ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް
6 އޮކްޓޯބަރު 2026 | އަންގާރަ 07:38ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލަކީ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮވެގެން ހުށަހެޅި ބިލެއް ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ލޯމައްޗަށް ހަގީގަތް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތުމުން، މިފަދަ ގާނޫނުތަކުގެ އަސްލު މަގުސަދު ހާސިލުނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަނީ | ރައްޔިތުންގެ މަޖިލިސް
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއް ގޮތުގައި ބާއްވަން ވެގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލަކީ މުހިއްމު ބިލެއް ކަމުގައި ވީނަމަވެސް މިކަން ކުރުމުގައި މިސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް ކަމަށެވެ. އަދި މިފަދަ ކިތަންމެ ބިލުތަކެއް މަޖިލީހަށް އައިސް ގޮސްފައިވާއިރު، އެއްވެސް ނަތިޖާއެއް ނުފެންނަ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
20 ވަނަ މަޖިލީހުގެ ކުރީކޮޅު ފާސްކުރި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ނުހައްގު މުއްސަނދިކަން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން ހޯދޭ މުއްސަނދިކަން އަތުލައިގަނެވޭ ގޮތަށް ގާނޫނުތަކެއް ފާސްކޮށްފައިވާކަން ފާހަގަކުރައްވާ މެންބަރު މައުރޫފް ވިދާޅުވީ، މިހުރިހާ ގާނޫނުތަކެއް ފާސްކޮށްފައި ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ރައީސް ނެންގެވީމަ، މި ގާނޫނުތަކުގެ ބޭނުންތައް ކެނޑިގެންދާ ކަމަށެވެ.
މި ބިލުގެ 74 ވަނަ މާއްދާގައި ކުށެއް ސާބިތު ނުވާ ހާލަތްތަކުގައި ވެސް، ސާބިތު ނުވި ނަމަވެސް މުދާ ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
އެގޮތަށް އެ މާއްދާތައް ބަޔާންކޮށްފައި ބަހައްޓާފައި މުޅި ދައުލަތުގެ ހުރިހާ ކޮންޓްރޯލްއެއް އެއްބޭފުޅެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އަތްމަތީގައި ބާއްވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން ކަމުގައި ވިޔަސް ވެސް، ފަނޑިޔާރުގެ ވިޔަސް ވެސް، ރައްޔިތުންގެ މަޖިލިސް ވިޔަސް ވެސް، މިހުރިހާ ތަނެއްގެ ކޮންޓްރޯލް ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ވެސް ރައީސުލްޖުމްހޫރިއްޔާ އަތްމަތީގައި ބާއްވައިގެން ދެން އަޅުގަނޑުމެން ގޮސް ނުހައްގު މުއްސަނދިކަމުގެ ވާހަކަދެއްކީމަ އަޅުގަނޑުމެންނަކަށް މީގެ ހަގީގީ މަގުސަދެއް ހާސިލެއް ނުވޭމައުރޫފް ޒާކިރު
ކަމެއް ކުރާގައި ވާނަމަ ކުރަން ވާނީ ހެޔޮ ނިޔަތުގައި ކަމަށާއި މި ބިލަކީ ރައްޔިތުންގެ ލޯމައްޗަށް ހަގީގަތް އޮޅުވާލަން ވެގެން ހުށަހަޅާފައިވާ ބިލެއް ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
މިއަދު މިބިލު އަޅުގަނޑުމެން ގެނެސްގެން މިއުޅެނީ ފުށިދިއްގަރު ވިއްކާލައިގެން ނަގާން އުޅޭ ކަޓު އެއީ ސިއްރެއް ގޮތުގައި ބާއްވަން ވެގެން، އެކަން ނުކުރާނެ ކަން ދައްކަން ވެގެން، އެކަން ކޮށްފިއްޔާ ތިމަންނާވެސް ބެދޭނެކަން ދައްކާން ވެގެން، ރައްޔިތުންގެ ލޯ މައްޗަށް އޮޅުވާލުމަށްޓަކައި ހުށަހެޅި ބަހުސް ކުރެވުމުންދާ ބިލްތައް މިއީމައުރޫފް ޒާކިރު
ކުށް ކޮށްގެން ހޯދާ މުދަލާއި ގުޅޭ ބިލަކީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހަޅުއްވާފައިވާ ބިލެކެވެ.











