Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީން އަށް: ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލި!

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:31

ޝަރުއީ ދާއިރާ މިނިވަންކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ވެރިކަމެއްގައި ފަނޑިޔާރުން ހައްޔަރުކޮށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވި ގޮތަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވި. މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އަދުލުވެރިކަން ގާއިމުކުރުމަށްޓަކައި ކޯޓުތަކުގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:31
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމްކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަލާމްކުރައްވަނީ | ރައީސް އޮފީސް

ޝަރުއީ ދާއިރާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ކުރިއަށްދިޔަ ޕީއެންސީގެ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަދުލުވެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވޭ ކަމެއް ކަމަށާއި އަދުލުވެރިކަމާއެކު ވެރިކަން ކުރާނަމަ، ޝަރުއީ ދާއިރާ އޮންނަން ޖެހޭނީ މިނިވަންކޮށް ކަމަށެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ގޭގައި އަރާމުގައި ނިދާފައި އޮއްވާ ފަނޑިޔާރުން ރަހީނު ކުރުމާއި، ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލުން ފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ތިއްބެވި ދުވަސްވަރުގެ ހަނދާންތައް އައުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އޭރު ކެބިނެޓްގެ ގިނަ ވަޒީރުންގެ އެދިވަޑައިގަތުމާއެކު، އެ ބޭފުޅުންގެ ހާލު ބައްލަވަން ރައީސް މުއިއްޒު ވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން ކުޑަ ގޮޅީގައި ވަރަށް ހާލުގައި ތިއްބެވި މަންޒަރު ދެކިވަޑައިގެންނެވި ކަމަށެވެ. 

އަޅުގަނޑަށް ވަރަށް އުނދަގޫ އިހުސާސެއްވީ. އެއް ބޭފުޅަކީ 30 އަހަރު ގައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއް. ވަރަށް ގިނަ ޚިދުމަތް ކުރައްވާފައި، ނޮވެންބަރު ތިނެއްގެ ހާދިސާގައި ގައުމު ސަލާމަތްކުރެއްވި ވެރިމީހާ
ރައީސް މުއިއްޒު 

ރައީސް މުއިއްޒު ވިދާޅުވީ 17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ޝަރުއީ ދާއިރާ މިނިވަންކުރެއްވި ކަމަށާއި، މިއަދާ ހަމައަށް ވެސް އެ ދާއިރާއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.

ރައީސް މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، މި ހާދިސާތައް ހިނގާދިޔައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެ ދުވަސްވަރު ރައީސް ޔާމީންގެ ވެރިކަމުގެ ކަންކަމާ ހިޔާލުތަފާތުވާ ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައްވާފައިވެ އެވެ. އަދި  މިނިވަން ނޫސްވެރިކަމަށް ވަރަށް ބޮޑަށް ހުރަސްއަޅައި، މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ. މީގެއިތުރުން 1 ފެބްރުއަރީ  2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފަނޑިޔާރުން ހައްޔަރުކުރި އެވެ. އަދި ދިވެހި އަސްކަރިއްޔާއިން ސުޕްރީމް ކޯޓުގެ ތެރެއަށް ޓިނު ނަގައިގެން ވަދެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އޭރު އެ ކޯޓުގައި ހުންނެވި އެންމެ އިސް ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ.

ރައީސް މުއިއްޒު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދެއްކެވިއިރު، އޭރު އެމަނިކުފާނު ހުންނެވީ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި އެސަރުކާރު ދިފާއު ކުރެއްވުމުގަ އެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ޔާމީންގެ އޭރުގެ ޕާޓީ ޕީޕީއެމްގެ ޓިކެޓްގައި، ޔާމީންގެ ފޮޓޯފުޅު ދައްކަވައިގެންނެވެ.

ޕީއެންސީޑރ. މުހައްމަދު މުއިއްޒުއަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު

19 ސެޕްޓެމްބަރު 2026
ޕީއެންސީ އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް: ކުރީގެ ނައިބު ރައީސް ޖަމީލު
19 ސެޕްޓެމްބަރު 2026

ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، އަދުލުވެރިކަން ގާއިމުކުރާނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2026
ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، އަދުލުވެރިކަން ގާއިމުކުރާނަން: ރައީސް މުއިއްޒު
18 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް

18 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަށް ހީފުޅުވަނީ މުޅި މި ގައުމަކީ އެމަނިކުފާނުގެ މިލްކެކޭ، މިވަރަށް ރައްޔިތުން އަޅުވެތިވެ ނިކަމެތިވި ވެރިކަމެއް ނާދޭ: ޑރ. ޖަމީލް
18 ސެޕްޓެމްބަރު 2026

ތާވަލާ އެއްގޮތަށް އާރަށާއި ފުއްގިރި މައްސަލަ އަވަހަށް ނިންމައިދިނުމަށް ރައީސް ޔާމީން ގޮވާލައްވައިފި

18 ސެޕްޓެމްބަރު 2026
ތާވަލާ އެއްގޮތަށް އާރަށާއި ފުއްގިރި މައްސަލަ އަވަހަށް ނިންމައިދިނުމަށް ރައީސް ޔާމީން ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2026

ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ނުލިބޭނެ: ދޮންބިލެތް

18 ސެޕްޓެމްބަރު 2026
ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒުއަށް ނުލިބޭނެ: ދޮންބިލެތް
17 ސެޕްޓެމްބަރު 2026

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

17 ސެޕްޓެމްބަރު 2026
މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
16 ސެޕްޓެމްބަރު 2026

މައްކާއަށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި

16 ސެޕްޓެމްބަރު 2026
މައްކާއަށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް މުއިއްޒު ކުށްވެރިކުރައްވައިފި
16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
15 ސެޕްޓެމްބަރު 2026

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

15 ސެޕްޓެމްބަރު 2026
ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް
15 ސެޕްޓެމްބަރު 2026

އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް

15 ސެޕްޓެމްބަރު 2026
އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް