Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ވީއޭއެމްގެ ކިބައިން މައާފަށް އެދެން ޤައުމީ އަންހެން ވޮލީ ޓީމަށް އަންގައިފި

އާދިއްތަ ދުވަހު ވީއޭއެމް އިން ޤައުމީ އަންހެން ސްކޮޑުގެ ކުޅުންތެރިން މައާފަށް އެދެން ވަނީ އަންގާފައި. އަދި އެ މެއިލްގައި ވަނީ މައާފަށް ނޭދޭ ކުޅުންތެރިންނަށް ދެން ގައުމީ ސްކޮޑުގެ ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ވެސް އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2026 | ހޯމަ 10:01
2024 ވަނަ އަހަރު އޮތް ކާވާ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިން

2024 ވަނަ އަހަރު އޮތް ކާވާ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިން | ސޯޝަލް މީޑިއާ

ރާއްޖޭގެ ޤައުމީ ސީނިއާ އަންހެން ވޮލީ ޓީމުން، ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކިބައިން މައާފަށް އެދެން އަންގައިފި އެވެ.

ޤައުމީ ވޮލީ ބޯޅަ ޓީމުގެ ކުޅުންތެރިންނަށް ވީއޭއެމްގެ ކިބައިން މައާފަށް އެދެން އެންގީ އާދީއްތަ ދުވަހު ކުޅުންތެރިންނަށް ފޮނުވި މެއިލެއްގައި އެވެ. އެ މެއިލްގައި ވީއޭއެމް އިން ވަނީ ޤައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން މި މަހު 15 ވަނަ ދުވަހު ފަރިތަކުރުމަށް ނުނިކުތީ ކުޅުންތެރިިން ރާވައިގެން ކަމަށާއި، އެހެންކަމުން އެ ކަމަށް އެސޯސިއޭޝަންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައި އެވެ. 

މިކަމާ ގުޅޭ ގޮތުން މި ނޫހަށް މައުލޫމާތު ދިން ފަރާތަކުން ބުނީ، ޤައުމީ ޓީމުގެ ކުޅުންތެރިން މި މަހުގެ 16 ވަނަ ދުވަހު ކުރިއެކޭ ވެސް އެއްގޮތައް އޮފީހަށް ނުކުންނަށް ޖެހޭ ކަމަށާއި، އެހެންކަމުން ކުޅުންތެރިން އޮފީހަށް ނުކުތުމަށް އެކި ގޮތް ގޮތުން ތައްޔާރީތަކެއް ވާން ހުރި ކަމަށެވެ. އެހެންވެ، 15 ވަނަ ދުވަހުގެ ފަރިތަކުރުން ތަކަށް ޤައުމީ ޓީމުގެ ކުޅުންތެރިން ނުކުމެފައި ނުވާ ކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އާދިއްތަ ދުވަހު ވީއޭއެމް އިން ޤައުމީ އަންހެން ސްކޮޑުގެ ކުޅުންތެރިން މައާފަށް އެދެން ވަނީ އަންގައިފަ އެވެ. އަދި އެ މެއިލްގައި ވަނީ މައާފަށް ނޭދޭ ކުޅުންތެރިންނަށް ދެން ގައުމީ ސްކޮޑުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭނެ ކަމަށް ވެސް އަންގައިފަ އެވެ.

ވީއޭއެމް އިން ޤައުމީ ޓީމުގެ ކުޅުންތެރިންްނަށް މި ފަހަކަށް އައިސް އަންނަނީ ގިނަ ޑިސިޕްލިނަރީ މައްސަލަތަކެއް ފެންމަތި ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ޤައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސެއިން ސަސްޕެންޑް ވެސް ކޮށްފައި އެވެ. އެފަހަރު ޝަމާއިލް ސަސްޕެންޑު ކުރީ ވީއޭއެމްގެ ހުއްދަ ނެތި ލ. އަތޮޅުގައި ކުރިއަށް ދިޔަ މުބާރާތެއްގައި ކުޅުނު ކަމަށް ބުނެ އެވެ. ފަހުން ޝަމާއިލް ވަނީ ވީއޭއެމްގެ ކިބައިން މައާފަށް އެދި، ޤައުމީ ޓީމާ އަލުން ގުޅިފައި އެވެ.

މިކަމާ ގުޅޭ ގޮތުން ވީއޭއެމްގެ ބަހެއް ހޯދުމަށް ކުރި މަަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގައުމީ އަންހެން ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2026

އެވޯޑުގެ ނޮމިނޭޝަން އަށް ވީއޭއެމް އިން "ހުސް ގަނޑެއް" ފޮނުވުމުގެ ސަބަބުން، އަދީލް ކޯޗު ނޮމިނޭޓު ނުވި

19 ފެބުރުއަރީ 2026
އެވޯޑުގެ ނޮމިނޭޝަން އަށް ވީއޭއެމް އިން "ހުސް ގަނޑެއް" ފޮނުވުމުގެ ސަބަބުން، އަދީލް ކޯޗު ނޮމިނޭޓު ނުވި
25 ޑިސެމްބަރު 2025

ފުރިހަމަ ރެކޯޑާ އެކު ރާއްޖެ ފައިނަލަށް

25 ޑިސެމްބަރު 2025
ފުރިހަމަ ރެކޯޑާ އެކު ރާއްޖެ ފައިނަލަށް
22 ޑިސެމްބަރު 2025

ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި

22 ޑިސެމްބަރު 2025
ދެ ވަނަ މެޗުގައި ރާއްޖެ އިން އަފްޣާނިސްތާން ވެސް ބަލިކޮށްފި
21 ޑިސެމްބަރު 2025

ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް

21 ޑިސެމްބަރު 2025
ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ އަށް ފުރިހަމަ މޮޅެއް
16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު