Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް ނޫންތޯ؟: މެންބަރު އައިބީ

13 އޮކްޓޯބަރު 2026 | އަންގާރަ 13:10

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކުގެ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ ރައީސް މުއިއްޒުގެ މުއްސަނދިކަމާ މެދު ސުވާލު އުފައްދަވައިފައި. ދައުލަތުގެ ފައިސާ އާއި މުދަލަކީ ރައްޔިތުންގެ ހައްގަކަށް ވާއިރު، ގާނޫނާ ހިލާފަށް ކަންކަން ކުރާ ފަރާތްތަކުން މިފަދަ ބިލުތަކަށް ބިރުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 13 އޮކްޓޯބަރު 2026 | އަންގާރަ 13:10
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ދީދީ (އައިބީ)

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ދީދީ (އައިބީ) | ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯދައްވާފައިވާ މުއްސަނދިކަމަކީ ނުހައްގުން ހޯދާފައިވާ މުއްސަނދި ކަމެއްކަން ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، (އައިބީ) ވާހަކަދައްކަވައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އައިބީ ވަނީ ނުހައްގު މުއްސަނދި ކަމުން ހޯދާ މުދާ ދައުލަތަށް ނަގަން ޖެހޭ ބިލު ހުށަހަޅަން ބިރު ގަންނަން ޖެހޭނީ ރައީސް މުއިއްޒު ނޫންތޯ ވިދާޅުވެފަ އެވެ. 

Advertisement - newsAdvertisement

އެގޮތުން މެންބަރު އައިބީ ވިދާޅުވީ، މިއަދު މި މުޖުތަމައުގައި ކަންތައްތައް ހިނގާ ގޮތުން ގެއްލެނީ ރައްޔިތުންގެ ފައިސާ ކަމަށެވެ. އަދި ދައުލަތަކީ ވަކި މީހެއްގެ ޕްރޮޕަޓީއެއް ނޫން ކަމަށާއި، ދައުލަތީ ރައްޔިތުންގެ އެއްޗެއް ކަމަށް މެންބަރު އައިބީ ވިދާޅުވި އެވެ. 

މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ގާނޫނުތައް ހެދުމާ ދެކޮޅެއް ނޫންތޯ ހަދަންވީ، އަޅުގަނޑު ވެސް ދެކޮޅު ނޫންތޯ. އެކަމަކު އަޅުގަނޑުމެން މަަސައްކަތް މި ކުރަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި. 
އިބްރާހީމް ދީދީ (އައިބީ)

މެންބަރު އައިބީ ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި މިހާތަނަށް ދިވެހިރާއްޖޭގައި ކަންތައްތައް ދިޔަ ގޮތަކީ ކޮންމެ ވެރިކަމެއްގައި ވެސް ދައުލަތް ބަނގުރޫޓު ކޮށްލައިގެން ކަމަށް ނަމަވެސް އެއިން އެއްވެސް މުދަލެއް އަތުވާ ގޮތް ނުވާ ކަމަށެވެ. 

މީގެ އިތުރުން، މިފަދަ ގާނޫނުތައް ހަދަނީ ބިރު ދައްކަން ކަމަށާއި، ބިރެއް ނެތް ނަމަ ހިތުހުރި ގޮތަކަށް އުޅެންވީ ކަމަށް މެންބަރު އައިބީ ވިދާޅުވި އެވެ. އަދި ގާނޫނާ ހިލާފު ނުވާ ފަރާތްތަކަށް ބިރެއް ނެތް ކަމަށް ވެސް މެންބަރު އައިބީ ވިދާޅުވި އެވެ.  

މެންބަރު އައިބީ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒުއަށް މިފަދަ ތުހުމަތެއް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވަނީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިން ކުރައްވާފަ އެވެ. އެގޮތުން ގާސިމް ވަނީ ރައީސް މުއިއްޒުގެ ގެކޮޅަކީ ސިނަމާލެ ބްރިޖް އެޅުމުގެ ތެރޭގައި ހޯދާފައިވާ ފައިސާއިން އަޅާފައިވާ ގެޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބްރިޖްގެ ކުރެހުމުގައި އޮތް އެއް ލޭން މަދުވުމުގެ ސަބަބުން ރައްޔިތުން ވެސް އަންނަނީ މި ތުހުމަތު ރައީސް މުއިއްޒުއަށް ކުރައްވަމުންނެވެ.  

އިބްރާހިމް ދީދީ20 ވަނަ ރައްޔިތުންގެ މަޖިލީސްޖިނާއީ އިޖުރާއާތުގެ ޤާނޫނު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކޮށްލީ ފަޅި ސިކުންތެއް ތެރޭގައި، އެކަން ކުރެއްވި މެންބަރުން ޖިނާއި އިޖުރާތާއި ޝަރުއީ ނިޒާމޭ ކިޔާ "އަނގަފުޅާ" ކުރަން ލަދުގަންނަން ޖެހޭ: އައްބާސް

ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހިނދެއްގައި ހެކި ހާމަނުކުރުމާއި، ތަހުގީގުގެ އިދާރީ ލިޔެކިޔުންތައް ދޭން ނުޖެހޭގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަނެ ކޮމިޓީއަށް!

ނުހައްޤު މުއްސަނދިކަމާބެހޭ ބިލަކީ ރިޔާސީ އިންތިޚާބާ ދިމާކޮށް، މަޖިލިސް މެންބަރުންނާއި ވިޔަފާރިވެރިންނަށް ބިރު ދައްކައި، ބްލެކްމެއިލް ކުރުމަށް ސަރުކާރުން ރާވައިގެން ހުށަހަޅާފައިވާ ބިލެއް: މީކާއީލް

12 އޮކްޓޯބަރު 2026

ރައީސަށް އަމާޒުކޮށް އަބުރު ކަތިލާއިރު މުއައްސަސާތައް ހިމޭނުން އޮންނާތީ މެންބަރު ޝަރީފްގެ ފާޑުކިޔުން!

12 އޮކްޓޯބަރު 2026
ރައީސަށް އަމާޒުކޮށް އަބުރު ކަތިލާއިރު މުއައްސަސާތައް ހިމޭނުން އޮންނާތީ މެންބަރު ޝަރީފްގެ ފާޑުކިޔުން!
12 އޮކްޓޯބަރު 2026

ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު

12 އޮކްޓޯބަރު 2026
ލޭބަރުންގެ ކަންކަން ހަމަޔަކަށް ނޭޅުވިގެން އުޅޭއިރު، ބޭރު މީހުން ވަޒަންވެރި ކުރުވުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: މެންބަރު ޒިޔާދު
12 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދަލުގެ ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް

12 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދަލުގެ ބިލު ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް
06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި
06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް
06 އޮކްޓޯބަރު 2026

މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

06 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް