Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ތާވަލާ އެއްގޮތަށް އާރަށާއި ފުއްގިރި މައްސަލަ އަވަހަށް ނިންމައިދިނުމަށް ރައީސް ޔާމީން ގޮވާލައްވައިފި

18 ސެޕްޓެމްބަރު 2026 | ހުކުރު 12:31

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އަދީބާއި ޒިޔަތަކީ ކުށް ސާބިތުވެފައިވާ "ވަގުން" ކަމަށް ސިފަކުރައްވައި، އެ މީހުންގެ ހެކިބަހަށް ބިނާކޮށް ޝަރީއަތްތައް ދިގުދަންމާތީ ކުރީގެ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި ވައްކަމުގެ މަންފާ ލިބުނު މީހުން މިހާރުގެ ސަރުކާރުގައި ތިބިކަމަށް ތުހުމަތުކުރައްވަމުން، ޔާމީން ގޮވާލެއްވީ ކޯޓުގައި ހުރި އެ މަނިކުފާނުގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަށް

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 18 ސެޕްޓެމްބަރު 2026 | ހުކުރު 12:31
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން | ސޯޝަލް މީޑިއާ

ކްރިމިނަލް ކޯޓުގައި ތާވަލުކުރެވިފައިވާ ގޮތަށް ވ. އާރަށާއި ރ. ފުއްގިރި މައްސަލައިގެ ޝަރީއަތްތައް އަވަހަށް ނިންމައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރޮންޓް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ މި މައްސަލަތަކަކީ މާޒީއަށް ވެގެން ދިއުން ކަމަށާއި މައްސަލަތައް ދަންމަމުން ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޝަރީއަތްތައް ދިގުލައިގެން ގޮސް، ދެންވެސް ވެރިކަން ކުރަން އުޅެނީ ޖަލުގައި އޮވެގެންތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެ މަނިކުފާނާ ސުވާލުކުރަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެ މަނިކުފާނާ ދެކޮޅަށް  ހެކިބަސް ދޭން ތިބީ އެމްއެމްޕީއާރުސީގެ އެންމެ ބޮޑު ވައްކަން ކުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށެވެ. މި ދެ މީހުންނަކީ ކޯޓުގައި އިއުތިރާފުވެ، ކުށް ސާބިތުވެފައިވާ ދެ މީހުން ކަމަށާއި ނަމަވެސް މިއަދު އެ ދެ މީހުންނަކީ މިނިވަނުން ކަމަށެވެ. އެ މަނިކުފާނާ ދެކޮޅަށް ހެކިބަސް ދޭން ތިބީ މި ދެ "ވަގުން" ކަން ނޭނގޭ ފަނޑިޔާރަކު ވެސް ނުހުންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

އެންމެ ބޮޑެތި ވައްކަން ކޮށްފަ ތިބި ދެ ވަގުންނަކީ އަދީބުއާ ޒިޔަތު. ދެ ވަގުންގެ ހެކިބަސް މިއޮތީ އަޅުގަނޑާ ދެކޮޅަށް. ޝަފައީ ހެކިންނަށް މިއޮތީ އަދީބާ އެބުނާ ޒިޔަތަކާ. މިއީ ގުޅިގެން އެމްއެމްޕީއާރުސީ ވައްކަން ކުރި ދެ މީހުންނަކީ. ކޯޓުގަ އިއުތިރާފްވެ މަތިމައްޗަށް ކުށް ސާބިތުވި. އަދީބަކީ މިއަދު މިނިވަނެއް. ޒިޔަތަކީ މިނިވަނެއް. މި ދެ ވަގުންގެ ހެކިބަހަށް މި ދެވަގުން ބުނާ އެއްޗަކަށް ބިނާކޮށް އަޅުގަނޑު މިދަމަނީ. މިކަން ނޭނގޭ ފަނޑިޔާރަކު ނުހުންނާނެ
ރައީސް ޔާމީން

މީގެއިތުރުން، އަދީބުގެ އަރިހުގައި އުޅުނު ސިޔާސީ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި އެ ވައްކަމުގެ މަންފާ ލިބުނު މީހުންގެ ނަންތަކާއި ފޮޓޯތައް ހުރި ނަމަވެސް، އެއިން އެއްވެސް މީހަކު ތަނަކަށް ހާޒިރުކޮށް ސުވާލުވެސް ކޮށްނުލާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ގޭގައި އަރާމުގައި ތިއްބެވިއިރު، އެ މަނިކުފާނު ކޯޓުތަކަށް ދަމަނީ މި ދެ މީހުންގެ ޝަފަޢީ ހެކިބަހުގެ މައްޗަށް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ މައްސަލަ ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، މަނީ ލޯންޑަރ ކޮށްފައިވާ މީހުންނާއި އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ބޮޑުން މިހާރު ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި ކަމަށް އެ މަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ކެރޭނެ ކަމަށް ރައީސް މުއިއްޒު ދެ ފަހަރަށް ވިދާޅުވި ނަމަވެސް، އެ މައްސަލަ ބަލާތަން ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއެމްއެމްޕީއާރްސީ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން

17 ސެޕްޓެމްބަރު 2026
މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2026

"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!

13 ސެޕްޓެމްބަރު 2026
"އެ ވެރިން އެ ވެރިންނަށް" ހީނ ހީނ ހަލާކު!
10 ސެޕްޓެމްބަރު 2026

މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން

10 ސެޕްޓެމްބަރު 2026
މިހާރު ފެނިގެން ދަނީ ބާރުތައް ވަކިވެފައި އޮތް ނިޒާމް މަސްހުނި ކުރައްވާތަން، މިވެރިކަމުގައި ހުދުމުހުތާރު ސިފަ ޖެހި ނިމިއްޖެ: ރައީސް ޔާމީން
10 ސެޕްޓެމްބަރު 2026

މިއަދު ވެރިކަމާ ހަވާލުވެ މިތިބީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެން: ޕާޕާ

10 ސެޕްޓެމްބަރު 2026
މިއަދު ވެރިކަމާ ހަވާލުވެ މިތިބީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ އެންމެން: ޕާޕާ
08 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން

08 ސެޕްޓެމްބަރު 2026
އަބްދުއްރަހީމް ބައްލަވައިގަތް ރެހެންދީ ފްލެޓަކީ ވިޔަފާރި ވެރިއަކަށް ހުޅުމާލެއިން ބިމެއް ހޯދައިދީގެން އޭގެ ބަދަލުގައި ލިބުނު ތަނެއް: ރައީސް ޔާމީން
08 ސެޕްޓެމްބަރު 2026

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި

08 ސެޕްޓެމްބަރު 2026
ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކޮށްފި
07 ސެޕްޓެމްބަރު 2026

އަބްދުއްރަހީމް އުޅުއްވީ "ހަފޮޅުން ބޭރުގައި"، ފަލާހު އަކީ އެއްލާލާފައި އޮތް ހިކި ބޮނބިގަނޑެއް ކަހަލަ މީހެއް، ރަނގަޅު ވާނީ އެމީހެއްގެ ސައިޒު އެނގިގެން މަސައްކަތް ކުރިއްޔާ: ރައީސް ޔާމީން

ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން

07 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު އަކީ ރިޔާސީ ރޭހުގައި "ތްރެޓް" އަކަށް ވާނެ ބޭފުޅެއް ނޫން، މިހާރު ވެސް ރައްޔިތުން ވޯޓެއް ނުދޭ: ކުރީގެ ރައީސް ޔާމީން
27 އޯގަސްޓު 2026

ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު އައްޔަނުކޮށްފި، އޭނާއަކީ މި ސަރުކާރުން އެ މަޤާމަށް އައްޔަނުކުރި 3 ވަނަ އެމްޑީ

27 އޯގަސްޓު 2026
ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު އައްޔަނުކޮށްފި، އޭނާއަކީ މި ސަރުކާރުން އެ މަޤާމަށް އައްޔަނުކުރި 3 ވަނަ އެމްޑީ
25 އޯގަސްޓު 2026

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި

25 އޯގަސްޓު 2026
އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާގެ ބާކީ އެއް މިލިއަން ރުފިޔާ ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް