Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

މި ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އަލީ ހުސެއިން

26 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:02

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ސޮއިކުރި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ އިހުތިސާސް ގެއްލިދާނެ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި މުއާމަލާތަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ކަމަށް ތުހުމަތުކުރައްވައި، މިކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 26 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:02
ރަސްމާލެ މަޝްރޫއުގެ ސައިޓް-އޭ ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯއެއް

ރަސްމާލެ މަޝްރޫއުގެ ސައިޓް-އޭ ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް ނަގާފައިވާ ފޮޓޯއެއް | އެމްއޭސީއެލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަން ދިވެހި ރައްޔިތުން ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރަސްމާލެ މަޝްރޫއުގެ ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ނިންމާފައިވާ އެއްބަސްވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމާއި ކޯޓުތަކުގެ އިހުތިސާސް އެއްފަރާތް ކުރެވިގެންދާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކާ އެކު މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރަނީ ރާއްޖޭން ބޭރުގައި ކަމަށްވާތީ، އެ އެއްބަސްވުމުގެ މައްޗަށް ހިނގާނީ ބޭރުގެ ގާނޫނުތައް ކަމަށާއި އާބިޓްރޭޝަނަށް ވެސް ދާންޖެހޭނީ ރާއްޖޭން ބޭރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަލީ ހުސައިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބިމަކާ ގުޅޭގޮތުން، ހާއްސަކޮށް 500 ހެކްޓަރުގެ ބޮޑު ބިމަކާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރަންވާނީ ދިވެހި ފަސްގަނޑުގައި ކަމަށެވެ. މިފަދަ ކަންކަމުގައި ގާނޫނީ ގޮތުން ދިމާވެދާނެ ނަތީޖާތަކަށް ބަލައި ދުނިޔޭގެ ބޮޑެތި ލޯފާމްތައް ހަޔަރުކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެންކަމުން ސޮއިކުރާ ތަނާއި އިހުތިސާސަކީ ވަރަށް މުހިންމު ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ ސަލާމަތްނުވާވަރުގެ އެއްޗެއް މިއީ. ދިވެހީން އެބަޖެހޭ ތެދުވާ އެނގޭތޯ. ދިވެހިރާއްޖޭގެ ބިމެއް ކުއްޔަށް ދޭއިރުގައި އަދި މި އެ ބޭފުޅުން އަޅުގަނޑު ގަބޫލުކުރަނީ ވިއްކާލީއޭ. ދިވެހިރާއްޖޭގެ ބިމެއް ވިއްކާލިޔަސް ކުއްޔަށް ދޭއިރު ދިވެހިންގެ ބިމަކާ ގުޅޭގޮތުން ސޮއިކުރާއިރުގައި އަދި އަމުދުން މިވަރުގެ 500 ހެކްޓަރުގެ ބޮޑު ބިމެއްގައި ސޮއިކުރާއިރު، ކޮންމެ ގޮތެއް ވިޔަސް ދިވެހި ފަސްގަނޑުގައި ނޫން ގޮތަކަށް ސޮއިކޮށްގެން ނުވާނެ. އޭގެ އިމްޕްލިކޭޝަންސް ހުރީމައި. ލީގަލް އިމްޕްލިކޭޝަން އެ މީހުން ބަލާފައި އެނގިގެންނޭ، އެނގިގެން އެ ޒަޔަނިސްޓުންނޭ ޒަޔައިނިސްޓުން ތިބޭނެ. އެ މީހުންނަށް އެކަމާ ގުޅޭ ދުނިޔޭގެ ބޮޑެތި ލޯފާމްތަކުން އެ މީހުން ހަޔަރކޮށްފައި ތިބޭނެ. އެ ސޮއިކުރާ ތަން ވެސް މެޓަރވާނެ
އަލީ ހުސައިން

މިއީ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، މިކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނެ ކަމަށެވެ.

އެގޮތުން ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމާއި ވިއްކުމާ ގުޅޭގޮތުން މި ސަރުކާރުން ނިންމާފައިވާ ނިންމުންތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކަމަށާއި، މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށުގެ މެދުތެރެއިން ޒަކަޔަނިސްޓުންނަށް ޖާގަ ހަދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަލީ ހުސެއިން ވިދާޅުވިއިރު، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަކީ ކޮންމެ ދުވަހަކު ވެސް، ކުށެއް ނެތް އެތައް މުސްލިމުންނެއް މަރަމުން ގެންދާ ޔަހޫދީ ޞަހްޔޫނީ އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކެވެ. 

ޔޫއޭއީގެ މަހުޖަނު އަދި އީމާރު ކުންފުންޏާއި އީގަލް ހިލްސް ކުންފުނީގެ ބާނީ މުޙައްމަދު އަލް-ޢައްބާރް އާއި އިސްރާއީލާ ދެމެދު، ވިޔަފާރި އާއި ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބޮޑު ގުޅުމެއް އޮވެ އެވެ. އަދި 2020 ވަނަ އަހަރު ޔޫއޭއީ އާއި އިސްރާއީލާ ދެމެދު ގާއިމުކުރި "އަބްރަހަމް އެކޯޑްސް" (އިބްރާހީމްގެފާނުގެ މުއާހަދާ ނުވަތަ އިސްރާއީލާއި މުސްލިމުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން) އަށް ފަހު، އިސްރާއީލާއެކު އޮންނަ ގުޅުން، އޭނާ ވަރަށް ބޮޑަށް ހާމަކުރައްވާފައިވެ އެވެ. 

ރަސްމާލެ އީގަލް ހިލްސްއަލީ ހުސައިން

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2026

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2026
ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!
25 ސެޕްޓެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން

25 ސެޕްޓެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރައީސް މުއިއްޒު އަށް ޖިނާއީ ދައުވާކުރަން ޖެހޭ: އަލީ ހުސައިން
24 ސެޕްޓެމްބަރު 2026

ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟

24 ސެޕްޓެމްބަރު 2026
ރަސްމާލެއިން 2.3 ބިލިއަން ރުފިޔާގެ އަގުހުރި ބިމެއް މުޅިން ހިލޭ ރައީސް މުއިއްޒުގެ ސަރުކާރުން ބޭރުބަޔަކަށް ދިން އިރު، މި އަޑި ނޭނގޭ ޑީލުގެ ފައިދާވީ ކާކަށް؟
24 ސެޕްޓެމްބަރު 2026

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

24 ސެޕްޓެމްބަރު 2026
25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟
24 ސެޕްޓެމްބަރު 2026

އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟

24 ސެޕްޓެމްބަރު 2026
އެއްކަލަ "ޓަކާ ގުރޫޕް" ވީތަނެއް އެނގޭތަ؟
23 ސެޕްޓެމްބަރު 2026

ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!

23 ސެޕްޓެމްބަރު 2026
ރަސްމާލޭގެ ވެލިފުކެއް ވެސް އެންމެ ދުވަހަކަށް ވެސް ބޭރުގެ ފަރާތަކަށް ނުދެއްވާނަމޭ ވިދާޅުވެ އެ ދޫކޮށްލެއްވީ 99 އަހަރަށް!
23 ސެޕްޓެމްބަރު 2026

އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟

23 ސެޕްޓެމްބަރު 2026
އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ހުރި ސުވާލުތަކަށް، މި ސިއްރުކަން ބޮޑު ސަރުކާރަށް ޖަވާބުދެވޭނެތަ؟
23 ސެޕްޓެމްބަރު 2026

"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ

23 ސެޕްޓެމްބަރު 2026
"މާމަގެ ފައްޓަރުބައި" ވިއްކާލައިގެން ވެސް ޑޮލަރު ލިބޭތޯ މި ސަރުކާރުން ތެޅިފޮޅެނީ: މެންބަރު ދީދީ
22 ސެޕްޓެމްބަރު 2026

ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟

22 ސެޕްޓެމްބަރު 2026
ފެންނަން ހުރި ހަގީގަތްތައް ވެސް ދޮގުކުރައްވަނީ: ރައީސް މުއިއްޒު އަކީ ސިޔާސީ "ދޮގުގެ ޗެމްޕިއަނެއް"؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް