Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ރަސްމާލެ މަޝްރޫއު ހުއްޓުވަން މެންބަރު މީކާއީލް ގޮވާލައްވައިފި

7 އޮކްޓޯބަރު 2026 | ބުދަ 11:47

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމީ ސަލާމަތާއި އިޖުތިމާއީ ދާއިރާއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް މެންބަރު މީކާއީލް ވިދާޅުވި. މި އެއްބަސްވުމުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ނޭދެވޭ އަސަރުކުރާނެތީ، ސިޔާސީ ފިކުރު އެއްފަރާތްކޮށް މި މަޝްރޫއު ހުއްޓުވުމަށް އޭނާ ވަނީ ގޮވާލައްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2026 | ބުދަ 11:47
ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވާހަކަ ދައްކަވަނީ

ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ރަސްމާލޭގެ ބޮޑު ސަރަހައްދެއް 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދިނުމުގެ މައްސަލައިގައި ސިޔާސީ ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެ މަޝްރޫއު ހުއްޓުވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގޮވާލައްވައިފި އެވެ.

ދިވެހީންގެ ބިން ދިވެހީންނަށް ޚާއްސަ ކަވަރޭޖްގައި މެންބަރު މީކާއީލް ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ އެ އެއްބަސްވުމުގައި ވަރަށް ބޮޑެތި ސިއްރުތަކެއް އެކުލެވިގެންވާކަން ދުވަހެއް ދުވަހަކަށް ހާމަވަމުންދާ ކަމަށެވެ. އަދި މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި ޕީއެންސީގެ މެންބަރުން ދައްކަވަމުން ގެންދެވި ވާހަކަތަކަކީ އެއްވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފަތުރުވެރިކަމަށް ރިސޯޓެއް ދޫކުރުމާއި މިފަދަ ބޮޑު ބިމެއް ދިގު މުއްދަތަކަށް ދިނުމާ ދެމެދު ބޮޑު ތަފާތެއް އޮތްކަން ފާހަގަކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ، މިއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައެއް ކަމަށެވެ. ރާއްޖޭގެ ގާނޫނާއި ބާރު ނުހިނގާ ގޮތަށް، ރާއްޖޭގެ މެދުގައި އޮތް ބިމަކުން 500 އަށް ވުރެ ގިނަ ހެކްޓަރުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުމުން އިޖުތިމާއީ ގޮތުންނާއި ގައުމީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ މިއީ ވަކި ސިޔާސީ ފިކުރެއް އިސްކުރަންވީ މައްސަލައެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވަކި ޕާޓީއަކަށް ނުވަތަ ސަރުކާރަށް ތާއީދުކުރާ ނުވަތަ ދެކޮޅު މީހުންނަށް އެކަނި ނޫން ކަމަށެވެ. މީގެ ނޭދެވޭ އަސަރު މުޅި ދިވެހި ރައްޔިތުންނަށާއި ކުރިއަށް އޮތް އެތައް ޖީލަކަށް ކުރާނެ ކަމަށް ވެސް މެންބަރު މީކާއީލް ވިދާޅުވި އެވެ. 

ބައެއް ބޭފުޅުން ވިދާޅުވި ކޮބާހޭ މައްސަލައަކީ. ރިސޯޓުތައް ވެސް ދެނީނުންހޭ. އަޅުގަނޑު ހަމަ ހިތަށް އަރާ އެބޭފުޅުންނަށް ފަހުމްވެވަޑައިގެންބާއޭ ރިސޯޓެއް ލީޒް ކުރުމާ އެނގޭތޯ. މި ރަށެއް ރިސޯޓަކަށް ލީޒްކުރުމާ މިއާ އޮތް ތަފާތު. އިޖުތިމާއީ ގޮތުން އެނގޭތޯ. މީގެ އަހަރުތަކެއް ފަހުން ދިވެހިރާއްޖެއަށް ވެގެންދާނެ ގޮތް އަޅުގަނޑުމެންގެ ކޮންޓްރޯލް ނެތް އެނގޭތޯ. ދިވެހިރާއްޖޭގެ ގާނޫނު ނުހިނގާ، ދިވެހިރާއްޖޭގެ ބާރު ނުހިނގާ 500 އެތައް ހެކްޓަރެއް އަޅުގަނޑުމެންގެ މި ރާއްޖޭގެ މެދުގައި އިނގޭތޯ. އޮތީމާ ދިވެހިރާއްޖެއަށް އަންނާނެ ބަދަލު. އެއާ މެދު ހަމަ ފިކުރުކޮށް ހަގީގަތުގައި އަޅުގަނޑު ހަމަ އެ ދެން އިނގޭތޯ މިއީ ސިޔާސީ ފިކުރު އިސްކުރަންވީ ކަމެއް ނޫން އެނގޭތޯ. 
މީކާއީލް އަހުމަދު ނަސީމް

މި މަޝްރޫއުގައި ހުރި ސިއްރު މައުލޫމާތުތައް ހާމަކުރުމަށާއި މި މަޝްރޫއު ހުއްޓުވުމަށްޓަކައި، ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށްލައި، ހެޔޮ ވިސްނުމާއި ނިޔަތުގައި ހުރިހާ އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރުމަށް މެންބަރު މީކާއީލް ވަނީ ގޮވާލައްވާފަ އެވެ. 

ރަސްމާލެ މީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

5

މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2026

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް

07 އޮކްޓޯބަރު 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ ބްލެކްމެއިލް ބިލެއް، މިއަށް ވުރެ ހެއްވާ ބިލެއް މަޖިލީހަކަށް ނާދޭ: މީކާއިލް
06 އޮކްޓޯބަރު 2026

މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް

06 އޮކްޓޯބަރު 2026
މިސަރުކާރުގައި ބައެއް ގެތަކަށް ރެއިޑް ޖަހާ މިލިއަނުން ހޯދި ފައިސާ ވަނީ އަނބުރާ ދީފައި، މިހާރު އެބޭފުޅުން ތިއްބެވީ ޕީއެންސީ ކެމްޕެއިންގެ އެންމެ ކުރީ ސަފުގައި: މެންބަރު މީކާއިލް
05 އޮކްޓޯބަރު 2026

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން

05 އޮކްޓޯބަރު 2026
"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން
05 އޮކްޓޯބަރު 2026

މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު

05 އޮކްޓޯބަރު 2026
މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު
05 އޮކްޓޯބަރު 2026

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް

05 އޮކްޓޯބަރު 2026
އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް
05 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!

05 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!
04 އޮކްޓޯބަރު 2026

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

04 އޮކްޓޯބަރު 2026
ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

04 އޮކްޓޯބަރު 2026
ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު
03 އޮކްޓޯބަރު 2026

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

03 އޮކްޓޯބަރު 2026
ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް