Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް!

11 ސެޕްޓެމްބަރު 2026 | ހުކުރު 13:45

ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި. މިގޮތުން އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި ލައިފްޖެކެޓް އެޅުމުގައި ރައްކާތެރިވުމަށާއި، މޫސުމީ އިންޒާރުގެ ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި ދަތުރަށް ނުނިކުތުމަށް ވަނީ އަންގާފައި. މީގެ އިތުރުން މޫދުކުޅިވަރުތައް ރާވާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން އަމަލުކުރުމަށް ވަނީ ނަސޭހަތްތެރިވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ސެޕްޓެމްބަރު 2026 | ހުކުރު 13:45
ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެފައި

ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެފައި | ރާއްޖެއެމްވީ

ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް އަދި ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލަރޓް ނެރެފި އެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ އިން މި އެލަރޓްތައް ނެރެފައިވާއިރު މީގެ ކުރިން އެ އިދާރާ އިން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑު ވާނެ ކަމަށް ލަފާކޮށް، ފުވައްމުލަކު ސިޓީ އިން ފެށިގެން އައްޑޫ ސިޓީ އަށް އޮރެންޖު އެލަރޓް ވެސް ނެރެފަ އެވެ. 

Advertisement - newsAdvertisement

ފަހުން ނެރުނު އެލަރޓްތަކުގައި ބުނީ ވައިޓް އެލަރޓް ނެރެފައިވާ އަތޮޅުތަކަށް ގަޑިއަޑު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާ އިން ބުނީ ޔެލޯ އެލަރޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެތީ ކަނޑުމަގުން ދަތުރުފަތުރުކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެގޮތުން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ދަތުރާ ގުޅޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ. ހާއްސަކޮށް، މޫސުމީ ގޮތުން ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި އެއްވެސް އުޅަނދެއް ކަނޑުމައްޗަށް ނުނިކުތުމަށް ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، އުޅަނދުފަހަރުގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުން ލައިފްޖެކެޓު އެޅުމަށާއި، މުވާސަލާތީ އާލާތްތަކާއި ދިޔަހިއްކާ ޕަމްޕު ފަދަ ސަލާމަތީ ވަސީލަތްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ދަތުރު ފެށުމުގެ ކުރިން ކަށަވަރުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ކަނޑައެޅިފައިވާ މިންވަރަށް ވުރެ އިތުރަށް ބަރުނުކުރުމަށާއި، ގަދަވަޔާއި ރާޅުގެ ސަބަބުން މުދާތައް ކަނޑަށް ނުވެއްޓޭނެހެން ރަނގަޅަށް އައްސައި ހަރުކުރުމަށް ވެސް އެމްއެންޑީއެފް އިން ވަނީ ހަނދާންކޮށްދީފަ އެވެ.

ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ މޫދުކުޅިވަރުތަކާއި ޑައިވިންގ ފަދަ ހަރަކާތްތައް ރާވައި ހިންގާ ފަރާތްތަކުން ވެސް، މޫސުމަށް އަންނަ ބަދަލުތަކަށް ފުރިހަމައަށް ސަމާލުވެ، ރައްކާތެރިކަން ކަށަވަރުނުކޮށް އެފަދަ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އެމްއެންޑީއެފް އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއެމްއެންޑީއެފް

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

5

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

11 ސެޕްޓެމްބަރު 2026
ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
10 ސެޕްޓެމްބަރު 2026

ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

10 ސެޕްޓެމްބަރު 2026
ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
28 އޯގަސްޓު 2026

ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!

28 އޯގަސްޓު 2026
ސެޕްޓެންބަރު މަހުން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިން ހުންނާނީ މަތީގައި، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވާނެ!
24 އޯގަސްޓު 2026

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!

24 އޯގަސްޓު 2026
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!
21 އޯގަސްޓު 2026

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

21 އޯގަސްޓު 2026
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސް، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
17 އޯގަސްޓު 2026

ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި

17 އޯގަސްޓު 2026
ގެއްލުނު މީހުން ހޯދުމުގައި އެމެރިކާ ސިފައިން އެހީވި ކަމަށް އެމްއެންޑީއެފްއިން ބުނެފި
17 އޯގަސްޓު 2026

ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް

17 އޯގަސްޓު 2026
ގެއްލުނު 3 މީހުން ދޯނިތެރޭގައި ތާށިވީ ކަމަށް ބެލެވޭ، ފެނުމުގެ ފުރުސަތު ކުޑަ: އެމްއެންޑީއެފް
15 އޯގަސްޓު 2026

ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް

15 އޯގަސްޓު 2026
ފްރެންޑް 4 ސަޕްލައި ދޯނި ވަނީ 1600 މީޓަރަށް ވުރެ ފުނުގައި، މިއީ އަސްކަރީ ސަބްމެރިންވެސް ދަތުރުކުރާ ފުން މިނެއް ނޫން: އެމްއެންޑީއެފް
14 އޯގަސްޓު 2026

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް

14 އޯގަސްޓު 2026
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ނިލަންދޫ އާއި ބިލެއްދޫ އަށް
14 އޯގަސްޓު 2026

މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސް، ރާޅުގެ އުސްމިނުގައި 6 ފޫޓު!

14 އޯގަސްޓު 2026
މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސް، ރާޅުގެ އުސްމިނުގައި 6 ފޫޓު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް