Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާގެ ބޮންއަޅާ ބޯޓުތައް ގެންދިޔުމުން އިނގިރޭސިވިލާތަށް އޮތް ނުރައްކާ ފިލައިފި: ޑައުނިންގ ސްޓްރީޓް

6 އޮކްޓޯބަރު 2026 | އަންގާރަ 03:07

އިނގިރޭސިވިލާތުގެ އާރްއޭއެފް ފެއާފަރޑް ބޭހުގައި ތިބި އެމެރިކާގެ ބޮންއަޅާ ބޯޓުތަކަށް އަމާޒުކޮށް ދިން އިންޒާރަކާ ގުޅިގެން، އެ ބޯޓުތައް އަނބުރާ އެމެރިކާއަށް ގެންގޮސްފި. މި ހާދިސާއާ ގުޅިގެން ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިއީ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން އާދައިގެ މަތިން ހިނގާ ކަމެއް ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 6 އޮކްޓޯބަރު 2026 | އަންގާރަ 03:07
އިނގިރޭސިވިލާތުގެ ގްލޮސްޓެޝަރގައި އޮންނަ އާރްއޭއެފް ފެއާފަރޑް އަސްކަރީ ބަނދަރުން އެމެރިކާގެ އަސްކަރިއްޔާގެ ބީ-1 މަރުކާގެ ބޮންއަޅާ މަތިންދާބޯޓެއް ފުރާ މަންޒަރު

އިނގިރޭސިވިލާތުގެ ގްލޮސްޓެޝަރގައި އޮންނަ އާރްއޭއެފް ފެއާފަރޑް އަސްކަރީ ބަނދަރުން އެމެރިކާގެ އަސްކަރިއްޔާގެ ބީ-1 މަރުކާގެ ބޮންއަޅާ މަތިންދާބޯޓެއް ފުރާ މަންޒަރު | ރޮއިޓަރސް

އިނގިރޭސިވިލާތުގެ ގްލޮސްޓެޝަރގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން ދިޔަ ރޯޔަލް އެއާ ފޯސް (އާއޭއެފް) ފެއާފަރޑް ބޭހުގައި ހުރި އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓުތައް ގެންދިޔަ ފަހުން އެ ތަނަށް އޮތް ނުރައްކާތައް ފިލާފައިވާ ކަމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީސް، ނަންބަރ 10 ޑައުނިންގ ސްޓްރީޓުން ބުނެފި އެވެ.

ފެއާފަރޑް ބޭހުގައި ބީ-1 މަރުކާގެ ބޮންއަޅާ 12 މަތިންދާބޯޓު ކުރިން އޮތެވެ. އަދި، އީރާނާ ދެކޮޅަށް ކުރަމުންދާ ޣައިރުގާނޫނީ ހަނގުރާމައިގައި އެމެރިކާއިން ދިޔައީ އެ ބޯޓުތައް ބޭނުން ކުރަމުންނެވެ. ނަމަވެސް، އެ މަރުކަޒަށް އޮތް ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން، އެ މަތިންދާބޯޓުތައް އަނބުރާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގެންގޮސްފައިވާ ކަން ޕެންޓަގަންއިން ވަނީ އާދީއްތަ ދުވަހު ކަށަވަރު ކޮށްދީފަ އެވެ. މި ބޯޓުތައް އަނބުރާ ގެންގޮސްފައި ވަނީ އެ ބޭހަށް އަމާޒުކޮށް ދިން އިންޒާރަކާ ގުޅިގެން ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކުރި އެވެ.

Advertisement - worldAdvertisement

މި ފިޔަވަޅު އަޅާފައި މި ވަނީ، އިނގިރޭސިވިލާތުގެ ހުޅަނގުގައި ހުންނަ އާރްއޭފްއެފް ފެއާފަރޑް ކައިރިން "ޝައްކުކުރެވޭ ތިން އުޅަނދެއް" ފެނިގެން ސެޕްޓެންބަރ 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނިކޮށެވެ. ބީބީސީއަށް މައުލޫމާތު ދެއްވަމުން ނަންބަރ 10 ގެ ތަރުޖަމާނަކު ވިދާޅުވީ، "ބޭރު ގައުމުތަކުގެ އަސްކަރީ އޮޕަރޭޝަންތަކާ" ގުޅޭގޮތުން ވަކި އެއްޗެއް ހާމަނުކުރާނެ ކަމަށާއި، ނަމަވެސް އާރްއޭފް ފެއާފަރޑްގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށެވެ. މާނައަކީ، އެ ތަނަށް އޮތް ނުރައްކާތައް މިހާރު ފިލާފައިވާކަން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

ނިމިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް ވެސް ތަރުޖަމާނު އަލިއަޅުވާލި އެވެ. އެ މައްސަލައާ ގުޅިގެން ޓްރަމްޕް ވަނީ "އަޅުގަނޑުމެންގެ [އިނގިރޭސިވިލާތުގެ] ފުލުހުންނާއި، ދިފާއީ އަދި ސަލާމަތީ ހިދުމަތްތަކަށް ތައުރީފުކުރައްވާފައި" ތަރުޖަމާނު ފާހަގަކުރި އެވެ.

ބޮމް އަޅާ ބޯޓުތައް އާރްއޭއެފް ފެއާފަރޑުން ގެންދިއުމަށް ނިންމި ނިންމުމާއި، މިދިޔަ ހަފްތާގައި ހިނގާދިޔަ ހާދިސާއާ ސީދާ ގުޅުމެއްވާކަމަށް ނުދެކޭކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ހޯމަ ދުވަހު ވަނީ ވިދާޅުވެފަ އެވެ. "ތަމްރީނުތަކާއި، އަލުން ރުކުރުވާލުމާއި، މީހުން ބަދަލުވުމާއި، އާ މީހުންނާއި އާ ބޯޓުތައް އައުމުގެ އިތުރުން ބާ ބޯޓުތައް ގެންދިއުމުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަސީލަތްތައް ބަދަލުކުރުމަކީ އާދަޔާ ހިލާފު ކަމެއް ނޫން،" ރޫބިއޯ ވިދާޅުވި އެވެ.

އަދި، އެމެރިކާގެ ހުރިހާ ބޭސްތަކެއްގެ ރައްކާތެރިކަމާމެދު އެ ގައުމުން ފުރިހަމައަށް އިތުބާރުކުރާ ކަމަށާއި، މި ހާދިސާއަށްފަހު އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް އެއްބާރުލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ފަސް ފިރިހެނަކު ހައްޔަރުކުރި އެވެ. ނަމަވެސް، ފަހުން އެ މީހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. އަދި، މީގެ އިތުރުން އިނގިރޭސިވިލާތާއި އީރާނުގެ ރައްޔިތުކަން އޮންނަ ހަވަނަ ފިރިހެނަކު ވެސް ފަހުން ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފަ އެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނީ، ބީ-1 ބޯޓުތައް އާރްއޭއެފް ފެއާފަރޑުން ގެންދިޔުމުގެ ނިންމުމަކީ ސިޔާސީ ނިންމުމަކަށްވުރެ ބޮޑަށް އަސްކަރީ އޮޕަރޭޝަނަލް ލެވެލްގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި، މި ކަން އެމެރިކާގެ އަސްކަރިއްޔާއިން އިނގިރޭސިވިލާތުގެ އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އެމެރިކާ-އީރާންއިނގިރޭސިވިލާތްއާރްއޭއެފް ފެއާފަޑްބީ-1 ބޮންބަރ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

4

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

5

ވަރުގަދަ ހަމަލާތަކަކަށް ތައްޔާރުވަމުންދާތީ، ކީވްއިން ފޭބުމަށް ބޭރުގެ ޑިޕްލޮމެޓުންނަށް ރަޝިޔާއިން ގޮވާލައިފި

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި

05 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ބޮންއަޅާ ބޯޓުތައް ކުއްލިއަކަށް ގެންގޮސްފި
02 އޮކްޓޯބަރު 2026

އާރްއޭއެފް މަރުކަޒަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އީރާނުގެ ޕާސްޕޯޓު އޮތް މީހަކު ހައްޔަރުކޮށްފި

02 އޮކްޓޯބަރު 2026
އާރްއޭއެފް މަރުކަޒަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އީރާނުގެ ޕާސްޕޯޓު އޮތް މީހަކު ހައްޔަރުކޮށްފި
01 އޮކްޓޯބަރު 2026

އިނގިރޭސިވިލާތުގެ އެއާބޭހަކަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއާ އީރާނާ ގުޅުވައިފި، ނަމަވެސް އެއްވެސް ގޮވާއެއްޗެއް ނުފެނޭ

01 އޮކްޓޯބަރު 2026
އިނގިރޭސިވިލާތުގެ އެއާބޭހަކަށް ދޭން އުޅުނުކަމަށް ބުނާ ހަމަލާއާ އީރާނާ ގުޅުވައިފި، ނަމަވެސް އެއްވެސް ގޮވާއެއްޗެއް ނުފެނޭ
29 ސެޕްޓެމްބަރު 2026

އާރްއޭއެފް ފެއާފަޑް ކައިރިން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި

29 ސެޕްޓެމްބަރު 2026
އާރްއޭއެފް ފެއާފަޑް ކައިރިން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފި
28 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުގެ އާރްއޭއެފް ބޭސްއަށް ދޭންއުޅުނު ކަމަށް ބުނާ ހަމަލާއާ ގުޅޭގޮތުން މިހާތަނަށް އިނގެނީ ކޮން މައުލޫމާތެއް؟

28 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުގެ އާރްއޭއެފް ބޭސްއަށް ދޭންއުޅުނު ކަމަށް ބުނާ ހަމަލާއާ ގުޅޭގޮތުން މިހާތަނަށް އިނގެނީ ކޮން މައުލޫމާތެއް؟
24 ސެޕްޓެމްބަރު 2026

ޔޫއެސްއެސް ލިންކަންގެ 8 ފަޅުވެރިން އަމިއްލައަށް މަރުވާން މަސައްކަތްކުރި: ނޭވީގެ އެކްޓިންގ ސެކްރެޓަރީ

24 ސެޕްޓެމްބަރު 2026
ޔޫއެސްއެސް ލިންކަންގެ 8 ފަޅުވެރިން އަމިއްލައަށް މަރުވާން މަސައްކަތްކުރި: ނޭވީގެ އެކްޓިންގ ސެކްރެޓަރީ
24 ސެޕްޓެމްބަރު 2026

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

24 ސެޕްޓެމްބަރު 2026
އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި
22 ސެޕްޓެމްބަރު 2026

އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ

22 ސެޕްޓެމްބަރު 2026
އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް "ދިފާއީ ގޮތުން" އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ
16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި

16 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް