Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

ނިއު ދެއްލީގައި އިމާރާތެއް ވެއްޓި ހަ މީހުން މަރުވެއްޖެ، ގިނައީ ދަރިވަރުން ކަމަށް ބެލެވޭ

7 ސެޕްޓެމްބަރު 2026 | ހޯމަ 06:52

އިންޑިއާގެ ނިއު ދެއްލީގައި ހުރި ބާ އިމާރާތެއް ވެއްޓި ހަ މީހުން މަރުވުމާ ގުޅިގެން، އެ ސަރަހައްދުގެ އިމާރާތްތަކުގެ ރައްކާތެރިކަމާ މެދު އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މި ހާދިސާ ހިނގަން މެދުވެރިވީ އިމާރާތުގެ ބޭސްމަންޓުގައި ފެންބޮޑުވެފައި ވަނިކޮށް މަރާމާތުގެ މަސައްކަތް ކުރުމުން ކަމަށް ބެލެވޭއިރު، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 7 ސެޕްޓެމްބަރު 2026 | ހޯމަ 06:52
އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި އިމާރާތެއް ވެއްޓުނު ސަރަހައްދުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުންދަނީ.

އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި އިމާރާތެއް ވެއްޓުނު ސަރަހައްދުގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރިވަމުންދަނީ. | ރޮއިޓާސް

އިންޑިއާގެ ވެރިރަށް ނިއު ދެއްލީގެ ސަތުޔާ ނިކޭތަން އަވަށުގައި ހުރި ފަސް ފަންގިފިލައަށް ބިނާކޮށްފައިވާ އިމާރާތެއް ވެއްޓި، ހަ މީހުން މަރުވެއްޖެ އެވެ. 'ހޮސްޓެލް ޑޭޒް' ނަމަކަށް ކިޔާ މި އިމާރާތް ވެއްޓުނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ހާއިރު އެވެ. ވެއްޓުނު އިމާރާތުގެ ދަށުން ހަ މީހުން ސަލާމަތް ކުރެވިފައިވާއިރު، އެ މީހުންނަށް ފަރުވާދެމުންދާ ކަމަށް އެއިމްސް ހޮސްޕިޓަލުން ބުނެ އެވެ. އާދީއްތަ ދުވަހަކީ ކިޔެވުން ބަންދު ދުވަހަކަށް ވުމުން، ހާދިސާ ހިނގި ވަގުތު ގިނަ ދަރިވަރުން ތިބީ އެ ކުދިންގެ ކޮޓަރިތަކުގަ އެވެ. އިމާރާތް ވެއްޓުނު ވަގުތު އެ ތަނުގައި 24 އާއި 48 އާ ދެމެދުގެ އަދަދަކަށް މީހުން ތިބި ކަމަށް ބެލެވޭއިރު، ބައެއް ދަރިވަރުން އަދިވެސް ތިބީ ތާށިވެފަ އެވެ.

އިމާރާތް ވެއްޓުނީ ބޭސްމަންޓުގައި ފެންބޮޑުވެފައި ވަނިކޮށް، މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދިއުމުން ކަމަށް ދިއްލީގެ ޗީފް މިނިސްޓަރު ރޭކާ ގުޕްތާ ވިދާޅުވި އެވެ. "ތާށިވެފައި ތިބި މީހުން ސަލާމަތުން ނެރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ. އަދި، "މިހާތަނަށް 12 މީހަކު ވަނީ ފެނިފައި. އޭގެ ތެރެއިން ހަ މީހަކު މަރުވެފައިވާއިރު، އަނެއް ހަ މީހުންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. އަޅުގަނޑުމެން މިދަނީ އެ ކުދިންގެ ބެލެނިވެރިންނާ ގުޅަމުން، އަދި، އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން. ކުދިންނަށް ދަނީ އެކަށީގެންވާ ސިއްހީ ފަރުވާ ދެމުން،" ގުޕްތާ ވިދާޅުވި އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދެއްލީގައި ހުރި އިމާރާތެއް ވެއްޓުނު ސަރަހައްދުގައި ރެސްކިއު ޓީމުތަކުގެ މެންބަރުން ހަރަކާތްތެރި ވަނީ | އެކްސް/ރޭޑިއޯ އިންޑިއާ

އިމާރާތް ވެއްޓުނު އަޑު އިވުނީ "ބިންހެލުމެއް އައިސްގެން އިވޭ ކަހަލަ ގުގުމާލި އަޑެއް" ފަދައިން ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ. އަދި، އިމާރާތުގެ ދަށުން "އަޅުގަނޑުމެން ސަލާމަތްކޮށްދީ، ސަލާމަތްކޮށްދީ!" އޭ ކިޔައި ކުދިން ރޮއި އާދޭސްކުރަމުންދިޔަ ކަމަށް ވެސް އޭނާ ބުނެ އެވެ. "ދަރިވަރުންނާއި އާންމު ރައްޔިތުންގެ ސަލާމަތަށް އިހުމާލުވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމަށް އިންޑިއާގެ ނޭޝަނަލް ސްޓޫޑެންޓްސް ޔޫނިއަނުން ބުނެ އެވެ. "މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން، ފެން ފޭދި އިމާރާތުގެ އޮނިގަނޑު ބަލިކަށިވީތޯ އަޅުގަނޑުމެން މި ދަނީ ބަލަމުން. މަރާމާތުގެ މަސައްކަތްތަކަކީ ވެސް އިމާރާތް ވެއްޓުމަށް މެދުވެރިވި ސަބަބަކަށް ވެދާނެ. ނަމަވެސް، މި ވަގުތު ސީދާ ސަބަބު ދެނެގަތުން ދަތި،" އެ ޔޫނިއަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސަތުޔާ ނިކޭތަންއަކީ ދެއްލީ ޔުނިވާސިޓީގެ ދެކުނު ކެމްޕަހާ ކައިރީގައި ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭ ސަރަހައްދެކެވެ. "ސައުތު ކެމްޕަހުގެ ފަސް ކޮލެޖެއްގެ ހުރިހާ ދަރިވަރުން ދިރިއުޅެނީ ސަތުޔާ ނިކޭތަންގައި. އެ އިމާރާތްތައް ހުރީ ވަރަށް ބޮޑަށް ބާވެ، ވީރާނާވެފައި. އެއްވެސް އިންސްޕެކްޝަނެއް ނުހަދާ. މި ތަނުގައި އެއްވެސް ގަވާއިދެއް ނުވަތަ އުސޫލެއް ނޯވޭ،" އެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރެއް ކަމަށްވާ ޝިވަމް ޔާދަވް ކިޔައިދިނެވެ. އިންޑިއާގެ ކާރިސާތަކާ ބެހޭ އިދާރާއިން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، ފުލުހުން ދަނީ މި މައްސަލަ ރަޖިސްޓްރީކޮށް އިމާރާތުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މަސްދަރު: ބީބީސީ

ނިއު ދިއްލީއެއިމްސް ހޮސްޕިޓަލްދެއްލީ ޔުނިވާސިޓީއިންޑިއާ

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

25 އޯގަސްޓު 2026
އިންޑިއާގައި ހަލުއިކަމާއެކު "ސްވައިން ފްލޫ" ޖެހޭ މީހުންގެ އަދަދު އިތުރުވަނީ
20 އޯގަސްޓު 2026

ދެކުނު ކޮރެއާ އާއި އިންޑިއާ އިން ކަސްޓަމްސްގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

20 އޯގަސްޓު 2026
ދެކުނު ކޮރެއާ އާއި އިންޑިއާ އިން ކަސްޓަމްސްގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ
19 އޯގަސްޓު 2026

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ

19 އޯގަސްޓު 2026
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
14 އޯގަސްޓު 2026

އެއަރ އިންޑިއާއިން ހުރިހާ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަނީ

14 އޯގަސްޓު 2026
އެއަރ އިންޑިއާއިން ހުރިހާ ޕައިލެޓުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަނީ
12 އޯގަސްޓު 2026

އިންޑިއާގައި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ރާމާމަކުނުގެ ސަބަބުން މުބާރާތަށް ހުރަސްއެޅޭތީ "ލަންގޫރު" މަކުނު ގޮވާ އަޑުން ގޮވަން ދަންނަ ތިން މީހަކަށް ވަޒީފާދީފި

12 އޯގަސްޓު 2026
އިންޑިއާގައި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، ރާމާމަކުނުގެ ސަބަބުން މުބާރާތަށް ހުރަސްއެޅޭތީ "ލަންގޫރު" މަކުނު ގޮވާ އަޑުން ގޮވަން ދަންނަ ތިން މީހަކަށް ވަޒީފާދީފި
28 ޖުލައި 2026

މުސްލިމް ލީޑަރަކު ބިނާކުރި އިންޑިއާގެ މަޝްހޫރު ޖައުހަރު ޔުނިވަރސިޓީގެ އިމާރާތްތައް ތަޅާލަން ސަރުކާރުން ތެދުވެއްޖެ!

28 ޖުލައި 2026
މުސްލިމް ލީޑަރަކު ބިނާކުރި އިންޑިއާގެ މަޝްހޫރު ޖައުހަރު ޔުނިވަރސިޓީގެ އިމާރާތްތައް ތަޅާލަން ސަރުކާރުން ތެދުވެއްޖެ!
25 ޖުލައި 2026

ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!

25 ޖުލައި 2026
ހުރިހާ "ކުރަފި" ތައް އެއްވުމުން ދެން ވާނެ ގޮތް އިންޑިއާ އިން ތަމްސީލުވެގެން އެދިޔައީ ހާދަ ފުރިހަމަކޮށްނެވެ!
23 ޖުލައި 2026

އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ

23 ޖުލައި 2026
އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކޮކްރޯޗް ޕާޓީގެ އެކްޓިވިސްޓް ސޯނަމް ސަރގެ ބަރުދަނުން 11 ކިލޯ ލުއިވެއްޖެ
21 ޖުލައި 2026

އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ

21 ޖުލައި 2026
އިންޑިއާގެ ކޮކްރޯޗް ޕާޓީގެ ސަޕޯޓަރުންނާ ދެކޮޅަށް ފުލުހުން ވަރުގަދަ ފިޔަވަޅުތަކެއް އެޅިތާ 24 ގަޑިއިރު ނުވަނީސް އެތައް ހާސް ބަޔަކު އަލުން އެއްވެއްޖެ
09 ޖުލައި 2026

އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ

09 ޖުލައި 2026
އިންޑިއާގެ ކެރެލާ ސްޓޭޓުގެ ވަޔަނާޑްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް