މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި
16 ސެޕްޓެމްބަރު 2026 | ބުދަ 14:51ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެތީ، ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރިފައި. މި ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބެމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައާއި އެހެނިހެން ކަންކަމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވޭ

މޫސުން - މާލެއަށް ބޯކޮށް ވާރޭވެހެނީ | ރާއްޖެއެމްވީ
މުޅިރާއްޖޭގެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ރޭގަނޑު 11:00 ށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށެވެ.
އެ އިދާރާއިން ބުނީ، މި އެލާޓްގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން ވެސް ބުދަ ދުވަހުގެ އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކަށް އެލާޓް ނެރިފައިވެ އެވެ.
ބުދަ ދުވަހުގެރޭ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރިފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ އެކިވަރުގެ ގެއްލުންތައް ވެސް ލިބެމުންނެވެ.
އެގޮތުން ބޯކޮށް ވާރޭވެހި، ގެތަކަށް ފެންވަނުމާއި، ފުރާޅު އެއްލާލުމުގެ ހާދިސާތައް ހިނގާފައިވާއިރު، ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވެފައިވެ އެވެ. އަދި ކަނޑުމަތީގެ އެކިއެކި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.









