Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން ގޯސްވުން

މޫސުން ގޯސްވެ އައްޑޫއަށް ބޮޑެތި ގެއްލުންތަކެއް: ޚާއްސަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން 8 މީހުން ދިރިއުޅޭ ގެެއެއްގައި ފެންބޮޑުވެ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

11 ސެޕްޓެމްބަރު 2026 | ހުކުރު 17:57

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުންވެފައިވާއިރު، ހާލުގައި ޖެހުނު އާއިލާއަކަށް އެންޑީއެމްއޭއިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި. މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި، އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި ކަނޑުމައްޗަށް ނުނިކުތުމަށް އެމްއެންޑީއެފުން އިލްތިމާސްކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ސެޕްޓެމްބަރު 2026 | ހުކުރު 17:57
އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ

އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވޭ | އެންޑީއެމްއޭ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި، އެ ރަށްތަކުގެ ހާލަތު މޮނިޓަރ ކުރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.  

އެންޑީއެމްއޭ އިން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިހާތަނަށް އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަން އެ އޮތޯރިޓީ އިން ފާހަގަކުރެ އެވެ.

Advertisement - newsAdvertisement

މީގެއިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. 

މި އަތޮޅުތަކުގެ ހާލަތު އެ އޮތޯރިޓީން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. 

ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް އަދި ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުކުރު ދުވަހު ވަނީ ނެރެފަ އެވެ.  

މެޓް އޮފީހުން މި އެލަރޓްތައް ނެރެފައިވާއިރު މީގެ ކުރިން އެ އިދާރާ އިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑު ވާނެ ކަމަށް ލަފާކޮށް، ފުވައްމުލަކު ސިޓީ އިން ފެށިގެން އައްޑޫ ސިޓީ އަށް އޮރެންޖު އެލަރޓް ވެސް ނެރެފަ އެވެ. 

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ދަތުރާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ. ހާއްސަކޮށް، މޫސުމީ ގޮތުން ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއްވެސް އުޅަނދެއް ކަނޑުމައްޗަށް ނުނިކުތުމަށް ވަނީ އަންގާފަ އެވެ.

އެންޑީއެމްއޭމޫސުމާބެހޭ ގައުމީ އިދާރާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!

11 ސެޕްޓެމްބަރު 2026
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!
28 އޯގަސްޓު 2026

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026
ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!
21 އޯގަސްޓު 2026

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

21 އޯގަސްޓު 2026
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
14 އޯގަސްޓު 2026

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް

14 އޯގަސްޓު 2026
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް
14 އޯގަސްޓު 2026

މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސް، ރާޅުގެ އުސްމިނުގައި 6 ފޫޓު!

14 އޯގަސްޓު 2026
މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސް، ރާޅުގެ އުސްމިނުގައި 6 ފޫޓު!
12 އޯގަސްޓު 2026

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން!

12 އޯގަސްޓު 2026
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް، އަލިވާނެ ކަމަށް ލަފާކުރެވެނީ ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން!
12 އޯގަސްޓު 2026

މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!

12 އޯގަސްޓު 2026
މިއަދު ވެސް މޫސުން ގޯސް، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް ކުރަނީ!
11 އޯގަސްޓު 2026

ހއ. އިން ފެށިގެން ތ. އަށް ބޯކޮށް ވާރޭވެހޭނެ

11 އޯގަސްޓު 2026
ހއ. އިން ފެށިގެން ތ. އަށް ބޯކޮށް ވާރޭވެހޭނެ
01 އޯގަސްޓު 2026

ވައިގަދަވެގެންނާއި އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް!

01 އޯގަސްޓު 2026
ވައިގަދަވެގެންނާއި އުދައިގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް!
01 އޯގަސްޓު 2026

ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް

01 އޯގަސްޓު 2026
ގާފަރު ކައިރިން ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ދެމީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް