Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!

13 ސެޕްޓެމްބަރު 2026 | އާދީއްތަ 07:56

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމާ ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގެ އިސް ބޭފުޅުން މިހާރު ފާޅުކުރައްވާ ފާޑުކިޔުންތަކުން، އޭރުގެ ވެރިކަމުގެ އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ހަގީގަތް ހާމަވަމުންދޭ. ޚާއްސަކޮށް، އޭރު ޔާމީނަށް ތާއީދުކުރި ސިޔާސީ ބޭފުޅުންގެ ރާގު ބަދަލުވެ، އެމަނިކުފާނުގެ ސިޔާސަތުތަކަށް ވަރުގަދަ ރައްދުތަކެއް ދެމުންދާތީ އެއީ އަންނަން އޮތް ޖީލުތަކަށް ލިބޭ ބޮޑު އިބުރަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 07:56
ކުރީގެ ރައީސް ޔާމިން ޝަރީއަތައް ހާޒިރުކުރުން

ކުރީގެ ރައީސް ޔާމިން ޝަރީއަތައް ހާޒިރުކުރުން

މީހުން ބުނެ އުޅެ އެވެ. ގެންދަވާނީ ދައްކަވާންހުރި ތަނެއް ދައްކަވާފަ އެވެ. "ހަކުރު ދެންޏާ މުޅިން ވެސް ތިބޭނީ ބޮޑުބޭބޭންނެވެ". އެއީ ބޮޑު ހަގީގަތެއްކަމުގެ ލައްކަ ކުޅި ސަމާ މިދަނީ ފެންނަމުންނެވެ. އަންނާން އޮތް ޖީލުތަކަށް ވެސް މިއީ ރަނގަޅު އިބުރަތެކެވެ. ޕީއެޗްޑީ ހައްދަވާ ބޭފުޅުންނަށް ވެސް ރަނގަޅު ތީސިސްއަކަށް ފުދޭނޭ އެއްޗެކެވެ.

އެއީ ރައީސް ޔާމީންގެ ވެރިކަމެވެ. އެވެރިކަމުގައި ކަން ހިނގާދިޔަ ގޮތުގެ ވާހަކަ އިތުރަކަށް ދައްކާކަށް ނެތީމެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސައިން އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުން އެކަނި ވެސް ހިސާބަކަށް އެވެރިކަން ސިފަކޮށްލާކަށް އުނދަގުލެއް ނުވާނެ އެވެ.

ސައުދު ވިދާޅުވި ވާހަކަފުޅު ހަމަ އެގޮތައް ނަކަލު ކޮށްލާނަމެވެ.

”ޕްރޮސެކިއުޓަރ ޖެނަރަލްގެ ވާހަކަ ރައީސް ޔާމީން ދައްކަވާ އަޑު އިވުމުން ހިތަށް އަރަ އެވެ. މިހާރު ދިވެހިރާއްޖޭގައި ފަހުގެ ތާރީޚްގައި ވެރިކަން ކޮއްފައިވާ ބައެއް ބޭފުޅުންނަށް އެބޭފޫޅުން ވެރިކަން ކުރެއްވި ގޮތް ހަދާންނެތުނީތޯ އެވެ. ނޫނީ ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކި ހިތުހުރި ގޮތަކަށް ވާހަކަ ދައްކަވަނީތޯ އެވެ! 2013-2018 އަށް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކު އެކިއެކި ފޯރަމްތަކުގައި ދައްކަވާ ވާހަކަތަކުން ފާހަގަވަނީ އެބޭފުޅާ އަދި މި ގައުމުގައި ވެރިކަން ނުކުރާކަހަލަ އެވެ. ޔާމީންގެ ވެރިކަމަކީ ދިވެހި ތާރީޚުގައި ހިނގާދިޔަ އެންމެ އަނިޔާވެރި، ކޮރަޕްޓު، އަދި ޚުދުމުޚްތާރު ވެރިކަމެވެ! ޕްރޮސެކިއުޓަރ ޖެނެރަލް ބޭނުންކޮށްގެން އެބޭފުޅާ އާއި ޚީޔާލުތަފާތުވާ އެންމެންނަށް ނުހައްގު ދައުވާ ކުރުމާއި، ސިޔާސީ ގިނަ ބަޔަކު ފްރޭމްކޮށް ޖަލަށްލާ ހިންގެވީ އަދިރި ދައުލަތެކެވެ! ވިސްނާ ބަޔަކަށް އިބުރަތެއް!"

ސައުދު އެ ވިދާޅުވި ވާހަކަތައް އާއްމު ރައްޔިތުން ރައީސް ޔާމީންގެ ވެރިކަމުގައި ދެއްކި އެވެ. މުޒާހަރާތަކުގައި ގޮވާ ނެގި އެވެ. ލަވަތައް ހަދައިގެން އޭރުގެ ހާލަތު ސިފަކޮށް ވެސް އުޅުނެވެ. އެކަމަކު އެ ވާހަކަތައް އޭރު ޤަބޫލު ނުކުރީ އޭރުގެ ޕީޕީއެމް މީހުންނެވެ. އޭގެ ތެރެއިން ވެސް އެ ޕާޓީގެ އިސް ސަފުގައި ތިބި މީހުންނެވެ. ޚާއްސަކޮށް މިއަދު ވެރިކަން ކުރާ ޕީއެންސީގެ މަތިފަޑީގައި ތިބި މީހުންނެވެ.

އޭރު ޔާމީން ވަރެއް ނެތިގެން އުޅުނު އެ ވެރިންގެ ނަޒަރުގައި ޔާމީނަކީ ހުދުފޮތިކޮޅެކެވެ. އެހާމެ ސާފު ބޯކިރު ފޮދެކެވެ. "ޒާހިދު ވަރައަވެރި" ބޭފުޅެކެވެ. "ދެވަނަ އެއް ނުވާ އިންސާފްވެރި ވެރިއެކެވެ". "ޤައުމުގެ ތަރައްޤީގެ ބާނީއެވެ." "ރައްޔިތުންގެ ލޯލާރިއެއްގައި ވެސް ނުޖެހޭ ފަސްބައި ސާފު" ބޭފުޅެކެވެ. "ހިތްތިރި"، "ހާމަކަންބޮޑު ދެފުށް ފެންނަ ވެރިކަމެއް" ކުރެއްވި ބޭފުޅެކެވެ. ކުރުކޮށް ފޮނިކޮށް ބުނަނީނަމަ "ރާއްޖޭގެ ތާރީޚުގައި ވެސް އެފަދަ ދެވަނައެއް ނުވާނޭ އިޚްލާސްތެރި، ރައްޔިތުންނަށް ޓަކައި ނަމޫނާ ވެރިކަމެއް ކޮށްދިން ވެރިއެކެވެ".

އެކަމަށްޓަކައި އެވެރިން ތިބީ ޔާމީނަށް ޓަކައި ޤުރުބާން ވާށެވެ. ޖާނާއި މާލުންނެވެ. ޔާމީނަށް ޓަކައި ކޮންމެ ފަދަ ތުރާލެއް އުފުލަން ވެސް ހިތުން ރުހުމުން ޤަބޫލު ވެގެންނެވެ. ޔާމީނުގެ ބަދަލުގައި ޖަލުގައިން އޮންނަން ވެސް އޯކޭ ވެގެންނެވެ.

ބަދަލުވީ ވެރިކަމެވެ. ޔާމީނަށް ވެރިކަން ގެއްލުނީ އެވެ. ޔާމީނުގެ މޯހިރުން ވެރިކަމަށް އެވެރިންގެ ފަޅިން ޔާމީނު ނޫން މީހަކަށް އާދެވުނީ އެވެ. މުއިއްޒުއަށް ވެރިކަން ލިބުނީ އެވެ. އެ ވެރިންނަށް ބާރު ލިބުނީ މުއިއްޒުގެ ފަރާތުންނެވެ. އެއްކަލަ ޔާމީން ގޯސްވީ އެވެ. ރާގު ބަދަލުވީ އެވެ. ކީހާޅެން ފަރިއްސަށް ވީ އެވެ. ތޮށިގަނޑު ފަޅާލާފައި ހަމައިސްކޮޅަށް ދެމިލީ އެވެ. ކުރިން އިދިކޮޅު މީހުން ދެއްކި ހުރިހާ ވާހަކައެއް ހަގީގަތެއް ކަމަށް އެވެރިން ބުނަން ފެށީ އެވެ. ކުރިން ނޭނގިހުރި އިތުރު ވާހަކަތަކާއެކުގަ އެވެ. އެއީ ހަގީގަތްކަމަށް ދަލީލު ކޮށްދޭނެ ހެކިތަކާއެކުގަ އެވެ. އެ ވެރިން ވެސް ބައިވެރިވެގެން ހިންގި ކަންތައްތަ ކާވެސް އެކުގަ އެވެ.

އިތުރަށް އެ ވާހަކަތަކެއް އަހަރެން ދައްކާކަށް ނެތީމެވެ. ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދައިދީފައި ނޫނީ ނުނިދާނެ ކަމަށް ވިދާޅުވި ފަލާހުގެ އެކަނި ވާހަކައިން މިފަހަރު ފުއްދާލާނަމެވެ. ފަލާހު އެކްސް އެކައުންޓުގައި ވިދާޅުވި ވާހަކަތައް ބަހުން ބަހަށް ނަކަލު ކޮށްލާނަމެވެ. ފަލާހު ވިދާޅުވި އެވެ.

"އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ދެން ހަމަ ކޮންމެފަދަ ވާހަކައެއް ވެސް އޭނާ ދައްކަފާނެ އެވެ. ކޮރަޕްޝަން ހިންގުމުން ދުނިޔޭގެ ފެންވަރުގެ ރެކޯޑު ރާއްޖޭގައި ހެދީ މީނާ އިސްވެ ހުރެ ހިންގިވެރިކަމުގައިކަމާއި، އޭރުގެ އެންޓި ކަރަޕްޝަން ކޮމިޝަން މިކަލޭގެ ބޭއްވީ ކޯމާގައި ކަން ނުދަންނަ މީހަކު މި ޤައުމުގައި އުޅެނީތޯ އެވެ. ހަމަ އަންތަރީސް ވެއްޖެ އެެވެ! ގ. ދޫވެހި ނަމުގައި އެޅި ގަނޑުވަރާއި، މިހާރު ހަމަ އެނަމުގައި ހެންވޭރު ކޮޅުގައި އަޅުއްވައިގެން އުޅޭ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް ދަވާލައިގެން އެޅި ތަންތަންތޯ ސުވާލު ކުރާމީހުން މަދީތޯ އެވެ. ސިންގަޕޫރާއި ދުބާއީގެ ފިކްސްޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޑޮލަރުތަކުގެ މަތީން ހަމަ ގައިމު ވެސް އެމްޑީޕީ މީހުން ހަނދާން ނުނެތޭނެ ނޫންތޯ އެވެ؟ ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެ ތިމާ މީހާ ވެރިކަމުން ބޭލި ހަނދާން ނެތުނީ ހެއްޔެވެ؟ އަޅެ މަނިއްޕުޅުގެ ވެރިކަން ކުރިއިރު ސުޕްރީމް ކޯޓްގެ ބެންޗު ބޭނުން ގޮތަކަށް ބަދަލުނުކުރޭތޯ އެވެ؟ ސުޕްރީމް ކޯޓުން ޓިނު ނަގައިގެން އެ ކޯޓުގެ އިސް ފަނޑިޔާރުން ހައްޔަރު ނުކުރޭތޯ އެވެ؟ ޖަލަށް ނުގެންދޭ އެވެ؟ ޕާޓީ ބަދަލުކުރީމަ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްނުކުރޭތޯ އެވެ؟ ހުރިހާ މިނިވަން މުއައްސަސާތަކެއް ޕެރަލއިޒްކޮށް ނުލައްވަންތޯ އެވެ؟ އޭރު ގައުމުގައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރު ނުކުރޭތޯ އެވެ؟ ⁠އޭރުގެ ނާއިބު ރައީސުންވަކިނުކުރޭތޯ އެވެ؟ ⁠އުއްތަމަ ފަޑިޔާރު ވަކިނުކުރޭތޯ އެވެ؟ މިވާހަކަ ދައްކާނެ މީހުން މިއަދު ނެތްކަމަށް ހީވީމަ 'ރައީސް ޔާމީން' ހުދުކާފޫރަށް ބަދަލުވެއްޖެ ނޫންތޯ އެވެ؟ އެހެންވެ އަމިއްލަ އަމިއްލަ އަށް ތިމަންނާއަކީ ރައީސް ޔާމީނޭ ނިދީގައި ވެސް ތިޔަ ކިޔުއްވަނީ ނޫންތޯ އެވެ!"

ބުނާނެ އެއްޗެއް ނެތެވެ. މިފެންނަނީ ދުނިޔޭގެ ދެކޮޅެވެ. ދުނިޔެ ދައްކަމުންދާ ކުލަ ބަދަލުވުންތަކުގެ ލާމަސީލު މިސާލެކެވެ. މިއީ އަންނާން އޮތް ޖީލުތަކަށް އިބުރަތުން ފުރިގެންވީ ސާފު މަންޒަރު ތަކެކެވެ. އިއްޔެއާ މިއަދު ފެންނަ ބޮޑު މަންޒަރެވެ. އެވެރިން އެވެރިންނަށް އެދައްކާ ވާހަކަތަކުން ހަމަ ހީނ، ހީނ ހަލާކެވެ.

އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްޑރ. މުހައްމަދު މުއިއްޒުއިބްރާހީމް ފަލާހް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

އައްޑޫ ސިޓީގެ "ނިއު ސީޒަން" ފިހާރަ އިން މާތޭގެ އުފެއްދުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2026

ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!

12 ސެޕްޓެމްބަރު 2026
ފުޅަދޫގައި ޕޮލިސް ސްޓޭޝަން އެޅުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް: މަޝްރޫއަށް އަހަރެއްވެގެން ދިޔައިރު ވެސް ތަން އޮތީ ޖަންގައްޔެއްހެން!
11 ސެޕްޓެމްބަރު 2026

އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"

11 ސެޕްޓެމްބަރު 2026
އަޅުގަނޑު މަގުފުރައްދަން ނޫޅޭ!: "ޑޯންޓް ޓްރައި ޓު ޓްރެކް މީ އިންޓު ދަ ރޯންގް ޑައިރެކްޝަން"
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން

10 ސެޕްޓެމްބަރު 2026
މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
10 ސެޕްޓެމްބަރު 2026

ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް

10 ސެޕްޓެމްބަރު 2026
ގަނެގެން ހޯދި ވަޒީރުންތަކާހުރެ ވެރިކަން ހޯދައިދިން މީހުން ފެޔަށް
09 ސެޕްޓެމްބަރު 2026

ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ

09 ސެޕްޓެމްބަރު 2026
ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާ ކަމެއް ފާޅުގައި ކޮށްފި، ވެރިކަމަށް ތިން އަހަރުވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވޭ: އީސަ
08 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

08 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
08 ސެޕްޓެމްބަރު 2026

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި

08 ސެޕްޓެމްބަރު 2026
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި
07 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް އުޅުއްވީ "ހަފޮޅުން ބޭރުގައި"، ފަލާހު އަކީ އެއްލާލާފައި އޮތް ހިކި ބޮނބިގަނޑެއް ކަހަލަ މީހެއް، ރަނގަޅު ވާނީ އެމީހެއްގެ ސައިޒު އެނގިގެން މަސައްކަތް ކުރިއްޔާ: ރައީސް ޔާމީން

07 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް އުޅުއްވީ "ހަފޮޅުން ބޭރުގައި"، ފަލާހު އަކީ އެއްލާލާފައި އޮތް ހިކި ބޮނބިގަނޑެއް ކަހަލަ މީހެއް، ރަނގަޅު ވާނީ އެމީހެއްގެ ސައިޒު އެނގިގެން މަސައްކަތް ކުރިއްޔާ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް