Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ސޮފްވާންގެ މައްސަލައިގައި ހެކި ނެތިގެން، ފުލުހުން މައްސަލަ ފައިލްކޮށްފި

30 ސެޕްޓެމްބަރު 2026 | ބުދަ 04:01

ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފުލުހުން ސޮފްވާން އަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން އެ މައްސަލަ އެ އިދާރާގައި ފައިލްކޮށްފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ސެޕްޓެމްބަރު 2026 | ބުދަ 04:01
ވީއޭއެމް އިން ސަސްޕެންޑުކޮށްފައި ހުރި ޤައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު ސޮފްވާން

ވީއޭއެމް އިން ސަސްޕެންޑުކޮށްފައި ހުރި ޤައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު ސޮފްވާން | ސޯޝަލް މީޑިއާ

ޖިންސީ ގޮތުން ފުރައްސާރަ ކުރާ ކަަމަށް ބުނެ، ޤައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސޮފްވާން އަހުމަދާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ޖިނާާއީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން މައްސަލަ ފައިލްކޮށްފި އެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފުލުހުން ބުނެފައި ވަނީ، ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި ކުޅުންތެރިން ތަމުރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ ސޮފްވާންއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ.

އެގޮތުން ޤައުމީ އަންހެން ޓީމުގެ ކޯޗުކަމުގެ މަޤާމުން ސޮފްވާން ވަކިކުރުމާ އެކު، ވީއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރުކަމުގެ މަޤާމުން ވެސް އޭނާ ވަނީ ވަކިކޮށްފަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެފަދަ އެއްވެސް މަޤާމަކަށް ސޮފްވާން އަށް ނާދެވޭނެ އެންމެ ފުރަތަމަ ނިންމި އެވެ. 

މީގެ އިތުރުން ވީއޭއެމް އިން އިންތިޒާމު ކުރާ އެއްވެސް މުބާރާތެއްގައި އޮފިޝަލެއް ނުވަތަ އެ ނޫން ވެސް ހައިސިއްޔަތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސޮފްވާން އަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ހިންގާ ކޮމެޓީ އިން އޭރު ވަނީ ނިންމައިފަ އެވެ. 

ހަމަ އެހެންމެ، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ އެއްވެސް މުބާރާތެއްގެ އޮފިޝަލެއްގެ ގޮތުގައި، ނުވަތަ އެ ނޫން ވެސް ހައިސިއްޔަތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސޮފްވާން އަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ނިންމި އެވެ. 

އެހެން ނަމަވެސް، އޭގެ ފަހުން ވީއޭއެމްގެ ޚާއްސަ އާންމު ޖަލްސާގައި ވަނީ، މުޅި އުމުރަށް ސޮފްވާން ވޮލީ ބޯޅަ އިން ސަސްޕެންޑު ކުރުމަށް ނިންމައިފަ އެވެ. 

ނަމަވެސް، ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފުލުހުން ސޮފްވާން އަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން އެ މައްސަލަ އެ އިދާރާގައި ފައިލްކޮށްފައިވާ ކަމަށެވެ. 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ޞަފްވާން އަޙުމަދު

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ބައިނަލްއަޤުވާމީ ބީޗު ވޮލީ މުބާރާތެއްގައި އިންސާފުކުރި ދިވެހި ފުރަތަަމަ އަންހެން ރެފްރީއަކަށް އާއިދާ

08 ސެޕްޓެމްބަރު 2026
ބައިނަލްއަޤުވާމީ ބީޗު ވޮލީ މުބާރާތެއްގައި އިންސާފުކުރި ދިވެހި ފުރަތަަމަ އަންހެން ރެފްރީއަކަށް އާއިދާ
20 ޖުލައި 2026

ވީއޭއެމްގެ ކިބައިން މައާފަށް އެދެން ޤައުމީ އަންހެން ވޮލީ ޓީމަށް އަންގައިފި

20 ޖުލައި 2026
ވީއޭއެމްގެ ކިބައިން މައާފަށް އެދެން ޤައުމީ އަންހެން ވޮލީ ޓީމަށް އަންގައިފި
08 ޖުލައި 2026

ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ

08 ޖުލައި 2026
ބަހްރައިންގެ ގަލްފް ހޮޓެލްސް ގްރޫޕުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަނީ
19 ފެބުރުއަރީ 2026

އެވޯޑުގެ ނޮމިނޭޝަން އަށް ވީއޭއެމް އިން "ހުސް ގަނޑެއް" ފޮނުވުމުގެ ސަބަބުން، އަދީލް ކޯޗު ނޮމިނޭޓު ނުވި

19 ފެބުރުއަރީ 2026
އެވޯޑުގެ ނޮމިނޭޝަން އަށް ވީއޭއެމް އިން "ހުސް ގަނޑެއް" ފޮނުވުމުގެ ސަބަބުން، އަދީލް ކޯޗު ނޮމިނޭޓު ނުވި
13 ޖެނުއަރީ 2026

ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ

13 ޖެނުއަރީ 2026
ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ
16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް