މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
22 ސެޕްޓެމްބަރު 2026 | އަންގާރަ 09:38ރަސްމާލޭގައި "އީގަލް ހިލްސް" އިން ހިންގާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ވަންނަ ޑޮލަރު އިގުތިސާދުގެ ތެރޭގައި ހިފެހެއްޓި، ބޭރު ފައިސާގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ. މި މަޝްރޫއުން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރާގޮތަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ ބިޔަ އިންވެސްޓްމަންޓެއް


ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު | ރައީސް އޮފީސް
މިހާރު ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން "އީގަލް ހިލްސް" ގެ މަޝްރޫއުއާއެކު ހައްލުވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީޒު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު ޒަރީރު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިގުތިސާދަށް ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ވަންނަނީ 5 ބިލިއަން ޑޮލަރު ކަމަށެވެ. އަދި މީގެ ތެރެއިން ބޮޑު ބައެއް ރާއްޖެއިން ބޭރުގެ އެކި ދިމަދިމާލަށް ދާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ މި މަޝްރޫއުގައި ކަންކަން ރާވާފައިވަނީ ރާއްޖެއިން ބޭރަށް ޑޮލަރު ނުދާ ގޮތަށް ކަމަށެވެ. އަދި މި މަޝްރޫއުއިން ލިބޭ ޑޮލަރުތައް ވަންނާނީ ރާއްޖޭގެ ބޭންކްތަކާއި ރާއްޖޭގެ އިގުތިސާދަށް ކަމަށް ޒަރީރު ވިދާޅުވި އެވެ. މި މަޝްރޫއު ރޭވިފައިވަނީ ޑޮލަރު ލިބުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ލިބޭ ގޮތަށް ކަމަށާއި، މިއީ ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމެއް ކަމަށް ޒަރީރު ވިދާޅުވި އެވެ.
ފުރަތަމަ އަހަރުގެ ތެރޭގައި މިއަންނަ ތިރީހަކަށް ބިލިއަން ޑޮލަރު އެއީ ރާއްޖޭގެ އިކޮނޮމީގެ މިހާރުގެ އިގުތިސާދު އެތައް ގުނައެއް. އަދި އޭގެ އިތުރަށް ކޮންމެ އަހަރަކު 2 ބިލިއަންއެއް ހާ ޑޮލަރުގެ ރެވެނިއު މިތަންތަން އޮޕަރޭޓު ކޮށްގެން ވެސް ވަންނާނެ ކަމަށް މިވަނީ. އަޅުގަނޑުމެެންނަށް ވިސްނައިގަނެވޭނެ ވަރަށް ވުރެ ވެސް ބޮޑު ބަދަލުތަކެއް އަންނާނެ، އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ޕްރޮޖެކްޓް އެއް މިއީ. އެހެންވީމަ މިހާރު އަޅުގަނޑުމެންނަށް މިހުރި ދަތިތައް ވަރަށް ބޮޑަށް ފިލައިގެން ދާނެ ޕްރޮޖެކްޓަކަށް ވެގެން ދާނެ މި ޕްރޮޖެކްޓްފިނޭންސް މިނިސްޓަރު ހަސަން ޒަރީޒު
މިހާރު ޑޮލަރު ލިބުމުގައި އަދި އެކޮނޮމީއާއި އެހެނިހެން ގޮތްގޮތުން ދަތިވާ ދަތިވުންތަކަށް ފަސޭހަކަން ލިބިގެންދާނެ ކަން ފާހަގަކުރައްވާ ޒަރީރު ވިދާޅުވީ، މި ޕްރޮޖެކްޓުން އަންނަ ހުރިހާ ރެވެނިއުއެއް ވެސް ޖަމާކުރެވެނީ ލީސް ރައިޓް ވިއްކާ ހިސާބުގައި އެސްކްރޯއެކައުންޓަކަށް ކަމަށާއި، އެއީ ރާއްޖޭގެ ސަރުކާރާ އެކީގައި ސަރުކާރުން އެއްބަސްވާ ބޭންކެއްގައި ކަމަށް ޒަރީރު ވިދާޅުވި އެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައި އެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ފެންވަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއެކެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއުކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޑޮލަރު ލިބުމުގައި އާންމުން އަންނަނީ ގިނަ ދަތިތަކާއި ކުރިމަތި ލަމުންނެވެ. އަދި ބީއެމްއެލްގައި ވެސް ޑޮލަރު ނެތް ކަމަށް ބުނެ އަޑުފެތުރިފައިވާ ދަޑިވަޅެއްގައި ސަރުކާރުން ވަނީ އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގާފައި އެވެ.











