Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށި ޕޯޓް

ކުޅުދުއްފުށި ޕޯޓް ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރު ޖުމްލަ ގެއްލުން 12.3 މިލިއަން ރުފިޔާއަށް އަރާފައިވޭ: އޮޑިޓް ރިޕޯޓް

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:21

ކުޅުދުއްފުށި ޕޯޓަށް 2025 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ ހިންގުމުގެ ޚަރަދު ބޮޑުވުމުން، 12.3 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ވެފައި. މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް އާމްދަނީއަށްވުރެ އިތުރަށް ޚަރަދުވެފައިވާއިރު، ކުންފުނި ހިންގަނީ މައި ހިއްސާދާރު އެމްޕީއެލްގެ މާލީ އެހީތެރިކަމާއެކުގައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:21
ކުޅުދުއްފުށީ ޕޯޓް

ކުޅުދުއްފުށީ ޕޯޓް | ޕީއެސްއެމް

ކުޅުދުއްފުށި ޕޯޓް ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރު ޖުމްލަ ގެއްލުން 12.3 މިލިއަން ރުފިޔާއަށް އަރާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އެ ކުންފުނީގެ މާލީ ރިޕޯޓުން ހާމަވެއްޖެ އެވެ.

އެ އޮފީހުން އާންމު ކޮށްފައިވާ މާލީ ރިޕޯޓުން ދައްކާ ގޮތުގައި، ކުޅުދުއްފުށި ޕޯޓް ޕްރައިވެޓް ލިމިޓެޑަށް 2025 ވަނަ އަހަރު 11.5 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން، 2024 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 10.4 މިލިއަން ރުފިޔާގެ ގެއްލުމާ އަޅާބަލާއިރު، ނިމިދިޔަ އަހަރުގެ ގެއްލުން ވަނީ 1.1 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 11 އިންސައްތައިގެ އިތުރުވުމެކެވެ.   

Advertisement - newsAdvertisement

މާލީ ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ކުޅުދުއްފުށި ޕޯޓަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.9 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދާ ބޭލުމުގެ ޚިދުމަތުން ލިބުނު 8.9 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، މުދާ ބަރުކުރުމުގެ ޚިދުމަތުން 1.1 މިލިއަން ރުފިޔާ އަދި އުޅަނދުފަހަރާއި އިކުއިޕްމަންޓް ކުއްޔަށް ދީގެން 1.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް ކުންފުނީގެ ހިންގުމުގެ ޚަރަދުތައް އާމްދަނީއަށްވުރެ ބޮޑުވުމުގެ ސަބަބުން ކުންފުނި ވަނީ ބޮޑު ގެއްލުމެއްގައި ހިފެހެއްޓިފަ އެވެ.

ކުންފުނީގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށެވެ. އެގޮތުން މުވައްޒަފުންނާ ގުޅުންހުރި ޚަރަދުތަކަށް 13.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީއަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މީގެ އިތުރުން އިދާރީ އެހެނިހެން ޚަރަދުތަކަށް 6.8 މިލިއަން ރުފިޔާ އަދި ޑިޕްރިސިއޭޝަންގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ވަނީ އުނިކޮށްފަ އެވެ. މި ޚަރަދުތަކާއެކު ކުންފުނީގެ ޖުމްލަ ގެއްލުން 12.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

މާލީ ހާލަތު މިހާ ދަށްކޮށް އޮތް ނަމަވެސް، ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުންގެންދާ މާލީ އެހީތެރިކަމާއެކު ކުންފުނި ހިންގޭނެ ކަމުގެ ޔަގީންކަން އޮޑިޓް ރިޕޯޓުގައި ވަނީ ދީފަ އެވެ. އެމްޕީއެލް އިން ވަނީ ކުރިއަށް އޮތް 12 މަސްދުވަހު ކުންފުނީގެ ދަރަނިތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ލިޔުން ދީފަ އެވެ. 2025 ވަނަ އަހަރު ނިމުނުއިރު އެމްޕީއެލްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 34.5 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ކުންފުނީގެ މިލްކިއްޔާތުގައިވާ މުދަލުގެ އަގު ހިމެނެ އެވެ. އެގޮތުން ކުންފުނީގެ ޖުމްލަ އެސެޓްގެ 92 އިންސައްތަ ހިއްސާކުރަނީ ގޯތިގެދޮރާއި މެޝިނަރީ ފަދަ ތަކެއްޗެވެ. މީގެ ތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުންފުންޏަށް ދީފައިވާ 76.4 މިލިއަން ރުފިޔާގެ އަގުހުރި ބިން ވެސް ހިމެނެ އެވެ. ނަމަވެސް ކުންފުނީގެ ކަރަންޓް އެސެޓް ނުވަތަ ވަގުތުން ފައިސާއަށް ބަދަލުކުރެވޭނެ މުދަލުގެ އަގު ހުރީ އެންމެ 3 މިލިއަން ރުފިޔާގަ އެވެ.

ކުޅުދުއްފުށި ޕޯޓްގެ މާލީ ހިސާބުތަކަށް އޮޑިޓަރ ޖެނެރަލް ދެއްވާފައިވަނީ "އަންކޮލިފައިޑް އޮޕީނިއަން" ނުވަތަ ސައްހަ މާލީ ހިސާބުތަކެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް، ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކުންފުނި ހިންގުމުގައި ދެމިއޮތުމާ މެދު ސުވާލު އުފެދޭ ފަދަ ހާލަތެއް އޮތްކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ 49 އިންސައްތަ ހިއްސާ އަދި އެމްޕީއެލްގެ 51 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ކުޅުދުއްފުށި ޕޯޓްސް ލިމިޓެޑްއޮޑިޓަރ ޖެނެރަލް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

23 ޖޫން 2026

ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!

23 ޖޫން 2026
ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!
19 ޖޫން 2026

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި

19 ޖޫން 2026
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި
21 އެޕްރީލު 2026

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، މަސައްކަތް ނުކުރާ މުވައްޒަފުންނަށާއި މީޑިއާތަކަށް ފައިސާ ދޭ މައްސަލަ މަޖިލީހަށް

21 އެޕްރީލު 2026
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން، މަސައްކަތް ނުކުރާ މުވައްޒަފުންނަށާއި މީޑިއާތަކަށް ފައިސާ ދޭ މައްސަލަ މަޖިލީހަށް
18 އެޕްރީލު 2026

ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް

18 އެޕްރީލު 2026
ތަކުރާރުކޮށް އެދުމުން ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މާލޭ ސިޓީ ކައުންސިލް އޮޑިޓް ކޮށް ނުދީ ވަނިކޮށް އެ މައްސަލަ މަޖިލީހަށް
03 އެޕްރީލު 2026

ޑިވެލޮޕްމަންޓް ބޭންކަށް ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން، ދަރަނީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ އެބަހުރި: އޮޑިޓް

03 އެޕްރީލު 2026
ޑިވެލޮޕްމަންޓް ބޭންކަށް ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން، ދަރަނީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ އެބަހުރި: އޮޑިޓް
29 މާރިޗު 2026

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026
އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު
06 މާރިޗު 2026

ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

06 މާރިޗު 2026
ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
12 ޖެނުއަރީ 2026

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

12 ޖެނުއަރީ 2026
އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް
28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
17 ޑިސެމްބަރު 2025

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް