Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަސްމާލެ

އީގަލް ހިލްސް އިން 5000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއް!

2 އޮކްޓޯބަރު 2026 | ހުކުރު 13:00

ޔޫއޭއީގެ އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5,000 ހައުސިންގ ޔުނިޓަކީ ހިލޭ ލިބޭ އެއްޗެއްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް، މިއީ ރަސްމާލޭގެ ތަރައްގީން ދައުލަތަށް ލިބެން އޮތް 10 އިންސައްތަ އާމްދަނީ ދޫކޮށްލައިގެން ހިންގާ ބާޓަރ މުއާމަލާތެއް. މި މަޝްރޫއަށް ބަޖެޓުން ސީދާ ޚަރަދެއް ނުކުރި ކަމުގައި ވިޔަސް، މީގެ ބަދަލެއްގެ ގޮތުން ރާއްޖޭގެ އަގުބޮޑު ބިންތައް އަޕް ފްރަންޓްކޮށް އެއްވެސް އެއްޗެއް ނުލިބޭ ގޮތައް 99 އަހަރަށް އެ ކުންފުންޏަށް ދޫކޮށްލަން ވަނީ ނިންމާފައި

ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2026 | ހުކުރު 13:00
ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން | ރާއްޖެއެމްވީ ގްރެފިކްސް

ސިއްރު ޑީލެއްގެ ދަށުން ޔޫއޭއީގެ އީގަލްސް ހިލްސް އަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރަސްމާލެއިން ހިލޭ ދިން 500 ހެކްޓަރުގެ މާ ސިންގާ ބިމުގެ މައްސަލަ ހޫނުވުމުން އެ މަޝްރޫއު ޖަސްޓިފައި ކުރުމުގެ ގޮތުން، ސަރުކާރުން ވަނީ، އެ ކުންފުނިން މުޅިން ހިލޭ 5،000 ހައުސިންގ ޔުނިޓް އަޅައިދޭ ކަމަށް ބުނެފަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރު ޕްރޮމޯޓް ކުރާ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ގެންދަނީ އެ ވާހަކަތައް އެ ގޮތަށް ފަތުރަމުންނެވެ. އެހެން ކަމުން މިކަމުގެ ހަގީގަތް ސާފުކުރުމުގެ ގޮތުން ކަން އޮތް ގޮތް ބަލާލުން މުހިންމު ކަމެއް ކަމުގައި ފެނެ އެވެ.

5,000 ހައުސިންގ ޔުނިޓް ހިލޭ އަޅައިދޭ ކަމުގެ ހަގީގަތް

ސަރުކާރުން ކުރިން ދެއްކި ވާހަކަތަކުން މިއީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުގޮސް ހިލޭ ލިބޭ އެއްޗެއްގެ ގޮތުގައި ސިފަވި ނަމަވެސް، ފަހުން ހާމަވި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ މުޅިން ހިލޭ ލިބޭ އެއްޗެއް ނޫނެވެ. މީގެ އަސްލު ހަގީގަތަކީ:

ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލް

ހުޅުމާލޭގައި އަޅާ މި 5,000 ހައުސިންގ ޔުނިޓަކީ އީގަލް ހިލްސްއިން އަމިއްލަ ޚަރަދުގައި (ގާތްގަނޑަކަށް 400 އިން 500 މިލިއަން ޑޮލަރު) އިންވެސްޓްކޮށްގެން އަޅާ ތަންތަނެވެ. ސަރުކާރުން ވަގުތުން ފައިސާ ދައްކާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް މިއީ މުޅިން ހިލޭ ކުރާ މަސައްކަތެއްގެ ގޮތުގައި ބުނެ ފުއްދާލެވެން ނެތީ، މިކަމަށް ހިނގާ ޚަރަދު ހަމަޖައްސާނެ ގޮތް ހައުސިންގ މިނިސްޓަރުގެ އަމިއްލަ ބަހުން އާންމު ކުރައްވާފައިވާތީ އެވެ.

އަގު އަދާކުރާނެ ގޮތް (އޮފްސެޓް ކުރުން)

ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ލިންކްޑިންގައި ހާމަކުރެއްވި ގޮތުގައި، މި ފްލެޓްތަކުގެ އަގު ދައުލަތުން ދައްކާނީ ރަސްމާލޭގެ މުސްތަގުބަލުގެ ތަރައްގީން ސަރުކާރަށް ލިބެން އޮތް 10 އިންސައްތައިގެ ރެވެނިއު ޝެއަރ (އާމްދަނީގެ ބައި) ދޫކޮށްލައިގެންނެވެ. އެހެންކަމުން، މިއީ ދައުލަތަށް ކުރިއަށް އޮތް ތަނުގައި ލިބެން އޮތް އާމްދަނީއަކުން އުނިކޮށްގެން ފަންޑުކުރާ ތަންތަނެވެ. މިތަންތަނަށް ކުރާ ބޮޑު ހޭދަ އަށް ކެނޑުމުން އީގަލް ހިލްސް މަޝްރޫއުން ދައުލަތުގެ ބަޖެޓަށް އެއްޗެއް ވަންނާނީ ކޮން ޒަމާނަކުން ކަމެއް ސާފެއް ނޫނެވެ.

ސަރުކާރުގެ ގެރެންޓީއެއް ނެތް

ސަރުކާރުން ބުނާގޮތުގައި މީގެ ފައިސާ އަނބުރާ ދެއްކުމަށް ދައުލަތުން އެއްވެސް "ސޮވެރިން ގެރެންޓީ" އެއް ނުވަތަ ލޯނެއް ނަގާފައެއް ނުވެ އެވެ. ފްލެޓްތައް ނިމުމުން އެ ތަންތަން ވިއްކައިގެން ލިބޭ ފައިސާއިން ޚަރަދުތައް ކަވަރުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. ސަރުކާރުން އެއްވެސް ގެރެންޓީ އެއް ދީފައި ނުވާ އިރު، 500 ހެކްޓަރުގެ ބިން އެއްވެސް އެއްޗެއް އަޕް ފްރަންޓް ކޮށް ނުލިބޭ ގޮތަށް ދީފައި، އެމީހުންނަށް އެތަންތަނުން ވިޔަފާރިކޮށްގެން މަންފާ ހޯދޭ ގޮތަށް  އޮތުމަކީ ކުޑަ ގެރެންޓީއެއްތޯ އެވެ.

ޚުލާސާއަކީ، މަޝްރޫއު ފެށުމަށް ދައުލަތުގެ ބަޖެޓުން ސީދާ ފައިސާ ނުދިޔަ ކަމުގައި ވިޔަސް، މިއީ ރާއްޖޭގެ އެންމެ އަގުބޮޑު ބިންތައް 99 އަހަރަށް ދީގެން އަދި ގައުމަށް މުސްތަގުބަލުގައި ލިބެން އޮތް އާމްދަނީން އުނިވާ ގޮތަށް ހިންގާ އަގު ބޮޑު "ބާޓަރ" ނުވަތަ ބަދަލުކުރުމުގެ މުއާމަލާތެކެވެ. 

އީގަލް ހިލްސްރަސްމާލެ ޑރ. އަބްދުﷲ މުއްތަލިބުކަރަޕްޝަން

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2026

އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު

06 އޮކްޓޯބަރު 2026
އީގަލް ހިލްސްއާއެކު ކުރިއަށްގެންދާ މަޝްރޫއުގެ ހުރިހާ ރަނގަޅެއް އޮތީ މިއަދުގެ ސަރުކާރާއި ރައީސް މުއިއްޒު އަށް، ސިޔާސީ މީހުން ޖެހިލުންވަނީ އެހެންވެ: މަހުލޫފު
05 އޮކްޓޯބަރު 2026

ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި

05 އޮކްޓޯބަރު 2026
ރަސްމާލެއިން ޒަޔަނިސްޓުންގެ މަސްލަހަތު އޮތް ބަޔަކަށް ބިން ދިނީ ކާކަށް ކޯއްޗެއް ލިބިގެންތޯ ޝެއިޚް އިމްރާން ސުވާލު އުފައްދަވައިފި
05 އޮކްޓޯބަރު 2026

"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން

05 އޮކްޓޯބަރު 2026
"ދިވެހީންގެ ރާއްޖެ" ޝިއާރުގެ ދަށުން ވެރިކަމަށް އައި ޕީއެންސީން ދިވެހީންގެ އަތުން ދިވެހީންގެ ބިން ދަނީ ވިއްކަމުން: މެންބަރު އަމީން
05 އޮކްޓޯބަރު 2026

މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު

05 އޮކްޓޯބަރު 2026
މިއީ ދިވެހީންގެ ރާއްޖޭގެ ނަމުގައި އައިސް ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަ ދުވަސް: މެންބަރު ޒިޔާދު
05 އޮކްޓޯބަރު 2026

އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް

05 އޮކްޓޯބަރު 2026
އެންމެ ފަހުން ރަސްމާލެ މަޝްރޫއު މިވީ ރިޔާސީ އިންތިޚާބަށް ފަންޑު ހޯދުމަށް ކަޓުނަގާ ޕްރޮޖެކްޓަކަށް: މައުރޫފް
05 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!

05 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ސިއްރުކޮށްފައިވާތީ އެކަމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް!
04 އޮކްޓޯބަރު 2026

ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު

04 އޮކްޓޯބަރު 2026
ފަލަސްތީނުގެ މައްސަލަ ފެށުނީ ޒަޔަނިސްޓުންނަށް ބިން ދީގެން، ޣައިރު މުސްލިމުންނަށް ދިވެހީންގެ ބިން ދާއިމަށް ދިނުމަކީ މިފަދަ ބިރުވެރިކަމެއް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
04 އޮކްޓޯބަރު 2026

ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު

04 އޮކްޓޯބަރު 2026
ޑިޕްލޮމެޓިކް ގުޅުންތަކަކީ އިގުތިސާދުގެ މައިނާރު، ރަސްމާލެ އެގްރީމެންޓް ހާމަކުރަން ޖެހޭ: ޝާހިދު
03 އޮކްޓޯބަރު 2026

ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން

03 އޮކްޓޯބަރު 2026
ޒަޔަނިސްޓުންނާއި އެމީހުންނަށް ވާގިވެރިވާ މީހުންނަށް ރަށްވެހިކަންދީ، ރާއްޖެ ރޫޅާލަން ފުރުސަތު ދީގެންނުވާނެ: އަލީ ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް