Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޓް އޮފީސް

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން ޖެހޭ: މެޓް

25 ސެޕްޓެމްބަރު 2026 | ހުކުރު 12:34

ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ރާޅު އުސްވާނެތީ، ދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ކަންކަމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 ސެޕްޓެމްބަރު 2026 | ހުކުރު 12:34
މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި | ރާއްޖެއެމްވީ

ހުކުރު ދުވަހުގެރޭ ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ. 

އެ އިދާރާ އިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

މެޓް އޮފީހުން ބުނީ ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. 

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާ އިން ބުނީ، އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށާއި އުތުރާ މެދުރާއްޖެތެރެ އަށް ބަލާއިރު ރާޅުގެ އުސްމިނުގައި 4 ފުޓާއި 7 ފޫޓު ހުންނާނެ ކަމަށެވެ. 

އެހެން ކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

މި ވިއްސާރައިގައި ފެންބޮޑުވެފައިވާ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށު ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، އާންމުންގެ ގޯތިގެދޮރާއި ފިހާރަތަކާއި އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މޫސުމާބެހޭ ގައުމީ އިދާރާމޯލްޑިވްސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

3

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

4

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

5

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

ހއ. އިން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ސެޕްޓެމްބަރު 2026
ހއ. އިން ފެށިގެން ދ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ސެޕްޓެމްބަރު 2026

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

16 ސެޕްޓެމްބަރު 2026
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި
16 ސެޕްޓެމްބަރު 2026

މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

16 ސެޕްޓެމްބަރު 2026
މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި
14 ސެޕްޓެމްބަރު 2026

މިއަދު ވެސް މޫސުން ގޯސް، ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި!

14 ސެޕްޓެމްބަރު 2026
މިއަދު ވެސް މޫސުން ގޯސް، ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި!
13 ސެޕްޓެމްބަރު 2026

ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫން ގޮތަށް، އައްޑޫ ލިންކް ރޯޑް ބޭނުން ނުކުރުމަށް އެދެފި!

13 ސެޕްޓެމްބަރު 2026
ކޮންމެހެން ދަތުރުކުރަން ޖެހިގެން ނޫން ގޮތަށް، އައްޑޫ ލިންކް ރޯޑް ބޭނުން ނުކުރުމަށް އެދެފި!
11 ސެޕްޓެމްބަރު 2026

މޫސުން ގޯސްވެ އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް: ޚާއްސަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން 8 މީހުން ދިރިއުޅޭ ގެެއެއްގައި ފެންބޮޑުވެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!

11 ސެޕްޓެމްބަރު 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!
09 ސެޕްޓެމްބަރު 2026

އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!

09 ސެޕްޓެމްބަރު 2026
އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި!
28 އޯގަސްޓު 2026

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026
ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!
24 އޯގަސްޓު 2026

ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ: އެންޑީއެމްއޭ

24 އޯގަސްޓު 2026
ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ: އެންޑީއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް