިރު، މިސަރުކާރުން ދަނީ ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2026 | ބުރާސްފަތި 09:49
''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

''ބޯކަނޑާލެވިދާނެ ކަމަށާއި، ބޯގުދު ނުކުރާނެ'' ކަމަށް ބުނެ، ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން

ގްރޭޓަރ މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރާ ޓެކްސީ ސެންޓަރެއް ނަމަ، 50 ޑްރައިވަރުންނާއި، 50 އުޅަނދު އޮންނަން ޖެހޭ ކަމަށާއި، އެހެންނޫން ނަމަ ރަޖިސްޓްރީ ބާތިލް ކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.  

ބުދަ ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓް ކޮށްފަ އެވެ. މި ގަވާއިދުގައި ޓެކްސީ ސެންޓަރު ހިންގުމަށް ހުންނަން ޖެހޭ ޝަރުތުތައް ހިމަނާފައިވެ އެވެ. 

Advertisement - newsAdvertisement

ގަވާއިދުގައި ބުނެފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި އޮޕަރޭޓްކުރަން ރަޖިސްޓަރީކުރާ ޓެކްސީ ސެންޓަރެއް ނަމަ، އެ ސެންޓަރުގައި ރަޖިސްޓަރީކުރުމަށް ލިސްޓުކޮށްފައިވާ ޓެކްސީ ކުރުމަށް ބޭނުންކުރެވޭނެ 50 އުޅަނދު އޮންނަން ޖެހޭ ކަމަށާއި، ޓެކްސީ ސެންޓަރުގައި ރަޖިސްޓަރީ ކުރުމަށް ލިސްޓުކޮށްފައިވާ ޓެކްސީ ކުރުމަށް ބޭނުންކުރެވޭ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މަދުވެގެން 50 ޑްރައިވަރުން ތިބެން ޖެހޭ ކަމަށެވެ. 

ޓެކްސީ ސެންޓަރުގެ ޝަރުތުތަކުގެ ތެރެއިން ޝަތުރެއް އުނިވެއްޖެނަމަ، އެ ޝަރުތު ފުރިހަމަކުރުމަށް އެ ޓެކްސީ ސެންޓަރަކަށް 60 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޓެކްސީ ސެންޓަރުން އެ ޝަރުތެއް ފުރިހަމަ ނުކުރެވިއްޖެ ހާލަތެއްގައި އެފަދަ ސެންޓަރަކަށް ދޫކޮށްފައިވާ ޓެކްސީ ސެންޓަރ ލައިސަންސް ބާތިލް ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ޓެކްސީ ސެންޓަރަކަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރެވޭ ހާލަތުގައި އެ ސެންޓަރެއްގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ލިސްޓުކޮށްފައިވާ ޓެކްސީތަކަށް ދޫކޮށްފައިވާ ކާރު ޓެކްސީ ލައިސަންސް ބާތިލުވާނެ ކަމަށާއި، ލައިސަންސް ބާތިލުވާ އުޅަނދުތައް އެހެން ސެންޓަރެއްގައި ރަޖިސްޓަރިވުމަށް ހުށަހެޅުމުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް އެފަދަ އުޅަނދުތަކުގައި ފުރިހަމަވާ ނަމަ ރަސްމީ 10 ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް ދޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

މި ގަވާއިދުގެ ދަށުން ކާރު ޓެކްސީ ލައިސަންސް ލިބިފައިވާ އުޅަނދެއް ދުއްވޭނީ ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މިފަދަ ޑްރައިވަރުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނީ ގިނަވެގެން ދެ ޓެކްސީ ސެންޓަރުގައި ކަމަށް ބުނެފައިވެ އެވެ. 

ކާރު ޓެކްސީ ޑްރައިވަރ ލައިސަންސް ދޫކުރެވޭނީ ޚިދުމަތުގެ އަގުގެ ގޮތުގައި 250 ރުފިޔާ ދެއްކުމުންނެވެ. 

ޓެކްސީ ސެންޓަރު ހިންގުމުގެ ގަވާއިދު ހަރުކަށިކޮށް ބަދަލު ކޮށްފައިވާއިރު، މިސަރުކާރުން ދަނީ ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. މިފަހުން ގިނަ އަދަދެއްގެ ޑްރައިވަރުންނާ އެމްޓީސީސީން އިންޓަވިއު ކޮށްފައިވެ އެވެ. 

މި މަސައްކަތް އޮތީ އެންމެފަހުގެ މަރުހަލާގައި ކަމަށް ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައި، މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް އެދިފައިވެ އެވެ.

ޑްރައިވަރސް އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ނިޔާޒު ވިދާޅުވީ، ވަރަށް ގިނަ ދުވަސްވީ ކަންބޮޑުވުން ތަކެއް މަޝްވަރާ ނުކުރެވި، ހައްލުނުވެ ހުރި ކަންތައްތަކެއް ރައީސް މުއިއްޒު އާ ހިއްސާ ކުރެވުނު ކަމަށާއި، ރައީސް ވިދާޅުވި ގޮތަށް ކަންކަން އަވަސް ފުރުސަތެއްގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ކުރިއެރުން ނުލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީޑްރައިވަރުންގެ ޖަމިއްޔާޓެކްސީ ފްލީޓުޓެކްސީ ޚިދުމަތް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

2024 ގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި

2024 ގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި

23 ޖެނުއަރީ 2026
ރާއްޖޭގެ ހުރިހާ ރަށަކަށް ޓެކްސީ ހިދުމަތް ދެވޭ ގޮތަށް "ދި ރައިޑް" އެޕް ލޯންޗުކޮށްފި

ރާއްޖޭގެ ހުރިހާ ރަށަކަށް ޓެކްސީ ހިދުމަތް ދެވޭ ގޮތަށް "ދި ރައިޑް" އެޕް ލޯންޗުކޮށްފި

28 ޑިސެމްބަރު 2025
އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު

އުޅަނދު ރަޖިސްޓަރީ ކުރަން ގަރާޖު އޮތުން އަދިވެސް ލާޒިމު: ޓްރާންސްޕޯޓު

24 ޑިސެމްބަރު 2025
ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅާ ކަންކަން ހައްލު ނުވެ އެންމެ ފަހުން ޑްރައިވާރސް އެސޯސިއޭޝަނުން ރައީސް މުއިއްޒު އާ ބައްދަލު ކޮށްފި

23 ޑިސެމްބަރު 2025
ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ރައްްޔިތުންގެ އެތައް ޝަކުވާ އެއް އަމާޒުވާ ޓްރާންސްޕޯޓް މިނިސްޓްރީން، ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު