Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދެވިފައިވޭ: އެންޑީއެމްއޭ

24 އޯގަސްޓު 2026 | ހޯމަ 10:03

މި ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީންގެ ތެރެއިން އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 41 މީހަކު ވަނީ އެ ސަރަހައްދުން ވަގުތީ ގޮތުން ބަދަލުކޮށްފައި. އެންޑީއެމްއޭއިން އެ ފަރާތްތަކަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، ގޭސްފުޅިއެއް ގޮވައިގެން ހިނގި މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޯގަސްޓު 2026 | ހޯމަ 10:03
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު | ވަގުތު.އެމްވީ

މާލެ ސިޓީ މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ބިދޭސީއަކަށް އަނިޔާވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދީފައިވާއިރު، މި ހާދިސާއާ ގުޅިގެން 41 މީހަކަށް ވަގުތީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެކަކަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އަނެއް ތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެ އެވެ.

Advertisement - newsAdvertisement

އެންޑީއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގި ވަގުތު އެ ގޭގެ ފަސް ކޮޓަރިއެއްގައި ދިރިއުޅެމުން ދިޔަ 15 ބިދޭސީން ވަނީ ރައްކާތެރިކަމާއެކު އެ ސަރަހައްދުން ބޭރަށް ނެރެވިފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖެހިގެން ހުރި އިމާރާތް ހިމެނޭހެން ޖުމުލަ 41 މީހަކު ވަނީ ވަގުތީ ގޮތުން އެ ސަރަހައްދުން ދުރަށް ގެންދެވިފަ އެވެ.

އެންޑީއެމްއޭ އިން ގެންދަނީ މި ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަގުތީ ގޮތުން ގެއިން ނެރުނު މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ އޮތޯރިޓީން ވަނީ ހަމަޖައްސާފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކަމާބެހޭ ސަލާމަތީ ބާރުތަކުންނާއި އެންޑީއެމްއޭ އިން މިހާރު ދަނީ ކުރަމުންނެވެ. އަދި ހާދިސާގައި އަނިޔާވި މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ގޭސްފުޅިއެއް ގޮވުމުގެ ސަބަބުން ކަމަށް މިހާތަނަށް ބެލެވުނު ނަމަވެސް، ހާދިސާ ހިނގި ސީދާ ސަބަބު ދަނީ އިތުރަށް ބަލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. 

މ. ދޫގަސްމޯލްޑިވްސް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2026

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!

24 އޯގަސްޓު 2026
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!
21 އޯގަސްޓު 2026

މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 އޯގަސްޓު 2026
މ. ބާޑްލައިން ގޭގެ 8 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
16 އޯގަސްޓު 2026

ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

16 އޯގަސްޓު 2026
ހ. ފަހިވައި ގޭގައި ރޯވުން: ހާދިސާއާ ގުޅިގެން 4 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
13 ޖުލައި 2026

ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ

13 ޖުލައި 2026
ބެންކޮކް ބާރ އެއް ގައި ރޯވި އަލިފާނުގައި 27 މީހުން މަރުވެއްޖެ
06 ޖުލައި 2026

ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާ: އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް، 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން!

06 ޖުލައި 2026
ފުންފަޅު ގޭގައި ރޯވި އަލިފާނުގެ ހާދިސާ: އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް، 58 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން!
02 ޖުލައި 2026

ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!

02 ޖުލައި 2026
ހުޅުމާލޭ 110 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާ: ދެ އެޕާޓްމަންޓެއް ބޭނުން ނުކުރެވޭ ވަރަށް އަނދާ، 15 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް!
12 އެޕްރީލު 2026

ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!

12 އެޕްރީލު 2026
ދިގުރަށުގައި ހިނގި އަލިފާނުގެ ޙާދިސާގައި ބިދޭސީންތަކެއް މަރުވުން: ކަމާބެހޭ އިދާރާތަކުން ޒިންމާ އަދާކޮށްފައިވާ މިންވަރު ބެލުމަށް މަޖިލީހަށް މައްސަލައެއް!
11 އެޕްރީލު 2026

ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި

11 އެޕްރީލު 2026
ދޯދި 11 ކައިރީ ހުރި ކުނިފުންޏެއްގައި ރޯވި އަލިފާންގަނޑު، ހަ ގަޑިއިރު ފަހުން ނިއްވާލައިފި
09 އެޕްރީލު 2026

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!
18 މާރިޗު 2026

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި

18 މާރިޗު 2026
ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވި އަލިފާން ގާތްގަނޑަށް އެއްގަޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް