Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިވެލޮޕްމަންޓް ބޭންކް

ޑިވެލޮޕްމަންޓް ބޭންކަށް ފުރަތަމަ 6 މަހުން 2.2 މިލިއަން ރުފިޔާގެ ގެއްލުން، ދަރަނީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ އެބަހުރި: އޮޑިޓް

ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކުގެ ހިންގުމުގެ ޚަރަދުތަކަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާއިރު، މީގެ ތެރޭގައި އޮފީސް ކުއްޔާއި މުވައްޒަފުންގެ މުސާރައިގެ އިތުރުން ޑިރެކްޓަރުންގެ ފީ ހިމެނޭ. ބޭންކުގެ ރައުސްމާލުގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވަނީ 3 މިލިއަން ރުފިޔާގެ ހިއްސާ ކަމަށްވާއިރު، އޮޑިޓަރ ޖެނެރަލް ވަނީ ބޭންކުގެ މާލީ ހިސާބުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސައްހަ ހިސާބުތަކެއް ކަމަށް ނިންމާފައި.

މަޚްތޫމް
މަޚްތޫމް | 3 އެޕްރީލު 2026 | ހުކުރު 09:06
ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވަނީ - ފައިލް

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙުކޮށްދެއްވަނީ - ފައިލް | ރައީސް އޮފީސް

ދިވެހި ސަރުކާރުން އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ފުރަތަމަ މާލީ ބަޔާންތަކުން ދައްކާގޮތުގައި، އެ ބޭންކަށް ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 2.2 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 21 ޖުލައި 2024 އިން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް އެ ބޭންކަށް ޖުމްލަ 2،263،804 ރުފިޔާގެ ގެއްލުން ވެފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި ބޭންކުގެ އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގާފައި ނުވާއިރު، އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެ އެވެ.

Advertisement - newsAdvertisement

ބޭންކަށް ލިބުނު މި ބޮޑު ގެއްލުމުގެ މައިގަނޑު ސަބަބަކީ ބޭންކުގެ ހިންގުމުގެ ޚަރަދުތައް ބޮޑުވުމެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ހިންގުމުގެ ޚަރަދުގެ ގޮތުގައި 3،018،405 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިދާރީ އެކި ޚަރަދުތަކަށެވެ. އެގޮތުން އޮފީސް ކުއްޔަށް 1،130،597 ރުފިޔާ ހޭދަކޮށްފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 843،336 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން ބޭންކުގެ ޑިރެކްޓަރުންގެ ފީގެ ގޮތުގައި 311،300 ރުފިޔާ ހޭދަކޮށްފައިވާކަން ރިޕޯޓުން ހާމަވެ އެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް ބޭންކުގެ ޖުމްލަ މުދަލުގެ އަގަކީ 3،074،735 ރުފިޔާ އެވެ. މީގެ ތެރޭގައި ބޭންކުގައި ހުރި ނަގުދު ފައިސާގެ ގޮތުގައި ހުރި 2،320،134 ރުފިޔާއާއި ޓެކްސް އެސެޓްގެ ގޮތުގައި ހުރި 754،601 ރުފިޔާ ހިމެނެ އެވެ. ބޭންކުގެ ދަރަނީގެ ގޮތުގައި 2،338،539 ރުފިޔާ ރެކޯޑުކުރެވިފައިވާއިރު، މީގެ ތެރޭގައި ނުދައްކާ ހުރި ކުއްޔާއި، އެކްރޫޑް އެކްސްޕެންސަސް އަދި ޑިރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ހިމެނެ އެވެ. ބޭންކުގެ ރައުސުލްމާލުގެ ގޮތުގައި ހުރީ ސަރުކާރުން ދޫކުރި 3 މިލިއަން ރުފިޔާގެ ތެރެއިން ގެއްލުން ކެނޑުމަށްފަހު ބާކީ ހުރި 736،196 ރުފިޔާ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބޭންކަކީ ސަރުކާރުގެ ސައްތަ އިންސައްތަ ހިއްސާ އޮންނަ އިދާރާއެކެވެ. ބޭންކުގެ ހިއްސާގެ ރައުސުލްމާލުގެ ގޮތުގައި 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވީ ނަމަވެސް، މިހާތަނަށް ދޫކޮށްފައިވަނީ އެންމެ 30 ހިއްސާ އެވެ. މީގެ އަގަކީ 3 މިލިއަން ރުފިޔާ އެވެ. ބޭންކުގެ އޮފީސް އިމާރާތް ތަރައްޤީކުރުމުގެ ޚަރަދުތައް ސަރުކާރުން އުފުލާފައިވާތީ، ބޭންކުގެ ބެލެންސް ޝީޓުގައި އެއްވެސް ބިމެއް ނުވަތަ އިމާރާތެއް މުދަލުގެ ގޮތުގައި ހިމެނިފައެއް ނުވެ އެވެ.

އޮޑިޓަރ ޖެނެރަލް ވަނީ ބޭންކުގެ މާލީ ހިސާބުތަކަކީ ބައިނަލްއަގުވާމީ މާލީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސައްހަ ހިސާބުތަކެއް ކަމަށް ނިންމަވައި، "އަންކޮލިފައިޑް އޮޕީނިއަން" އެއް ދެއްވާފައެވެ. ނަމަވެސް، ބޭންކުގެ ހިންގުމުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ "އެހެނިހެން ޚަރަދުތައް" ބޮޑުވުމުން، އެއީ އޮޑިޓްގައި ހާއްސަ ސަމާލުކަމެއް ދިން ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. ބޭންކުގެ ބޯޑުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ލިބެމުންދާ ގެއްލުންތަކާއެކުވެސް ބޭންކު ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެބަހުއްޓެވެ. މި ބޭންކަކީ ރާއްޖޭގެ އިގްތިސާދީ މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދާފައިވާ ބޭންކެކެވެ.

އޮޑިޓަރ ޖެނެރަލްޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

29 މާރިޗު 2026

އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު

29 މާރިޗު 2026
އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ވަޒީފާ ބަހާތީ ސުވާލުކުރުމުން މިނިސްޓަރު ސައީދަށް ގޯސްވީ ކުރީ ސަރުކާރު
06 މާރިޗު 2026

ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

06 މާރިޗު 2026
ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް
12 ޖެނުއަރީ 2026

އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް

12 ޖެނުއަރީ 2026
އދ. އަތޮޅު ކައުންސިލް މެންބަރުން ލަންކާ އަށާއި ފިލިޕީންސް އަށް ކުރި ދަތުރުތަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި: އޮޑިޓް
28 ޑިސެމްބަރު 2025

2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް

28 ޑިސެމްބަރު 2025
2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފަ އެއް ނުވޭ: އޮޑިޓް ރިޕޯޓް
25 ޑިސެމްބަރު 2025

ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް

25 ޑިސެމްބަރު 2025
ތަރައްގީގެ މަސައްކަތަށް ލޯނު ދޫކުރާ ޑިވަލަޕްމަންޓް ބޭންކުން 2 އަހަރުވީ އިރު ވެސް ކުރަނީ ބެކް އޮފީހުގެ މަސައްކަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު