Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި

6 އޮކްޓޯބަރު 2026 | އަންގާރަ 08:16

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލަކީ ސިޔާސީ ބޭނުމަށް ބިރުދެއްކުމަށް ބޭނުންކުރާނެ އެއްޗެއްގެ ގޮތުގައި ސިފަކުރައްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި. ރާއްޖޭގައި ގާނޫނުތައް އެންމެންގެ މައްޗަށް ހަމަހަމަކޮށް ނުހިނގާކަން ފާހަގަކުރައްވައި، ސިޔާސީ މަންފާއަށް ވަޒީފާ ބެހުމާއި ދައުލަތުގެ ފައިސާ އިސްރާފުކުރުން ހުއްޓުވުމަށް އޭނާ ގޮވާލެއްވި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 6 އޮކްޓޯބަރު 2026 | އަންގާރަ 08:16
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު  ޑރ. އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު | ރައްޔިތުންގެ މަޖިލިސް

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ފާސްވެގެން އަންނައިރު، ޖިނާއީ އިޖުރާތުގެ ގާނޫނުގެ 192 ވަނަ މާއްދާއިން ފެށިގެން 197 ވަނަ މާއްދާ އުވާލުމުން އެދޭތެރެއިން ގާނޫނީ ހުސްކަމެއް އައުމުގެ ފުރުސަތު އޮތުމުގެ ސަބަބަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން މެންބަރު ޝަމްހީދު ވިދާޅުވީ، މިފަދަ "ކޮމްޕްލިކޭޓެޑް" ގާނޫނުތައް ގެނައި ނަމަވެސް މި ބޭނުން ކުރާނީ ސިޔާސީ ބޭނުމަށް ކަމަށެވެ. އަދި މިއަދާއި ހަމައަށް މިފަދަ ގާނޫނުތައް ބޭނުންކޮށްގެން ބިރު ދެއްކުން ނޫން ކަމެއް ކޮށްފައި ނެތް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މެންބަރު ޝަމްހީދު ވަނީ މިފަދަ ގާނޫނުތައް މަޖިލީހަށް ގެނެސްގެން ރައްޔިތުންގެ ފައިސާއާ މެދު ކަންބޮޑުވެގެން އެ ވާހަކަ ދެއްކުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ އެންމެ ބޮޑަށް އިސްރާފު މިކުރަނީ ބޭކާރު ވަޒީފާތައް އުފައްދައިގެން ކަމަށާއި، އަމިއްލަ ޕާޓީ ކުރި އެރުވުމަށް ވާޒީފަތައް ބެހުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

އަމިއްލަ ޕާޓީ މީހުންނަށް އެއްވެސް މަސައްކަތެއްނުކޮށް ތިމާގެ އަމިއްލަ ޖާހަތާއި އަމިއްލަ ކުރިއެރުމަށް ރައްޔިތުންގެ ފައިސާ ބޭނުންކުރުން ކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވަނީ، އެއީ ކުށަކަށް ނުވެ ފިހާރައެއްގައި ހުރި އެއްޗެއް ވަގަށް ނަގައިގެން ކުށްވެރިއަކަށް ވާނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ.

ހަމައެއާއެކު، ދިވެހިރާއްޖޭގެ ގާނޫނު ހުރިހާ ރައްޔިތުންގެ މެދުގައި އެއްހަމައެއްގައި ނުހިނގާ ކަމަށް މެންބަރު ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

އަބަދުވެސް ކިޔާ ވާހަކައެއް ރިހާކުރުފުޅި ވަގަށް ނަގާ މީހާއަށް ޖަލު ހުކުމް. އެއީ ހަމަ ހަގީގަތެއް، މި ރާއްޖޭގައި ގާނޫނެއް އެއްހަމައެއްގައި އެންމެންގެ މައްޗަށް ނުހިނގާ. އެ ނުހިނގާހާ ހިނދެއްގައި މިކަހަލަ ކިތަންމެ ގާނޫނެއް އަޅުގަނޑުމެން މަޖިލީހަށް ގެނެސް ބަހުސް ކުރިއަސް އެޔަކުން ވާނެ ފައިދާއެއް ނެތް 
ޑރ. އަހްމަދު ޝަމްހީދު

މީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ އެއްވެސް ރައްޔިތަކު އިތުބާރު ކުރާ މުއައްސަސާއެއް ނޫން ކަމަށާއި، މިހާތަނަށް އޭސީސީއަށް ކުރެވުނުހާ ވެސް ކަމަކީ އަވަސްއަރުވާލާފައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ ކުށެެއްގެ ތަހުގީގު ކުރުމަށް އަންގައި، އޭގެ ސަބަބުން އެ ބޭފުޅުންގެ ފަނޑިޔާރުކަން ގެއްލިގެން ދިޔުންކަން ޝަމްހީދު ފާހަގަކުރެއްވި އެވެ. 

ޑރ. އަހްމަދު ޝަމްހީދު20 ވަނަ ރައްޔިތުންގެ މަޖިލީސްކުށް ކޮށްގެން ހޯދާ މުދާ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް

06 އޮކްޓޯބަރު 2026
ކުށް ކޮށްގެން ހޯދާ މުދަލުގެ ބިލު ގެނެސްގެން އުޅެނީ ރަސްމާލެ ވިއްކާލައިގެން ލިބުނު ކަޓު ސިއްރެއްގެ ގޮތުގައި ބާއްވަންވެގެން: މެންބަރު މައުރޫފް
06 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން!

06 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ޤާނޫނެއް ހަދާއިރު، ކުށް ސާބިތުނުވިޔަސް މުދާ ނެގޭގޮތަށް އޮންނާތީ މެންބަރު ޒިޔާދުގެ ކަންބޮޑުވުން!
06 އޮކްޓޯބަރު 2026

މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

06 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
01 އޮކްޓޯބަރު 2026

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ

01 އޮކްޓޯބަރު 2026
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށަނީ
30 ސެޕްޓެމްބަރު 2026

މި ސަރުކާރުން 24 ގަޑިއިރުތެރޭގައި ގާނޫނުތައް ބަދަލުކޮށް ސިޔާސަތު އެބަ ބަދަލުކުރޭ، މިކަން ކުރާނަމަ މި ގައުމު ދެމިނޯންނާނެ: އަމީތު

30 ސެޕްޓެމްބަރު 2026
މި ސަރުކާރުން 24 ގަޑިއިރުތެރޭގައި ގާނޫނުތައް ބަދަލުކޮށް ސިޔާސަތު އެބަ ބަދަލުކުރޭ، މިކަން ކުރާނަމަ މި ގައުމު ދެމިނޯންނާނެ: އަމީތު
29 ސެޕްޓެމްބަރު 2026

މާލީ ބަޔާން: ދަތުރުފަތުރު ކޮށްލައި، ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކާލުމަށް ހަދިޔާގެ ގޮތުގައި އަބްދުއްރަހީމަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ!

29 ސެޕްޓެމްބަރު 2026
މާލީ ބަޔާން: ދަތުރުފަތުރު ކޮށްލައި، ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކާލުމަށް ހަދިޔާގެ ގޮތުގައި އަބްދުއްރަހީމަށް އެއްލައްކައަށްވުރެ ގިނަ ރުފިޔާ!
29 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ކޮއްކޯފުޅު، ސައުދާގެ އެކައުންޓަށް ޖަމާކުރި 2.4 މިލިއަން ރުފިޔާއަކީ ލޯނެއްކަމަށް ބުނާއިރު، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނެތް!

29 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ކޮއްކޯފުޅު، ސައުދާގެ އެކައުންޓަށް ޖަމާކުރި 2.4 މިލިއަން ރުފިޔާއަކީ ލޯނެއްކަމަށް ބުނާއިރު، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތެއް ވެސް ނެތް!
23 ސެޕްޓެމްބަރު 2026

ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ "ރަސްމާލެ"، އެތަން ކުއްޔަށް ދިނުމާ ދެކޮޅުހަދަން ޖެހޭ: ޝަމްހީދު

23 ސެޕްޓެމްބަރު 2026
ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ "ރަސްމާލެ"، އެތަން ކުއްޔަށް ދިނުމާ ދެކޮޅުހަދަން ޖެހޭ: ޝަމްހީދު
23 ސެޕްޓެމްބަރު 2026

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު

23 ސެޕްޓެމްބަރު 2026
މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް