Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ފަލާހު ރައީސް ޔާމީނަށް: ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ!

25 ސެޕްޓެމްބަރު 2026 | ހުކުރު 18:54

ރަސްމާލެ މަޝްރޫއަކީ ވައްކަމެއް ކަމަށް ރައީސް ޔާމީން ސިފަކުރެއްވުމާ ގުޅިގެން، އެމަނިކުފާނަށް ދެން ވެރިކަމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވަރުގަދަ ރައްދެއް ދެއްވައިފި. ފަލާހު ވިދާޅުވީ ޔާމީން އެފަދަ ވާހަކަފުޅުތައް ދައްކަވަނީ ރައީސް މުއިއްޒު ގެންނަވާ ތަރައްޤީ ހަޖަމުނުކުރެއްވިގެން ކަމަށާއި، އެއީ ރައްޔިތުންނަށް ކުލުނެއް ނެތްކަމުގެ ހެއްކެއް ކަމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 25 ސެޕްޓެމްބަރު 2026 | ހުކުރު 18:54
ކުރީގެ ރައީސް ޔާމީން އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ކުރީގެ ރައީސް ޔާމީން އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު | ރާއްޖެއެމްވީ ގްރެފިކްސް

ޤައުމުގެ ހަޒާނާ ކާލައިގެން ހުރި މީހަކަށް ދެން މި ޤައުމުގެ ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައްޔިތުންގެ މުސްތަޤުބަލުން ކުރާ ވައްކަމެއް ކަމަށް ސިފަކުރައްވައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، މިހާރު މި ވިއްކާލަނީ ރައްޔިތުންގެ މުސްތަޤުބަލް ކަމަށާއި، މިއީ އެއްވެސް ޤާނޫނަކުން ސަރުކާރަކަށް ލިބިދީފައިވާ މެންޑޭޓެއް ނޫން ކަމަށެވެ. އަދި މިއީ ޤާނޫނާ ޚިލާފު އެއްބަސްވުމަކަށް ވާތީ، ދެން އަންނަ ސަރުކާރަކުން އެ އެއްބަސްވުމަށް ޒިންމާވާން ނުޖެހޭނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޔާމީންގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، މި  ޤައުމުގައި ދުވަހަކު ވެސް ހިންގާފައި ނުވާފަދަ ބިޔަބޮޑު ޕްރޮޖެކްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވަން ނިންމެވުމުން، ރައީސް ޔާމީނުގެ "މޭކަރާ ލޮލަށް ނިދިނައިސްގެން" އުޅެނީ މި ޤައުމާއި ރައްޔިތުންނަށް އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ކުލުނެއް ނެތުމުން ކަމަށެވެ.

ތިކަހަލަ ޤައުމުގެ ޚަޒާނާ ކާލައިގެން ހުރި މީހަކަށް ދެން ވެރިކަމުގެ ވަސްވެސް ދުވާ ހިސާބަކަށް ނާދެވޭނެ. އިންޝާﷲ އަދި ތި ރާވާ ނުބައި އެއްވެސް ރޭވުމެއް ކާމިޔާބެއް ނުވާނެ
އިބްރާހީމް ފަލާހް

މީގެއިތުރުން ފަލާހު ވަނީ އަމިއްލަފުޅު ވެރިކަން ކުރެއްވި ގޮތް ހަނދާންކޮށްލެއްވުމަށްފަހު، "ކަރުދާސްކޮޅެއްގައި ރައީސްގެ ނަން ޖަހާލައިގެން ބޯދަށަށް ލައިގެން ނިދާލުމަށް" ޔާމީނަށް ގޮވާލައްވާފަ އެވެ. އަދި ޔާމީން އެގޮތަށް ވާހަކަފުޅު ދައްކަވަނީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި މި ޤައުމަށް ލިބެމުންދާ ކުރިއެރުމާއި ކާމިޔާބީ އެއްގޮތަކަށް ވެސް ހަޖަމުނުކުރެއްވިގެން ކަމަށް ވެސް ފަލާހު ތުހުމަތު ކުރެއްވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، ސަރުކާރުން ބުނަމުންދަނީ އެ މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ތާރީޚީ ބޮޑު މަޝްރޫއެއް ކަމަށެވެ.

އިބްރާހީމް ފަލާހްރަސްމާލެ މަޝްރޫއުއަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

3

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2026
މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
21 ސެޕްޓެމްބަރު 2026

ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!

21 ސެޕްޓެމްބަރު 2026
ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!
19 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީން އަށް: ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލި!

19 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ފާޑު ކިޔުން ކުރީގެ ރައީސް ޔާމީން އަށް: ސުޕްރީމް ކޯޓުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލި!
18 ސެޕްޓެމްބަރު 2026

ތާވަލާ އެއްގޮތަށް އާރަށާއި ފުއްގިރި މައްސަލަ އަވަހަށް ނިންމައިދިނުމަށް ރައީސް ޔާމީން ގޮވާލައްވައިފި

18 ސެޕްޓެމްބަރު 2026
ތާވަލާ އެއްގޮތަށް އާރަށާއި ފުއްގިރި މައްސަލަ އަވަހަށް ނިންމައިދިނުމަށް ރައީސް ޔާމީން ގޮވާލައްވައިފި
17 ސެޕްޓެމްބަރު 2026

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

17 ސެޕްޓެމްބަރު 2026
މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
17 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު

17 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ދޮގު ވައުދަކަށް ނަހައްދަވާ، ބޮޑު ޕަސެންޓެއް މިއަދާ ހަމައަށް ރަނުން ރަނަށް ފުއްދަވާފައިވާތީ ރައްޔިތުން ތިބީ އުފަލުން: ފަލާހު
13 ސެޕްޓެމްބަރު 2026

"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!

13 ސެޕްޓެމްބަރު 2026
"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!
10 ސެޕްޓެމްބަރު 2026

މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން

10 ސެޕްޓެމްބަރު 2026
މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް