Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮންޓްރެކްޓަރުންގެ ފައިސާ

ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ދެއްކުން ލަސްވެގެންދާއިރު، މިނިސްޓްރީން ދެއްކި ބަހަނާއަކީ އިދާރީ މައްސަލަ ހުރިކަމަށް ބުނުން!

ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، 24 ޖޫން 2025 ގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކަށް ނުދެއްކި ހުރި އެއް އަހަރަށްވުރެ ބޭސްވެފައިވާ ބިލުތަކުގެ އަދަދަކީ 95 މިލިއަން ރުފިޔާ. މީގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބިލުތައް ކަމަށާއި، މިހާރު އެ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖޫން 2026 | އަންގާރަ 12:46
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ | ރާއްޖެއެމްވީ

ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ތެރެއިން 99 އިންސައްތަ ބިލުތަކަކީ އިދާރީ މައްސަލަތައް ހުރުމުގެ ސަބަބުން ފައިސާ ދެއްކުން ލަސްވި ބިލުތަކެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އެހެން ބުނެފައިވަނީ، އެ މިނިސްޓްރީއަށް ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއެއްގެ ޖަވާބުގައެވެ. އެގޮތުން ރާއްޖެޓީވީން ކުރި ސުވާލަކީ އަމިއްލަ ވިޔަފާރިތަކަށް  ދައްކަންޖެހޭ 1 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި ފައިސާ އެބަހުރިތޯއާއި، އަދި އެއީ ކިހާވަރެއްތޯއެވެ.

މިއީ ރާއްޖެޓީވީން 24 ޖޫން 2025 ގައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއެކެވެ.

އެ އާރްޓީއައި ހުށަހެޅިތާ އަހަރެއް ފަހުން މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ، 24 ޖޫން 2025 ގެ ނިޔަލަށް ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހިފައި ހުރި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ފައިސާގެ އަދަދަކީ 95 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ ބިލުތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހުށަހަޅާފައިވާ ބިލުތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ތެރެއިން 99 އިންސައްތަ ބިލުތަކަކީ އިދާރީ މައްސަލަތައް ހުރުމުގެ ސަބަބުން ފައިސާ ދެއްކުން ލަސްވި ބިލުތަކެއްކަމަށްވެސް މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވެއެވެ. އަދި އެ ބިލުތަކަށްވާ ފައިސާ މިހާރު ދައްކާ ޚަލާސް ކުރެވިފައިވާކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީން މި ޖަވާބު ދީފައިމިވަނީވެސް އާރްޓީއައިއަށް ޖަވާބު ނުދީގެން ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމްއަށް) ޝަކުވާ ހުށަހެޅުމުންނެވެ. ޖަވާބު ދިނުން ލަސްވި ސަބަބެއްކަމަށް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، އާރްޓީއައި ހުށަހެޅި ދުވަސްވަރު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ބަދަލުވެގެން އިދާރީ ދަތިތަކެއްގެ ސަބަބުން ލަސްވީ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓްރީން ފުރަތަމަ ދީފައިވަނީވެސް ރާއްޖެޓީވީން ކުރި ސުވާލުގެ ޖަވާބެއް ނޫނެވެ. އެގޮތުން މިނިސްޓްރީން ފުރަތަމަ ޖަވާބު ދިންއިރު ހިއްސާކޮށްފައިވަނީ މި ހިނގަމުންދާ 2026 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކަށް ދައްކާފައިވާ ޖުމުލަ ފައިސާގެ އަދަދެވެ.

އެ މުއްދަތުގައި 2.3 ބިލިއަން ދިވެހި ރުފިޔާ ދައްކާފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ބިލުތަކުގެ ތެރެއިން އޮޑިޓް ކްލިއަރެންސް ނުލިބުމުގެ ސަބަބުން ފައިސާ ނުދެއްކި ލަސްވާ ބިލުތަކަށް އޮޑިޓަރ ޖެނެރަލްއާ މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދަމުންދާކަމަށާއި، އެއީ މިހާރު ކުރިއަށްދާ މަސައްކަތަކަށްވާތީ އެކަމުގެ އިތުރު ތަފްސީލީ މައުލޫމާތު ދެވެން ނެތްކަމަށްވެސް ޖަވާބުގައި ބުނެފައިވެއެވެ.

އެހެންވެ ރާއްޖެޓީވީން އަނެއްކާވެސް އެދުނީ ކޮށްފައިވާ ސުވާލުގެ ޖަވާބު ފޯރުކޮށްދިނުމަށެވެ. އެގޮތަށް އައިކޮމްއިންވެސް ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ. އެހެންވެ، އައިކޮމްގެ އެންގުމުގެ މަތިން ފިނޭންސުން އަލުން ޖަވާބު ފޮނުވީއެވެ.  

ފިނޭންސް މިނިސްޓްރީރާއްޖެ ޓީވީއާރު.ޓީ.އައިއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސްއޮޑިޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

22 ޖޫން 2026

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"
21 ޖޫން 2026

"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"

21 ޖޫން 2026
"ސަރުކާރު ހިންގާކަށް ނޫޅޭ، އުޅުއްވަނީ ޑްރާމާ ކުޅުމާއި ފިލްމު ކުޅުމުގައި، މި ސަރުކާރު ގެނައީ ކުރީގެ ދަތި ހާލަތަށް ރުޖޫއަވާކަށް ނޫން!"
21 ޖޫން 2026

އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު

21 ޖޫން 2026
އެހެން ސަރުކާރުތަކުން ލޯނު ދައްކަމުންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ބަރާބަރަށް ކޮށްދިން: ރިޔާޒް މަންސޫރު
21 ޖޫން 2026

ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ

21 ޖޫން 2026
ރިޝްވަތާއި ފަސާދައަށް ފައިސާ ޚަރަދުކުރަން ޖެހިގެން ދައުލަތުގެ ޚަރަދު ބޮޑުވިއިރު، އޭގެ އަސަރު ކުރީ މުވައްޒަފުންގެ މުސާރައަށް: ބޮންޑާ
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!

20 ޖޫން 2026
ހާލު ކިހިނެއް- ލ ގަން: ދަނޑުވެރިކަމުގެ ސާމާނުގެ އަގު އިންތިހާއަށް އުފުލި ދަނޑުވެރިން ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް!
19 ޖޫން 2026

ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި

19 ޖޫން 2026
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ މުއްދަތު ހަމަވުމުން ދައުލަތަށް އަނބުރާ ހަވާލުކުރާއިރު މުދަލަށް އަގުދޭ އުސޫލު އާންމުކޮށްފި
18 ޖޫން 2026

ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!

18 ޖޫން 2026
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތަށް ބެލެނިވެރިން ލައްވާ ޚަރަދު ކުރުވާއިރު، މިނިސްޓްރީގެ ޖަވާބެއް ނެތް!
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން

17 ޖޫން 2026
 ނުޙައްޤުން ވަޒީފާއިން ވަކިކުރުމުން ރައްޔިތުންނަށް ލިބޭ ނާއިންސާފުގެ ފުރިހަމަ ޒިންމާ ރައީސް ނަންގަވަންޖެހޭނެ: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު