Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު20 ވަނަ ރައްޔިތުންގެ މަޖިލިސް

މެންބަރުންނަކީ "ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި ބައެއް" ކަމަށް އެ ވިދާޅުވީ ކޮރަޕްޝަން އިންތިހާއަށް ބޮޑުވީމަތަ؟

9 އޮކްޓޯބަރު 2026 | ހުކުރު 11:11

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި" ބައެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ވިދާޅުވުމުން، އެއީ ރައްޔިތުންގެ ބުއްދިއަށް ކުރި މަލާމާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން. ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަމުގެ ތުހުމަތުތައް އޮތް މާހައުލެއްގައި މިފަދަ ވާހަކަތައް ދެއްކެވުމަކީ މަޖިލީހުގެ އިތުބާރު ކުޑަވެ، ރައްޔިތުންގެ ނުރުހުން އިތުރުވާނެ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޮކްޓޯބަރު 2026 | ހުކުރު 11:11
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މަތީ ބާރުތަކުގެ ތެރެއިން ރައްޔިތުންގެ އަޑު އިއްވައި، ސަރުކާރު ޒިންމާދާރުކުރުވުމުގެ މައި ތަނބެވެ. ނަމަވެސް ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެންނަ މަންޒަރުތަކާއި، މެންބަރުން ދައްކަވާ ވާހަކަތަކުގެ ސަބަބުން މި މުހިންމު މުއައްސަސާއާ މެދު އާންމުންގެ މެދުގައި އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. ޚާއްސަކޮށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުން ތަޅުމުގައި ދައްކަވާ ހަގީގަތާ ޚިލާފު، އަދި ހަމަބުއްދިއަށް ގަބޫލުކުރަން ދަތި ވާހަކަތަކުގެ ސަބަބުން، މެންބަރުން އެ އުޅުއްވަނީ ރައްޔިތުންނަށް ޖޯކު ޖައްސަވަންތޯ ގިނަ ބަޔަކު ސުވާލު ވެސް އުފައްދަ އެވެ. 

މަޖިލީހުގެ ތާރީޚަށް ބަލާއިރު ވެސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައިގެން އަމިއްލަ ޖީބު ފުރާލުމާއި، ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތުތަކުން ސަލާމަތްވެފައިވާ ބައެއް ނޫން ކަމަށް އާންމު ރައްޔިތުން ދެކެއެއް ނުންތޯ އެވެ. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ރުހުން ދީ، ގާނޫނުތައް ބަދަލުކޮށް، ދައުލަތް ޒިންމާދާރުކުރުވުމުގެ ބަދަލުގައި ވެރިކަން ދިފާއުކުރުމުގައި މެންބަރުން ތިއްބަވާ މަންޒަރު ފެނުމުން އާންމުން މަޖިލިސް ސިފަކުރަނީ "ބަކަރި ކޮއްޓެއް" ފަދަ، އެއްވެސް އަގުހުރި ބަހުސެއް ނުހިނގާ ތަނެއްގެ ގޮތުގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މަގާމަށް ވަޑައިގަތްއިރު އާދައިގެ ދިރިއުޅުމެއް އުޅުއްވި ބައެއް ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންތިހާއަށް މުއްސަނދިވެގެންދާއިރު، އެ ފައިސާ އައީ ކޮންތާކުންތޯ ބެލޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ރައްޔިތުންގެ ނުރުހުން އިންތިހާއަށް އިތުރުވާ މައިގަނޑު ސަބަބުކަމާ މެދު ޝައްކަތްނެތެވެ. 

މިފަދަ ހާލަތެއްގައި ރައްޔިތުން ތިއްބާ، މިދިޔަ އޮކްޓޫބަރު 7 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ދެއްކެވި ވާހަކައަކީ އާންމުންގެ މެދުގައި ބޮޑު ސިހުމަކާއި ޖޯކަކަށް ވެގެންދިޔަ ވާހަކައެކެވެ. މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި މެންބަރުންނަކީ އެއްވެސް ވަރަކަށް ޚިޔާނާތްތެރިވާނެ ބައެއް ނޫން ކަމަށާއި، މަޖިލީހުގައި މި ތިއްބެވީ "ސާފު ޒަމްޒަމް ވަޅު ފެނުން ފެންވަރައިގެން އައިސް ތިބި" ބައެއް ކަމަށް ވިދާޅުވެ އޭނާ ވަނީ މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ކިލަނބުކަމެއް ނެތް މާތް ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ދައުލަތުގެ އެންމެ ފައިސާ ފޮއްޗަކަށް ޚިޔާނާތްތެރިވިޔަސް މި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، އެންމެން ތިބީ އަތުކުރި އޮޅާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ކަންކަން އޮތީ މިހެން ނޫންކަން ގިނަ ރައްޔިތުން ގަބޫލުކުރެ އެވެ. 

ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން އިންތިހާއަށް އަށަގެންފައިވާ މާހައުލެއްގައި، މަޖިލީހުގެ މެންބަރުންނަކީ އެއްވެސް ކުށެއް ނެތް މައުސޫމު ބައެއްގެ ގޮތުގައި ސިފަކުރުމަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ވިސްނުމާއި ބުއްދިއަށް ކުރި ވަރަށް ބޮޑު މަލާމާތެކެވެ. މެންބަރު އަބްދުލްލަތީފް އެ ވިދާޅުވި ފަދައިން މެންބަރުންނަކީ ހަމަ ހަގީގަތުގައި ވެސް ޒަމްޒަމް ފެނުން ތާހިރުވެގެން ތިބި ބައެއް ކަމަށް ގަބޫލުކުރާނެ އެންމެ ރައްޔިތަކު ވެސް މިއަދު މި ގައުމަކު ނެތޭ ވެސް ބުނުމުގެ ޖާގަ ފެންނަ މަންޒަރުތަކުންނާއި، ދައްކާ ވާހަކަތަކުން ހާމަވޭނުންތޯ އެވެ. އެހެންކަމުން މިއީ ސީދާ ރައްޔިތުން ރުޅިއަރުވައި، ރައްޔިތުންނަށް ޖޯކު ޖެހުމުގެ ނިޔަތުގައި ބުނެފައިވާ ބަސްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

އަދި ސިޔާސީ ބައެއް ބޭފުޅުން ދެކޭގޮތުގައި މެންބަރު އަބްދުއްލަތީފުގެ މި ވާހަކައަކީ މަޖިލިސް ތެރޭގައި ހިނގާ ކޮރަޕްޝަން މާ ބޮޑުވެ، ރައްޔިތުން އެކަންކަން ފާހަގަކުރަމުންދާތީ، އެކަން ފޮރުވުމަށްޓަކައި  ކޮށްލެއްވި ސަމާސާއަކަށް ވެސް ވެދާނެ އެވެ. މާ ބޮޑަށް ދޮގު ހަދައި، ވައްކަން ކުރާ މީހުން އަމިއްލަ ނަފްސު ދިފާއުކުރުމަށްޓަކައި މާ މާތް ބަޔަކަށް ހެދިގެން ދައްކާ ވާހަކަތަކަކީ އަބަދުވެސް މުޖުތަމައުގައި ޖޯކަކަށް ވެފައިވާ ކަންކަމެވެ.

ޕީއެންސީކަރަޕްޝަން އަބްދުލް ލަތީފް މުހައްމަދު

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2026

އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

02 އޮކްޓޯބަރު 2026
އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!
27 ސެޕްޓެމްބަރު 2026

ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި

27 ސެޕްޓެމްބަރު 2026
ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި
26 ސެޕްޓެމްބަރު 2026

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

26 ސެޕްޓެމްބަރު 2026
މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
24 ސެޕްޓެމްބަރު 2026

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026
ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟
21 ސެޕްޓެމްބަރު 2026

ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް

21 ސެޕްޓެމްބަރު 2026
ވަކި ޕާޓީއަކަށް ނުބަލައި ކުށްކުރާ މީހުންނަށް އަދަބު ދޭނަމަ މުއިއްޒު ޕާޓީގެ މަތިފަޑި މިއަދު ފެންނާނީ ޖަލުން: ޑރ. ޖަމީލް
20 ސެޕްޓެމްބަރު 2026

ބިރު ދައްކައިގެން ގަދަބާރުން ޕީއެންސީ އަށް މެންބަރުން ވައްދާ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފި

20 ސެޕްޓެމްބަރު 2026
ބިރު ދައްކައިގެން ގަދަބާރުން ޕީއެންސީ އަށް މެންބަރުން ވައްދާ ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްފި
19 ސެޕްޓެމްބަރު 2026

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

19 ސެޕްޓެމްބަރު 2026
އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟
19 ސެޕްޓެމްބަރު 2026

ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު

19 ސެޕްޓެމްބަރު 2026
ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު
19 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީން އަށް: ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލި!

19 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީން އަށް: ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލި!
19 ސެޕްޓެމްބަރު 2026

ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، އަދުލުވެރިކަން ގާއިމުކުރާނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2026
ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، އަދުލުވެރިކަން ގާއިމުކުރާނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް