Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސަރވިސް

ރާއްޖެޓީވީއަށް ވަދެ، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލި މައްސަލައިގެ ހެއްކާއި ގަރީނާ ނެތިގެން ކަމަށް ބުނެ 1 އަހަރާ 9 މަސްފަހުން މައްސަލަ ފައިލްކޮށްފި

27 ސެޕްޓެމްބަރު 2026 | އާދީއްތަ 11:43

ރާއްޖެޓީވީގެ މުވައްޒަފުންނަށް މަރުގެ އިންޒާރުދީ، ސްޓޭޝަނަށް ގެއްލުންދޭން ގޮވާލި މައްސަލަތައް ހެއްކެއް ނެތް ކަމަށް ބުނެ ފުލުހުން ފައިލްކުރުމާ ގުޅިގެން އެ ސްޓޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި. ނޫސްވެރިންނަށް އަމާޒުވާ ނުރައްކާތެރި ހަމަލާތަކާއި އިންޒާރުތަކުގެ މައުލޫމާތު ހިއްސާކުރި ނަމަވެސް، ފުލުހުން އެކަށީގެންވާ ފިޔަވަޅު ނާޅާކަން ރާއްޖެޓީވީން ފާހަގަކުރޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 11:43
މީގެ ކުރިން ވެސް ސިޔާސީ މަގުސަދުތަކުގައި ރާއްޖެޓީވީ އަންދާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، މިހެން ދެވޭ އިންޒާރުގެ މައްސަލަ ރާއްޖެޓީވީން ދަނީ ފުލުހުންނަށް ހުށަހަޅަމުން

މީގެ ކުރިން ވެސް ސިޔާސީ މަގުސަދުތަކުގައި ރާއްޖެޓީވީ އަންދާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، މިހެން ދެވޭ އިންޒާރުގެ މައްސަލަ ރާއްޖެޓީވީން ދަނީ ފުލުހުންނަށް ހުށަހަޅަމުން | ރާއްޖެއެމްވީ ގްރެފިކްސް

ރާއްޖެޓީވީ އަށް ވަދެ، ސްޓޭޝަންގެ މުވައްޒަފުން "ހަވަރަށް ދިނުމަށް" ގޮވާލައި ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލަ، އެކަށީގެންވާ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ އެއް އަހަރާއި ނުވަ މަސް ދުވަސް ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައްސަލަ ފައިލްކޮށްފި އެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު ޖަލްސާގެ ލައިވް ކަވަރޭޖް ރާއްޖެޓީވީން ގެނެސްދެމުން ދަނިކޮށް، "ޕީއެންސީ – ސައިބަރ ޓްރޫޕްސް" ނަމުގައި ހިންގާ ސޯޝަލް މީޑިއާ ގްރޫޕަކުން ވަނީ އިންޒާރުތަކެއް ދީފަ އެވެ. އެރޭގެ 19:36 ހާއިރު "ޒައްރަ" ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖެޓީވީގެ ސްޓޭޝަން ތެރެއަށް ވަދެގަތުމަށާއި، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލައި އިންޒާރު ދީފަ އެވެ. މި މައްސަލަ ރާއްޖެޓީވީން ފުލުހަށް ހުށަހަޅާފައިވަނީ 11 ޑިސެމްބަރ 2024 ގައެވެ. 

Advertisement - newsAdvertisement

ފުލުހުންގެ ފަރާތުން އާދިއްތަ ދުވަހު ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖެޓީވީން ހުށަހެޅި މި މައްސަލަ ތަހުގީގުކުރި ކުރުމުން، ތުހުމަތުކުރެވޭ ކުށް ކޮށްފައިވާ ކަމަށް ބެލެވޭ ހެއްކާއި ގަރީނާ މިހާތަނަށް ލިބިފައި ނުވާތީ މި މައްސަލަ ފުލުހުންގެ ޚިދުމަތުގައި ފައިލްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ވަނީ އެއްވެސް ފިޔަވަޅެއް ނާޅައި ފައިލްކޮށްފަ އެވެ. އެއީ 2025 ސެޕްޓެންބަރު 9 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި "މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، ނޫސްވެރިން ނެރުމާ ގުޅިގެން މަޖިލިސް ދޮށުގައި ކުރި އިހުތިޖާޖުގެ ތެރެއިންނެވެ. އެ ދުވަހު އާމިރު ސަލީމް ވާހަކަދައްކަން ހުރި ފޮޓޯއަކާ އެކު "ރުކްޝާ ރައްޒާޤް" ކިޔާ ފޭސްބުކް އެކައުންޓަކުން ވަނީ "މީނާއަށް އެބަޖެހޭ މަރުގެ އަދަބު ދޭން" ކަމަށް ބުނެ ފާޅުކަން ބޮޑު ގޮތެއްގައި އިންޒާރު ދީފަ އެވެ.

އެ މައްސަލަ 15 ސެޕްޓެމްބަރު 2025 ގައި ފުލުހަށް ހުށަހެޅި  ނަމަވެސް، 11 މަސް ދުވަސް ވީއިރު ވެސް އެއްވެސް ތަފްސީލެއް ނުދީ އޮތުމަށްފަހު، 24 އޮގަސްޓު 2026 ގައި މައްސަލައިގެ ތަހުގީގު އޮފިސަރު(އައިއޯ) ސާޖިދު ވަނީ ފޭސްބުކުން މައުލޫމާތު ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ފައިލްކުރިކަން އާމިރަށް އަންގާފަ އެވެ. އަދި މި މައްސަލަ ފައިލްކުރިކަން އެންގިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް އާމިރު ސަލީމަށް މިފަދަ ނުރައްކާތެރި އިންޒާރެއް ވަނީ ލިބިފަ އެވެ.

އެގޮތުން، 2026 އޮގަސްޓް 25 ވަނަ ދުވަހު އިތުބާރު ހުރި މަސްދަރަކުން ރާއްޖެ ޓީވީ އަށް އެ މައުލޫމާތު ލިބިފައިވަނިކޮށް، ޕަބްލިކް އެކައުންޓެއް ކަމަށްވާ 'އެކްސް' ގައި އާންމުކޮށް މައުލޫމާތު ހާމަކުރާ "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކައުންޓަކުން ވެސް ވަނީ ފޮޓޯއަކާއެކު މިފަދަ ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ، ވެރިކަންކުރާ ޕީއެންސީ އިން ރާއްޖެ ޓީވީގެ އާމިރާއި އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އަށް ހަމަލާ ދިނުމަށް ބަޔަކަށް ފައިސާ ދީފައިވާ ކަމަށެވެ. އަދި މި ހަމަލާ ދޭން އުޅޭ ސީދާ މަގުސަދެއް އަދި ސާފުވެފައި ނުވާ ކަމަށާއި، އެ ދެ މީހުންގެ ފަރާތުން މިފަދަ ކަމެއް މެދުވެރިވާންޖެހޭ ފަދަ ވަކި ވާހަކައެއް ދައްކާފައިވާކަން އެނގެން ނެތް ކަމަށާއި، މި ނުރައްކަލުގެ މައުލޫމާތު މިހާރު ވަނީ އާމިރު އާއި ކުޑޫގެ ސަމާލުކަމަށް ގެނެވިފައި ކަމަށް ބަޔާންކޮށް އެކަން ސަމާލުކަމަށް ގެނެސްފަ އެވެ. މި މައްސަލަ ވެސް ރާއްޖެޓީވީގެ ފަރާތުން ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް މިއަދާ ހަމަ އަށް މި މައްސަލައިގެ އެއްވެސް ތަފްސީލެއް ރާއްޖެޓީވީ އަށް ވެސް އަދި އާމިރު ސަލީމަށް ވެސް ދީފައެއް ނުވެ އެވެ. 

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު ދ. މީދޫގައި ހަރަކާތްތެރިވަމުންދިޔަ ރާއްޖެ ޓީވީގެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅަން ދިއުމުން، އެ މައްސަލަ ބަލައިގަތުމުގެ ބަދަލުގައި ފުލުހުން އެންގީ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި އައުމަށެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ 24 ގަޑިއިރު ޚިދުމަތް ދޭންޖެހޭ މުއައްސަސާއަކަށް ވާއިރު، މިފަދަ ސީރިއަސް މައްސަލަތަކުގައި ފުލުހުންގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން | ރާއްޖެ ޓީވީ

ނޫސްވެރިންނަށާއި ރާއްޖެޓީވީ އަށް އަމާޒުކޮށް ފާޅުގައި ދޭ މިފަދަ ނުރައްކާތެރި އިންޒާރުތައްދޭ އެކައުންޓްތަކުގެ ސްކްރީންޝޮޓްތަކާއެކު މައްސަލަ ސީރިއަސްކޮށް ބަލައިދިނުމަށާއި، ތަހުގީގު ނިމެންދެން ސްޓޭޝަނަށާއި މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް އެދިފައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި ނުބަލައި، ފުލުހުންގެ ފަރާތުން ފައިލްކުރަމުންދާތީ ރާއްޖެޓީވީން ވަނީ އެކަމާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން | ރާއްޖެ ޓީވީ

މީގެ ކުރިން ވެސް ސިޔާސީ މަގުސަދުތަކުގައި ރާއްޖެޓީވީ އަންދާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހެން ދެވޭ އިންޒާރުގެ މައްސަލަ ރާއްޖެޓީވީން ދަނީ ފުލުހުންނަށް ހުށަހަޅަމުންނެވެ. 

ރާއްޖެ ޓީވީޕީއެންސީއާމިރު ސަލީމްމުހައްމަދު އިބްރާހީމްމީޑިއާ ކޮންޓްރޯލް ބިލުދިވެހި ފުލުހުންގެ ޚިދުމަތް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާ ކަމެއް، އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

27 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުން ފައިމަގުގައި ހުޅުލެއަށާއި ހުޅުމާލެއަށް ދިޔުމަކީ މަނާ ކަމެއް، އެގޮތަށް އަމަލުކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
26 ސެޕްޓެމްބަރު 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި

26 ސެޕްޓެމްބަރު 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ދެއްވަދޫއިން މީހަކު ހައްޔަރުކޮށްފި
26 ސެޕްޓެމްބަރު 2026

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

26 ސެޕްޓެމްބަރު 2026
މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
26 ސެޕްޓެމްބަރު 2026

ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ދަނީ ހަލާކުވަމުން: ކައުންސިލް

26 ސެޕްޓެމްބަރު 2026
ގޮއިދޫގައި އަޅަން ފެށި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހުއްޓި، އެ މަޝްރޫއަށް ގެނެސްފައިވާ ސާމާނުތައް ދަނީ ހަލާކުވަމުން: ކައުންސިލް
26 ސެޕްޓެމްބަރު 2026

މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި

26 ސެޕްޓެމްބަރު 2026
 މެޑަމް ސާޖިދާގެ އާއިލާގެ ބޭފުޅަކު ރާއްޖެޓީވީގެ މުވައްޒަފުންނަށް ހަމަލާދޭން އުޅުނު މައްސަލަ ހުށަހަޅަން ދިއުމުން ފުލުހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލައިފި
25 ސެޕްޓެމްބަރު 2026

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

25 ސެޕްޓެމްބަރު 2026
މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި
24 ސެޕްޓެމްބަރު 2026

ސްކޭމްގެ މައްސަލަތައް: ގެއްލުނު 15 މިލިއަން ރުފިޔާގެ ތެރެއިން 6.6 މިލިއަން ރުފިޔާ ފުލުހުން އަނބުރާ ހޯދައިފި

24 ސެޕްޓެމްބަރު 2026
ސްކޭމްގެ މައްސަލަތައް: ގެއްލުނު 15 މިލިއަން ރުފިޔާގެ ތެރެއިން 6.6 މިލިއަން ރުފިޔާ ފުލުހުން އަނބުރާ ހޯދައިފި
24 ސެޕްޓެމްބަރު 2026

ތިން މިނިސްޓްރީގައި އަލިފާން ރޯވުމުގެ ކުރިން ވެސް ކަރަންޓުގެ މައްސަލަ އުޅޭކަން އެނގޭ: ފުލުހުން

24 ސެޕްޓެމްބަރު 2026
ތިން މިނިސްޓްރީގައި އަލިފާން ރޯވުމުގެ ކުރިން ވެސް ކަރަންޓުގެ މައްސަލަ އުޅޭކަން އެނގޭ: ފުލުހުން
22 ސެޕްޓެމްބަރު 2026

ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

22 ސެޕްޓެމްބަރު 2026
ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
22 ސެޕްޓެމްބަރު 2026

ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ސެޒެއިރު ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި

22 ސެޕްޓެމްބަރު 2026
ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗަށް ސެޒެއިރު ހަމަލާ ދިން މައްސަލަ ފުލުހުން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް