Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ފައިދާ އެއް ނަގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ، ވޮލީ ކޯޗު ސޮފްވާން ގެ މައްސަލައެއް ފުލުހުން ބަލަނީ

ސޮފްވާން ގެ މައްޗަށް ކުރެވެނީ އަންހެން ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނު ކަމުގެ ތުހުމަތު. މި ތުހުމަތާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އިން ސޮފްވާން ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުން ވަނީ އެކަހެރި ކޮށްފަ. ފުލުހުން ބުނީ ކުޅިވަރު އެސޯސިއޭޝަނެއް ގައި ކުޅުންތެރިން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަހުގީގު ކުރަމުންދާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2026 | އަންގާރަ 03:29
މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސޮފްވާން އަހްމަދު؛ އޭނާ މަގާމުން ދުރުކުރީ ކުރެވޭ ތުހުމަތު ތަކާ ގުޅިގެން

މައްސަލައިގައި ތުހުމަތު ކުރެވޭ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސޮފްވާން އަހްމަދު؛ އޭނާ މަގާމުން ދުރުކުރީ ކުރެވޭ ތުހުމަތު ތަކާ ގުޅިގެން | ޕީއެސްއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ކޯޗު އަދި އެކްސްކޯ މެމްބަރު ސޮފްވާން އަހުމަދު، ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގައި ކުޅުންތެރިން ތަމްރީނު ކުރުމުގެ ޒިންމާ އޮތް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ސޮފްވާންގެ މައްޗަށް ކުރެވެނީ އަންހެން ކުޅުންތެރިއަކަށް ބިރު ދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނު ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ވަނީ ސޮފްވާން، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު ކަމުގެ މަގާމުން އެކަހެރި ކޮށްފަ އެވެ. މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން އޭނާ ވަނީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުންވެސް ވަކި ކޮށްފަ އެވެ. 

މީގެ ކުރިން ވެސް ސޮފްވާންގެ މައްޗަށް ކުރެވޭ އެކި ތުހުމަތު ތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ. އަދި ބައެއް ކުޅުންތެރިން ސޮފްވާންގެ ޝަކުވާ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ. ނަމަވެސް މީގެ ކުރިން ސޮފްވާން އަށް އެސޯސިއޭޝަނުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކުޅިވަރު ދާއިރާގައި މިފަދަ ކަންކަން ހިނގަމުންދާ ކަމުގެ ތުހުމަތުތައް ކުރިން ވެސް ފެންމަތިވެފައިވާއިރު، މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލައި ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.  ނަމަވެސް މިފަދަ މައްސަލަތައް ހައްލު ކުރުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް އާއްމުން ފާހަގަކުރެ އެވެ. 

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްޞަފްވާން އަޙުމަދުޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިން ތިބި ގެއަށް ގެންދިއުމުން މައްސަލަ ހޫނުވެއްޖެ

ސަނީ އުމަރު ޖިންސީ ގޯނާ ކުރި ކުދިން ތިބި ގެއަށް ގެންދިއުމުން މައްސަލަ ހޫނުވެއްޖެ

05 ޖެނުއަރީ 2026
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި 2 މީހަކަށް ބޮޑު ޖަލު ހުކުމެއް

31 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު