Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަނޑުމަތީގެ ހާދިސާ

އިންޑިޔާގައި ހިނގި ބޯޓެއް ބަންޑުންޖަހާލުމުގެ ހާދިސާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މަރުވެއްޖެ

14 އޮކްޓޯބަރު 2026 | ބުދަ 08:00

އިންޑިއާގެ ބިހާރު ސްޓޭޓްގެ ވައިޝާލީގައި ބޯޓެއް ބަންޑުންޖަހާލައި 13 މީހުން މަރުވި ހާދިސާއާ ގުޅިގެން، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން. މި ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބޮޑުވަޒީރު މޯދީ ތައުޒިޔާ ފޮނުއްވާފައިވާއިރު، އަނިޔާވި މީހުންނަށް ފަރުވާދިނުމުގެ ކަންކަން އަވަސްކުރުމަށް އެ ސްޓޭޓްގެ ސަރުކާރުން ވަނީ އަންގާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 އޮކްޓޯބަރު 2026 | ބުދަ 08:00
އިންޑިޔާގެ ބިހާރް ސްޓޭޓްގައި ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދޭން މަސައްކަތް ކުރަނީ

އިންޑިޔާގެ ބިހާރް ސްޓޭޓްގައި ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދޭން މަސައްކަތް ކުރަނީ | ޕީޓީއައި

އިންޑިޔާގެ އިރުމަތީގައި އޮންނަ ބިހާރު ސްޓޭޓުގައި ބޯޓެއް ބަންޑުންޖަހާލުމުގެ ސަބަބުން ގާތްގަނޑަކަށް 13 މީހުން މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އެ ސްޓޭޓްގެ އޮފިޝަލުން އަންގާރަ ދުވަހު ހާމަކުރެއްވި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ވައިޝާލީ ޑިސްޓްރިކްޓުގައި ކަމަށާއި މިހާތަނަށް 13 މީހެއްގެ ހަށިގަނޑު ހޯދިފައިވާ ކަމަށް، ސީނިއާ ސިވިލް އޮފިޝަލެއް ކަމަށްވާ ވަރްޝާ ސިންގް ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ. "ހަތް މީހަކު ސަލާމަތްކުރެވިފައިވާއިރު، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް މިހާރު ވެސް ދަނީ ކުރިއަށް،" އޭނާ ވިދާޅުވި އެވެ.

Advertisement - worldAdvertisement

ގެއްލިފައިވާ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް އަވަހަށް ނިންމުމަށާއި އަނިޔާވި މީހުންނަށް ރަނގަޅު ފަރުވާ ކަށަވަރުކުރުމަށް އިދާރާތަކަށް އަންގާފައިވާ ކަމަށް، ބިހާރުގެ ޗީފް މިނިސްޓަރު ސަމްރަތު ޗައުދަރީ ވިދާޅުވި އެވެ. މި ހާދިސާ ހިނގި ވަގުތު އެ ކުދިން ބޯޓެއްގައި ދިޔައީ ކެއުމެއްގައި ބައިވެރިވުމަށް ކަމަށް، ބިހާރްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ، އިދިކޮޅު ލީޑަރު ތޭޖަޝްވީ ޔާދަވް ވިދާޅުވި އެވެ.

މި ހާދިސާގައި ފުރާނަތަކެއް ގެއްލިގެން ދިއުމަކީ "ވަރަށް ހިތާމަވެރި" ކަމެއް ކަމަށް، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި އެވެ. "މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑުގެ ހެޔޮ ދުއާތައް ވަނީ އާއިލާތަކާއެކު. އަނިޔާވި ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ދުއާކުރަން. ލޯކަލް އިދާރާތަކުން ދަނީ އަސަރުކުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ބިހާރުނަރެންދުރަ މޯދީ އިންޑިއާބޯޓު ބަންޑުން ޖެހުން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

ދެއްލީގައި ބޭއްވި މުޒާހަރާތަކުގައި 'ކުރަފި' ޕާޓީގެ ބާނީއާއި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

10 އޮކްޓޯބަރު 2026
ދެއްލީގައި ބޭއްވި މުޒާހަރާތަކުގައި 'ކުރަފި' ޕާޓީގެ ބާނީއާއި އެތައް ސަތޭކަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް
13 ސެޕްޓެމްބަރު 2026

މޯދީއާއި ޝީގެ ބައްދަލުކުރެއްވުން: ބޯޑަރުގެ މައްސަލަތައް ހައްލުކުރަން މުހިންމު މަޝްވަރާތަކެއް

13 ސެޕްޓެމްބަރު 2026
މޯދީއާއި ޝީގެ ބައްދަލުކުރެއްވުން: ބޯޑަރުގެ މައްސަލަތައް ހައްލުކުރަން މުހިންމު މަޝްވަރާތަކެއް
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
11 ސެޕްޓެމްބަރު 2026

އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ

11 ސެޕްޓެމްބަރު 2026
އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ
07 ސެޕްޓެމްބަރު 2026

ނިއު ދެއްލީގައި އިމާރާތެއް ވެއްޓި ހަ މީހުން މަރުވެއްޖެ، ގިނައީ ދަރިވަރުން ކަމަށް ބެލެވޭ

07 ސެޕްޓެމްބަރު 2026
ނިއު ދެއްލީގައި އިމާރާތެއް ވެއްޓި ހަ މީހުން މަރުވެއްޖެ، ގިނައީ ދަރިވަރުން ކަމަށް ބެލެވޭ
04 ސެޕްޓެމްބަރު 2026

އިންޑިއާގެ ޚާރިޖީ ވަޒީރު ޔޫކްރެއިނަށް، ޒެލެންސްކީއާއެކު މުހިންމު މަޝްވަރާތަކެއް

04 ސެޕްޓެމްބަރު 2026
އިންޑިއާގެ ޚާރިޖީ ވަޒީރު ޔޫކްރެއިނަށް، ޒެލެންސްކީއާއެކު މުހިންމު މަޝްވަރާތަކެއް
01 ސެޕްޓެމްބަރު 2026

ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2026
ޔޫކްރެއިންގެ ކީވްއަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެ
01 ސެޕްޓެމްބަރު 2026

ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟

01 ސެޕްޓެމްބަރު 2026
ޝީ، މޯދީ އަދި ޕޫޓިން އެސް.ސީ.އޯ ސަމިޓުގައި: އެޖެންޑާގައި އޮތީ ކޮން ކަންތައްތަކެއް؟
25 އޯގަސްޓު 2026

އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

25 އޯގަސްޓު 2026
އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ
21 އޯގަސްޓު 2026

މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ

21 އޯގަސްޓު 2026
މޯދީގެ ކެބިނެޓް ވަޒީރުންނަށް ސޯޝަލް މީޑިއާ ސްކޯ ދީފި، އެންމެ މަތީ ސްކޯ ހޯއްދެވީ މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް